ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޣައްޒާގެ ހަނގުރާމަ ރާއްޖެއާއި ހިސާބަށް؟!

އިސްރާއީލުގެ ކަނޑު އުޅަނދެއް: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ފަލަސްތީނުގައި ކުރަމުންދާ ހަނގުރާމައިގެ ނޭދެވޭ އަސަރުތައް ރާއްޖެ ސަރަހައްދުންވެސް ފެންނަން ފައްޓައިފިކަމުގެ ބިރު ހީވެފައިވާކަމަށް މީޑިއާތަކުން ރިޕޯޓުކޮށްފިއެވެ.

މީޑިއާތަކުން ރިޕޯޓުކުރާގޮތުން މި ފާއިތުވީ މަދު ދުވަސްކޮޅުގެ ތެރޭގައި ރާއްޖެއާއި ގާތުން ދަތުރުކުރަމުންދިޔަ އިސްރާއީލުގެ ދެ ތެޔޮ ބޯޓަކަށް ހަމަލާ ދީފައިވެއެވެ. މި ހަމަލާތައް ދީފައިވަނީ ވެރި ފަރާތް ނޭނގޭ ޑްރޯންތަކެއް މެދުވެރިކޮށްކަމަށްވާއިރު، ހަމަލާތަކުގެ ސަބަބުން ގޮވުންތައް ގޮވައި އުޅަނދުތަކަށް ބޮޑެތި ގެއްލުންތައް ލިބިފައިވާކަމަށްވެސް ބައެއް މީޑިއާތަކުން ރިޕޯޓުކުރެއެވެ.

ރިޕޯޓުތަކުގައިވާގޮތުން އުޅަނދުތައް ދަތުރުކުރަމުންދިޔައީވެސް އެފަދަ ހަމަލާއެއް އަމާޒުވެދާނެކަމަށް ބަލައި ކަނޑައެޅިފައިވާ ސަރަހައްދާއި 2000 ކިލޯމީޓަރު ދުރުންކަމަށްވުމުން ހަމަލާ ދިނުމަށް ބޭނުންކުރި ޑްރޯންތަކުގެ ގާބިލުކަން ހުރި މިންވަރު ފެނިގެންދާއިރު ކަނޑުމަތިން ދައުރުވަމުންދާ މުދަލުގެ ރައްކައުތެރިކަން ކަށަވަރުކުރުމާއިމެދު ސުވާލު އުފެދިފައިވާކަމަށްވެސް ބުނެފައިވެއެވެ.

ރާއްޖެއާއި ގާތުން ދީފައިވާ ހަމަލާއާއިމެދު އިސްރާއީލުން ބަޔާނެއް ދީފައިނުވާއިރު، މީޑިއާތަކުން ބުނާގޮތުން އަދިވެސް ކުރަމުންދަނީ އެ ހަމަލާތައް ތަހުގީގުކުރުމުގެ މަސައްކަތްތަކެވެ. އަދި މި މައްސަލަ އުފެދިފައިވަނީ ޣައްޒާގައި އިސްރާއީލުން ނަސްލެއް ނައްތާލުމުގެ މަސައްކަތްތައް ކުރަމުންދާއިރުކަމަށްވުމުން އެ މައްސަލައާއި މި ކަމާއި ހުރި ގުޅުމާއިމެދުވެސް ސުވާލުތައް އުފައްދަމުންދާކަމަށް ބުނެފައިވެއެވެ. އެހެންމަވެސް ސީދާ ގުޅުމެއްވާކަމަށް ކަށަވަރުކުރެވިފައިނުވާކަމަށް ފާހަގަކުރެވެއެވެ.

ވަރަށް ގަދަ
16%ވަރަށް ގަދަ 35%ވަރަށް ގަޔާވޭ 11%ބޮޑު ޖޯކެއް 5%ހައިރާންވެއްޖެ 28%ވަރަށް ދެރަ 4%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: