ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

2023: ނަޝީދުގެ ފިކުރެއްގެ ދިރުން، ”ޑިމޮކްރެޓްސް“ ޕާޓީއަށް!

ދަ ޑިމޮކްރެޓްސް އުފެއްދުމުގެ ޖަލްސާ ގެ ތެރެއިން؛ ރައީސް ނަޝީދު/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައިސް މުހައްމަދު ނަޝީދުގެ ކެމްޕެއިންތައް ކުރިއަށް ގެންދެވި ޝިޔާރު ”ފިކުރެއްގެ ދިރުން“ ނަމުގައި އެމްޑީޕީގެ ތެރޭގައި ވަކި ހަރަކާތްތަކެއް ފެށުނީ ރައީސް މުހައްމަދު ނަޝީދަށް ރިޔާސީ ޕްރައިމަރީއިން ލިބިވަޑައިގެން ނާކާމިޔާބީއަށްފަހުއެވެ. ފުރަތަމަ ރައީސް ނަޝީދުގެ ހުށައެޅުމަކަށްވީ ”ފިކުރެއްގެ ދިރުން“ ނަމުގައި އެމްޑީޕީ ތެރޭގައި ގޮފިތަކެއް ހަދައިގެން ވަކި ހަރަކާތެއް ކުރިއަށް ގެންދިއުމެވެ.

އެކަމަކު އެއީ ޕާޓީގެ އަސާސީ ގަވާއިދާއި ހިލާފުކަމެއްކަމުން، އެފުރުސަތު ޕާޓީގެ ތެރެއިންނެއް ނުލިބުނެވެ. ”ފިކުރެއްގެ ދިރުން“ ހަރަކާތުގެ ފަރާތުން އެހެން ސިޔާސީ ފިކުރުތަކާއިއެކު މަސައްކަތްކުރާތީ މިަކމުގައި އިސްކޮށް ހަރަކާތްތެރިވި މެންބަރެއްކަމަށްވާ މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވަކިކުރުމާއިއެކު، މި ހަރަކާތަށް ނިސްބަތްވާ 12 މެންބަރަކު އެމްޑީޕީން ވަގުތުން ވަކިވި އެވެ.

ޕާޓީން ވަކިވުމަށް ފަހު، އައު ސިޔާސީ ޕާޓީއެއް އުފެއްދެވުމުގެ މަސައްކަތް ފައްޓަވައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މެންބަރުން އެ މޫވްމަންޓު ހަރަކާތް ސިޔާސީ ޕާޓީއަކަށް ބަދަލުކުރުމުގެ މަސައްކަތްކުރަމުންދާކަން އިއުލާނު ކުރި އެވެ.

ޑިމޮކްރެޓްސް އުފެދުނުތާ މާ ގިނަ ދުވަހެއް ނުވެ ބޭއްވި ރިޔާސީ އިންތިހާބުގައި އެ ޕާޓީގެ ކެންޑިޑޭޓަކީ އައްޑޫ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބާއި ރަނިންމޭޓެއްގެ ގޮތުގައި އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރ ހުސެއިން އަމްރު އެވެ.

އިންތިހާބުގައި “ކިންގް މޭކާރ” އަށް ވި ޑިމޮކްރެޓްސް ބުނާ ގޮތުގައި އެ ޕާޓީގެ އޮތް އަމާޒަކީ ރައީސް ސޯލިހަށް ވެރިކަން ގެއްލުވާލުމެވެ. އެގޮތުގެ މަތީން ކުރެވުނު މަސައްކަތް ކާމިޔާބުވިކަމަށް ޑިމޮކްރެޓްސް ގަބޫލު ކުރެ އެވެ.

މިވަގުތު ސިޔާސީ މައިދާނާ ދުރުގައި ހުންނެވި ރައީސް ނަޝީދު ވިދާޅުވާ ގޮތުގައި، ޑިމޮކްރެޓްސް ޕާޓީއަކީ އެމްޑީޕީގެ އެއްބައި އެވެ. އަދި އެ ޕާޓީ ދޫކޮށް އައި މެމްބަރުންނާއި އެކު ޑިމޮކްރެޓްސް އަކީ ރައީސް ނަޝީދު ވިދާޅުވި ގޮތުގައި އެމްޑީޕީގެ މެޖޯރިޓީ އިންސަތަ އެވެ. ނުވަތަ މިއީ އެ ޕާޓީގެ 80 އިންސައްތަކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު ވިދާޅުވީ، ވަކިވެގަނެ ވަކިން އެހެން ތަނަކަށް ޖަމާވާން ޖެހުނީ އުންމީދުތައް ގެއްލިގެން ދިއުމުން ކަމަށެވެ. ރާއްޖޭގެ ޝަރުއީ ނިޒާމު ދޯދިޔާވެ ރައްޔިތުންގެ އިތުބާރު ގެއްލިފައިވާއިރު މިއަދު މިނިވަން މުވައްސަސާއެއްގެ މަސައްކަތްތައް އެއީ އިހުލާސްތެރި ތެދުވެރި މަސައްކަތެއްކަމަށް ގަބޫލު ކުރާ ރައްޔިތެއް ނެތްކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

ޑިމޮކްރެޓްސްއަކީ މިވަގުތު އަސާސީ ގަވައިދު ބުނާ ކަންކަން ފުރިހަމަކޮށް، ސިޔާސީ ޕާޓީއެއްގެ ކުލަ ޖެއްސުމުގެ ހުރިހާ މަސައްކަތެއް ކުރަމުންދާ ޕާޓީއެކެވެ. ކުރިޔަށް ރައްޔިތުންގެ މަޖިިލިސް އިންތިހާބާއި މޭޔަރުކަމުގެ އިންތިހާބު އޮތް އިރު އެ ޕާޓީން ކެންޑިޑޭޓުން ނެރޭނެ އެވެ،

މިވަގުތު ރައީސް ނަޝީދު ސިޔާސީ މައިދާނާ ދުރުގައި ހުންނެވި އިރު ޕާޓީގެ ހިންގުން ވަނީ މުޅިން އައު ލީޑާޝިޕަކަށް ގޮސްފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 50%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 13%ވަރަށް ދެރަ 38%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: