ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވިލިމާލޭގައި 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލެއް އަޅަން ޗައިނާއިން ހިލޭ އެހީ ދެނީ!

ރައީސުލްޖުމްހުރިއްޔާ ޑރ. މުހައްމަދު މުއިއްޒު, ޗައިނާގެ ރައީސް އާއި ބައްދަލުކުރެއްވުން.
ޝެއާރކޮށްލާ ކަހަލަދޯ؟

ވިލިމާލޭގައި އަޅާ 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލް ތަރައްގީ ކުރަން ބޭނުންވާ ހިލޭ އެހީ ޗައިނާއާއެކު ހަމަޖެހިފައިވާ ކަމަށް ރައީސުލްޖުމްހުރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިކަން ހާމަކުރެއްވީ އެމަނިކުފާނު މިއަދު ރައްޔިތުންނަށް ދެއްވި ހާއްސަ މެސެޖެއްގައެވެ. އޭގެ އިތުރުން މަގު ހެދުމާއި ހައުސިންގ އެތައް މަސައްކަތެއް ހުރިކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ.

ވިލިމާލޭގެ ރައްޔިތުންނަށްޓަކައި ސަރުކާރުތަކުން ނުކޮށްދެވި، އަދި ނުކުރެވި ހުރި އެތައް ކަމެއް، ކައުންސިލުން ކުރަން އުޅެގެން ހުއްދަ ނުލިބި، ނުކުރެވިފައި ހުރި އެތައް ކަމެއް އަޅުގަނޑުމެން ވަނީ ސަރުކާރުގެ ފަރާތުން މިދިޔަ ކުޑަ ދުވަސްކޮޅުގެ ތެރޭގައި މަސައްކަތް ފަށާފައި.

ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިދިޔަ ސަރުކާރުތަކުގައި ވިލިމާލެއަށް ނުކޮށްދިން އެތައްކަމެއް މި ވެރިކަމުގެ މިވީ ކުޑަ ދުވަސްކޮޅުގެ ތެރޭގައިވެސް ކުރަން ފަށާފައިވާކަމަށެވެ. އެ ގޮތުން ތެޔޮ ބޯޓުތައް ފަޅު ތެރެއިން ނެރެފައިވާކަން ފާހަގަކުރެއްވިއެވެ. ފައިބަރު ދޯނިތަކަށް މަސަައްކަތް ކުރުމަށް ދާއިމީ ތަނެއް ހުޅުމާލެ އިން ހަމަޖެހި ކުރިއަށް އޮތް ހަތް ވަރަކަށް މަސް ތެރޭގައި ފިޒިލަކީ އަމަލީ ގޮތުން ބަދަލު ވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ވިލިމާލޭގައި ތަރައްގީކުރުމަށް ހަމަޖެހިފައިވާ 100 އެނދުގެ ހޮސްޕިޓަލް ތަރައްގީކުރާނެ އެކަށީގެންވާ މިންވަރަކަމަށާއި، ރައްޔިތުން ބޭނުންވާ ހިދުމަތްތައްވެސް ލިބޭނެކަމަށް ސަރުކާރުން ވަނީ މީގެ ކުރީގައި ބުނެފައެވެ. މި މަހުގެ ތެރޭގައި ސަރުކާރުން ވަނީ ވިލިމާލެ އާއި މާލެ އާއި ދެމެދު ސީ އެންބިއުލާންސްގެ ހިދުމަތްވެސް ފެށާފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ހެލްތް މިނިސްޓަރު ޑރ އަބްދުﷲ ހަލީލް ވިދާޅުވީ ސިއްހީ ދާއިރާ އިތުރަށް ފުރިހަމަ ކުރުމަށް މި ސަރުކާރުގެ އެޖެންޑާގައި ހިމަނާފައިވާ ކަންތައްތައް ތަންފީޒުކުރުމުގެ މަސައްކަތްތައް ކުރިއަށްދާނެކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: