ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދެކުނު ކޮރެއާ އާއި އަނބުރާ ގުޅުމެއް ނެތް: ކިމް ޖޮން އުން

އުތުރު ކޮރެއާގެ އިސް ލީޑަރު ކިމް: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ދެކުނު ކޮރެއާ އާއިއެކު ގުޅުން ބަދަހިކުކުރުމަށް މަސައްކަތް ނުކުރާނެކަމަށް އުތުރު ކޮރެއާއިން ބުނެފިއެވެ.

މީޑިއާތަކުން ރިޕޯޓުކުރާގޮތުން ދެކުނު ކޮރެއާއާ ގުޅި އެއް ގައުމުގެ ގޮތުގައި އޮތުމަށް މަސައްކަތްކުރުމާއި ގުޅުންތައް ބަދަހިކުރުމަށް މަސައްކަތް ނުކުރާނެކަން އާންމުކޮށް އިއުލާނުކުރީ އުތުރު ކޮރެއާގެ އިސް ލީޑަރު ކިމް ޖޮންގް އުންއެވެ. އަދި އޭނާވަނީ އެ ގައުމުން 2024 ވަނަ އަހަރުގެ ތެރޭގައި އިތުރު ތިން ޖާސޫސީ ސެޓަލައިޓެއް ލޯންޗުކުރާނެކަންވެސް ޔަގީންކޮށްދެއްވާފައެވެ.

ކިމް ބުނެފައިވާގޮތުން ދެ ގައުމުގެ ދެމެދު އޮތް ގުޅުން މިހާރުވަނީ ހީނާރުވެގޮސް، ދެކޮޅުވެރި ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުމަކަށް ބަދަވެފައެވެ. އަދި މިހާރު އޮތީ ހަނގުރާމައިގެ ހާލަތުގައިކަަމަށްވެސް ބުނެފައިވެއެވެ. އޭނާ ބުނެފައިވާގޮތުން ދެކުނާއި އެކު އޮތް ގުޅުމުގެ ހަގީގަތް ބަލައިގަންނަން ވަގުތު ޖެހިއްޖެއެވެ. އެހެންކަމުން އެމެރިކާ އަދި ދެކުނު ކޮރެއާއިންވެސް އެ ގައުމާއިއެކު އަސްކަރީ މައްސަލައެއް ފެށުމަށް މަސައްކަތްކޮށްފި ހާލަތަކު ނިއުކްލިއާ ބާރުގެ ބޭނުންކޮށް ޖަވާބެއް ދިނުމަށް ފަސް ނުޖެހޭނެކަަމަށްވެސް ބުނެފައިވެއެވެ.

އޭނާ ބުނެފައިވާގޮތުން، މައި އަދުއްވުގެ ގޮތުގައި އެ ގައުމު ކަނޑައަޅާފައިވާ މީހުންނާއި މުއާމަލާތްތައް ކުރުމަކީ ތަކުރާރު ނުކުރަންވީ ކުށެއްކަަމަށާއި އެ މީހުްނ މަސައްކަތްކުރަނީ އެ ގައުމު ހަލާކުގެ ތެރެއަށް ވައްޓާލުމުގެ ފުރުސަތު ހޯދުމަށްކަމަށްވެސް ބުނެފައިވެއެވެ.

ކޮރެއާގެ ދެކުނާއި އުތުރު ވަކިވެފައިވަނީ 1953 ވަނަ އަހަރުަގެ ތެރޭގައެވެ. އެކަން ކުރެވުނީ ކޮރެއާ ހަނގުރާމަ ނިންމާލުމާއިއެކު ގާއިމުކުރެވުނު އެއްބަސްވުމުގެ ދަށުންނެވެ. އެހެންނަމަވެސް ދެ ފަރާތަުންވެސް އަދިވެސް އަމަލުކުރަމުންދަނީ ހަނގުރާމައިގެ ހާލަތުގައިވެސް އަމަލުކުރާ ފަދަ ގޮތަކަށްކަމަށްވާއިރު، ދެ ގައުމުގެ ސަރުކާރުންވެސް އަލުން ގުޅިފައިވާ ކޮރެއާއެއް ބިނާކުރުމަށް މަސައްކަތްތައް ކޮށްފައިވާކަަމަށް ރިޕޯޓުތަކުގައިވެއެވެ.

ދެ ފަރާތުގެ ގުޅުން ބަދަހިވެ ހީނަރުވެ އަލުން އިޔާދަވަމުންދާތާ އެތައް އަހަރެއް ވެފައިވާއިރު، ކިމް ޖޮންގް އުން ވެރިކަަމަށް ވަޑައިގެން އެ ގައުމުގެ ނިއުކްލިއާ މަސައްކަތްތައް އިތުރަށް ވަރުގަދަ ކުރުމާއިއެކު މިހާރު މަައްސަލަތައް އިންތިހާ ހޫނުވެފައިވާކަމަށް ރިޕޯޓުތަކުގައިވެއެވެ. އެގޮތުން ދާދި ފަހުން ކިމް ވަނީ އެ ގައުމުގެ އަސްކަރީ ވަސީލަތްތައް އުފައްދާ މީހުންނާއި ނިއުކްލިއާ ހަތިޔާރު އުފެއްދުމުގެ މަސައްކަތްތަކުގެ އިތުރުން ދިފާއީ މަސައްކަތްތައް ކުރާ މީހުންނަށްވެސް ހަނގުރާމައިގެ ހާލަތަށް ތައްޔާރުވުމުގެ މަސައްކަތްތައް އަވަސްކުރުމަށް އަންގާފައިކަމަށްވެސް މީޑިއާތަކުން ފާހަގަކުރެއެވެ.

ވަރަށް ގަދަ
33%ވަރަށް ގަދަ 33%ވަރަށް ގަޔާވޭ 33%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: