ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަދަދު ފިޔާޒްގެ ތެޔޮ ދަރަނީގެ މައްސަލަ ކޯޓުން ބޭރަށް

ޝެއާރކޮށްލާ ކަހަލަދޯ؟

ތެޔޮ ވިއްކާ ކުންފުންޏަކުން ކްރެޑިޓަށް ގިނަ އަދަދެއްގެ ތެޔޮ ނެގުމަށްފަހު ދައްކަންޖެހޭ ފައިސާ ނުދައްކައިގެން އަދަދު ނޫހުގެ ހުސައިން ފިޔާޒު މޫސާގެ ހިއްސާ އޮންނަ ކުންފުންޏަކާއި ދެކޮޅަށް އުފުލި ދައުވާ ކޯޓުން ބޭރުކޮށްލައިފިއެވެ.

ސިވިލް ކޯޓުން އެމައްސަލަ ބޭރުކޮށްލި ނަމަވެސް ދަރަނި  ދެއްކި ކަމަކަށް ކޯޓުގެ ލިޔުންތަކަކުން ނުދައްކައެވެ.

ފިޔާޒް އަކީ ނިމިގެންދިޔަ ރިޔާސީ އިންތިހާބުގައި ރައީސް ޑރ.މުހައްމަދު މުއިއްޒު އާއި ދެކޮޅަށް ޑޮކިއުމެންޓްރީއެއް ވެސް ތައްޔާރުކުރި ނޫސްވެރިއެކެވެ. އޭގެފަހުން ފިޔާޒް އަށް ނިސްބަތްކޮށް “ދޮންއަމާ” ނަމުން ގިނަ ބަޔަކު މުހާތަބު ކުރެއެވެ.

ދައުވާކުރި ކުންފުނިން ފިޔާޒްގެ ކުންފުންޏާއިއެކު 2020 އޭޕްރީލު 7 ވަނަ ދުވަހުގައި ކުރެޑިޓަށް ތެޔޮ ވިއްކުމަށް އެއްބަސްވުމެއްގައި ސޮއިކުރިއެވެ. އެ އެއްބަސްވުން ހެދީ ބަންކަރިން އެންޑް މެރިން ސާވިސަސް ކިޔާ ކުންފުންޏަކާއެކުއެވެ. އެ އެއްބަސްވުމުގައި ފިޔާޒު ސޮއިކުރީ ގެރެންޓާއެއްގެ ގޮތުގައެވެ.

އެ އެއްބަސްވުމުގެ ދަށުން އެކި މުއްދަތުތަކުގައި ގިނަ އަދަދުތަކަށް ޑީސަލާއި ޕެޓްރޯލު ބަންކަރިން ސާވިސްއަށް ދައުވާ ހުށަހެޅި ކުންފުނިން ވިއްކިއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި 5.7 ލައްކަ ރުފިޔާ ނުދައްކާ އޮންނަތާ ދެއަހަރަށްވުރެ ގިނަ ދުވަސްވެފައިވާތީ އެ ފައިސާއާއި ބަދަލު ހޯދުމަށް ކްރެޑިޓަށް ތެޔޮ ވިއްކި ކުންފުނިންވަނީ ދައުވާ ކޮށްފައި ވެއެވެ.

އަދި ގެއްލުމުގެ ބަދަލު ނުވަތަ ލިކުއިޑޭޓް ޑެމޭޖްސްގެ ގޮތުގައި 1.3 މިލިއަނަށްވުރެ ގިނަ ރުފިޔާ ހޯދުމަށް އެ ކުންފުނިން ވަނީ ދައުވާކޮށްފައެވެ. ފިޔާޒު ހިމެނޭހެން ހިއްސާދާރުންގެ އަތުން ނަގައިދިނުމަށް އެ ކުންފުނިން އެދިފައިވަނީ 1.9 މިލިއަން ރުފިޔާކަމަށްވެސް މައުލޫމާތު ލިބިފައި ވެއެވެ.

މި މައްސަލަ ކޯޓަށް ހުށަހަޅާފައިވަނީ އެއްބަސްވުމުގައި ބުނެފައިވާ ގޮތަށް އެއްބަސްވި ކުންފުނިން އަދި ކުންފުނީގެ ފަރާތުން ގެރެންޓާއެއްގެ ގޮތުގައި ސޮއިކުރި ފިޔާޒު ދައްކަންޖެހޭ ފައިސާ ދައްކަންޖެހޭ މުއްދަތުގައި އެ ކުންފުންޏަށް ނުދެއްކުމާ ގުޅިގެންނެވެ.

ވަރަށް ގަދަ
10%ވަރަށް ގަދަ 10%ވަރަށް ގަޔާވޭ 15%ބޮޑު ޖޯކެއް 10%ހައިރާންވެއްޖެ 25%ވަރަށް ދެރަ 30%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: