ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބޭހުގެ ނަމުގައި ”ޒަހަރު“ ގިނަވަނީ؛ ބޭހުގެ ކޮލިޓީ ބެލުމާއި އެމްއާރުޕީއަށް ވީ ގޮތެއް ނޭނގުނު!

އެމްއެފްޑީއޭގައި ބޭސްތަކެއް ޓެސްޓުކުރަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ޕާކިސްތާނުގެ ފާމިކްސް ލެބޯޓްރީން އުފައްދާ ބައެއް ދިޔާ ބޭސްތަކުގައި ”ޑައިއީތައިލިން ގްލައިކޯލް“ އަދި ”އިތައިލީން ގްލައިކޯލް“ އިންޑަސްޓްރިއަލް ކެމިކަލެއް ހިމެނޭތީ މީގެ ދުވަސްތަކެއް ކުރިން މީޑީއާތަކާއި އާންމު ރައްޔިތުން ބިރުން ގޮތް ހުސްވީ އެއީ އިންސާނުނަށް ޒަހަރެއް ފަދަ މާއްދާއަކަށް ވީތީއެވެ. ފުރާނައަށް ގެއްލުން ދޭ މި މާއްދާ ހުރީ ކުޑަކުދިންނަށް ދޭ ދިޔާ ބޭހެއްގަ އެވެ.

ދުނިޔޭގެ ސިއްހަތާއި ބެހޭ ޖަމިއްޔާގެ ސަމާލުކަމަށް މި ބޭހުގެ މައްސަލަ ދިޔައީ، ބޭސް ބޮއެގެން ކުޑަކުދިންތަކެއްގެ ފުރާނަ ގެއްލުމުންނެވެ. 2023، ގެ ނޮވެމްބަރު މަހުގެ ތެރޭގައި މައްސަލަ ބޭރުގެ މީޑިއާތަކުގެ ސަމާލުކަމަށް އައިސް، ދުނިޔޭގެ ސިއްހަތާއި ބެހޭ ޖަމިއްޔާއިން ސަމާލުތައް ނެރުނުއިރުު ރާއްޖޭގެ މާކެޓުގައި ވެސް މި ބޭސް ހުއްޓެވެ. އޭގެ ފަހުން އެ ކުންފުނީގެ އެހެން ބޭހެއްގެ މައްސަލައެއް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތީރިޓީން ދެނެގަނެ އެ ބޭސް ރާއްޖެއަށް އެތެރެ ކުރުން މަނާ ކުރި އެވެ. ހޮޑު މަނާ ކުރާ ބޭހެއްގައި ގްލައިކޯލް އާއި އިތައިލީން ގްލައިކޯލް ހުރުމުގެ ސަބަބުން ވަގުތުން އެލާޓުތައް ނެރެ ރާއްޖެއަށް އެ ބޭސްތައް އެތެރެކޮށް ވިއްކުން މަނާކުރި އެވެ.

ޕާކިސްތާނުގެ ލާހޫރުގައި އުފައްދާ މި ބޭސް ރާއްޖެއަށް އެތެރެ ކުރާތާ 10 އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާއިރު މައްސަލަ ޖެހުނު ބްރޭންޑުގެ ދިޔާ ބޭސްތައް ރާއްޖެއަށް މިދިޔަ ތިން އަހަރުގައި އެތެރެކޮށްފައި ހުރުމުގެ ސަބަބުން އެމްއެފްޑީއޭއަށް އޭގެ ޖުމްލަ އަދަދާއި މައްސަލަ ފާހަގަކުރެވުނު އިރު މާކެޓުގައި ބޭހުގެ ސްޓޮކް ހުރި މިންވަރެއް ނޭނގެ އެވެ.

އެކަމަކު ރާއްޖޭގެ އެމްއެފްޑީއޭއިން ނުރައްކާތެރި ކެމިކަލް މާއްދާތަކެއް އެކުލެވޭ ބޭސްތަކެއް މާކެޓުގައި ހުރިކަން ދެނެގަތުން ވެގެން ދިޔައީ ލިބުނު ކުރިއެރުމަކަށެވެ. މި ބޭސްތައް ރާއްޖެއިން ދެނެގަތުމާއި އެކު އެކަމަށް ދުނިޔޭގެ ސިއްހަތާއި ބެހޭ ޖަމިއްޔާއިން ވެސް މަރުހަބާ ކިއެވެ. އެމްއެފްޑީއޭ ރިޕޯޓު ކުރި ކޯފް ސިރަޕް ރާއްޖޭގެ މާކެޓުގައި މަދު ނަމަވެސް އާންމު މައުލޫމާތުތަކުން އެނގޭ ގޮތުގައި މި ބޭސް ދުނިޔޭގެ ހަތަރު ގައުމެއްގައި ބޭނުން ކުރެ އެވެ.

ބަލަންވީ އަގަކަށް ނޫން، ކޮލިޓީ ރައްކާތެރި ބޭހަށް!

ވިޔަފާރިއާއި ސަރުކާރުގެ ވެރިން ހިންގާ މަކަރާއި ހީލަތްތަކުގެ ފުރިހަމަ ރޭންޖުގެ ބޮޑެތި ސްކޭމްތަކަށް އާއްމުކޮށް ބޭރު ދުނިޔޭގައި ބޭނުންކޮށް އުޅެނީ ”ވައިޓް ކޮލާރ ކްރައިމް“ އެވެ. މީގެ އެތައް ބާވަތެއް ހިމެނޭއިރު، ބޮޑެތި ވައްކަމާއި ކޮރަޕްޝަންގެ ނުދެކެވޭ އެހެން ވާހަކައެއް އޮވެ އެވެ. އެއީ ސިއްހީ ހިދުމަތުގައި މަކަރު ހެދުމާއި، އޮޅުވާލުންތަކާއި މާލީ މަންފާތަކެެވެ. ސިއްހި ހިދުމަތަށް މަކަރު ހެދުން، އިންތިހާއަށް އިތުރުވެފައިވާއިރު މީގެ ތެރޭގައި ޑޮކްޓަރުންނާއި މެޑިކަލް ދާއިރާގެ އެތައް ބައެއްގެ ބައިވެރިވުމާއި ހިއްސާ އޮވެ އެވެ.

ސިއްހީ ހިދުމަތުގެ ދާއިރާގެ ތެރޭގައި ބޭހުގެ ފަރުވާ ހިމެނެ އެވެ. ބޭހުގެ ނުބައި ވިޔަފާރި އަކީ މިއަދު މަސްތުވާތަކެތީގެ ވިޔަފާރިއަށް ވުރެ ކަންބޮޑަށް ކަންބޮޑުވާން ޖެހޭ މައްސަލައެކެވެ. މި އޮޅުވާލުމުގެ ތެރޭގައި ޑޮކްޓަރުންނާއި، ނަރުހުން، ފާމަސިސްޓުން އަދި އެހެން މީހުން ޝާމިލު ވެއެވެ.

މިވީ އަހަރުތަކުގެ ތެރޭގައި އެކި ގައުމުތަކަށް ފޭކު ބޭސްތަކާއި، މެޑިކަލް ސާމާނުތައް އެތެރެ ކުރި މައްސަލަތުގައި ކުންފުނިތައް ބޮޑެތި އަދަދުން ޖޫރިމަނާކޮށްްފައި އެބަހުއްޓެވެ. ގައުމުތަކަށް ބޭސް އެތެރެކޮށް، އެއަށް އެޕްރޫވަލް ދީ އޭގެ ކޮލިޓީ ޓެސްޓުތައް ހަދާ އެންމެ ބޮޑު އެއް ސަބަބަކީ އެއީ އެވެ. ކޮލިޓީ ޓެސްޓު ކުރަންޖެހޭ ސަބަބާއި، އެ މަރުހަލާ ކުރިޔަށް ގެންދާ ވަރަށް ބައިވަރު ގޮތްތަކެއް ވެއެވެ.

ކޮލިޓީ އެޝުއަރެންސް އަކީ މުޅި މެޑިސިން މެނުފެކްޗަރިން ޕްރޮސެސްގެ އެންމެ މުހިންމު އެއް ކަންތަކެވެ.

ފާމަސޫޓިކަލް ކޮލިޓީ އެޝުއަރެންސްގެ ބޭނުމަކީ، އުފައްދާ ބޭސް ބަލިމީހާއަށް ބޭނުންވާ އަސަރެއް ކުރާނެކަން ކަށަވަރު ކުރުމެވެ. ކޮލިޓީ އެޝުއަރެންސް އިން ވެސް ޔަގީންކޮށްދެނީ މިހާރު އެއްވެސް ކޮންޓެމިނޭޓަރުތަކެއް ނެތްކަމާއި މި ބޭސްތަކަކީ ކޮލިޓީ ރިކުއާމަންޓްތަކާއި ކަމާ ގުޅޭ ހުރިހާ ގަވާއިދުތަކެއް ފުރިހަމަކޮށްދޭނެ ބޭސްތަކެއް ކަމެވެ.

ފާމަސޫޓިކަލް ކޮލިޓީ އެޝުއަރެންސް އާއި އެކު ފުރިހަމަ ކުރަން ޖެހޭ ގިނަ އުސޫލުތަކެއް އެބަހުއްޓެވެ. މި އުސޫލުތަކަށް އަމަލު ކުރާ މިންވަރު ދަށްވެއްޖެނަމަ، އެ ވިޔަފާރިއަކަށް ނުރައްކަލެއް ކުރިމަތިވެދާނެ ފަދަ ބޮޑެތި ޖޫރިމަނާތަކާއި، ގާނޫނީ ފިޔަވަޅުތަކާ ކުރިމަތިލާން ޖެހޭނެ އެވެ.

ފާމަސޫޓިކަލް ކޮލިޓީ އެޝުއަރެންސްގެ މަގްސަދުތައް

ބޭސްވެރިކަމުގެ މަގްސަދަކީ އާންމުން ސަލާމަތުން ބެހެއްޓޭނެ ފަދަ ޕްރޮޑަކްޓެއް އުފެއްދުމެވެ. ރަނގަޅަށް އުފައްދާ ބޭސް ބޭނުންކުރުމުން މީހެއްގެ ދިރިއުޅުން ވަރަށް ބޮޑަށް ރަނގަޅުވުމުގެ ފުރުސަތު އެބައޮތެވެ. ފެންވަރު ރަނގަޅު ޕްރޮޑަކްޓެއް އުފެއްދުމަކީ މުޅި މުޖުތަމައުގެ ސިއްހަތަށާއި ދުޅަހެޔޮކަމަށް ނުހަނު ފުން އަސަރުތަކެއް ކުރުވާ ކަމެކެވެ.

ނަމަވެސް ކޮލިޓީ އެޝުއަރެންސް އެއް ހަމަ ނުވާނަމަ، މީހެއްގެ ފުރާނަ ސަލާމަތް ކުރަން ޖެހޭ ބޭހަކުން އޭގެ ނުރަނގަޅު އަސަރުތަކެއް ދައްކައިގެން އިއާދަ ނުކުރެވޭ ވަރުގެ ގެއްލުމެއް ލިބިދާނެ އެވެ. މިކަން ކޮލިޓީ އެޝުއަރެންސްގައި ބައިވެރިވާ ޓީމުގެ ކޮންމެ މެމްބަރަކު ވެސް އަބަދުވެސް ބޭސް ނަގާ މީހާ ހަނދާނުގައި ބަހައްޓަން ޖެހޭނެ އެވެ.

މިކަމަށްޓަކައި ހަރުކަށި ކޮލިޓީ ކޮންޓްރޯލެއް ބޭނުންވެއެވެ. އޭގެ ތެރޭގައި މުވައްޒަފުންނަށް ފުރިހަމަ ތަމްރީނު ދިނުމާއި، ކޮލިޓީ މެނޭޖްމަންޓް ސިސްޓަމްތައް މެދުނުކެނޑި ރަނގަޅު ކުރުމާއި، ފަރަގު ކުޑަކުރުން ނުވަތަ ނައްތާލުން، ޑޮކިއުމަންޓް ކޮންޓްރޯލް ކުރުން، އިންޓާނަލް އޮޑިޓްތައް ކުރިއަށް ގެންދިއުން، އަދި ޕީރިއަޑިކް މެނޭޖްމަންޓް ރިވިއުތައް ހެދުން ހިމެނެ އެވެ.

ފާމަސޫޓިކަލް އިންޑަސްޓްރީން ވަނީ ފާއިތުވި އަހަރުތަކުގައި ރައްޔިތުންގެ އިތުބާރު ހީނަރުވެފައިވާ ސްކޭންޑަލްތަކުގެ ހިއްސާ ފެނިފައެވެ. މީގެ ތެރޭގައި ޣައިރު ގާނޫނީ ރިޝްވަތު ދިނުމާއި ކޮމްޕައުންޑް ޑްރަގް ފްރޯޑް އަދި ގަވައިދާއި ހިލާފަށް ބޭސް ބަދަލު ކުރުން އަދި 340 ބީ ޑްރަގް ޑިސްކައުންޓް ޕްރޮގްރާމްގެ ބޭނުން ނަހަމަ ގޮތުގައި ހިފުން އަދި މެޑިކެއިޑް ބެސްޓް ޕްރައިސް ފްރޯޑް އާއި ފާމަސީ ބެނެފިޓް މެނޭޖަރުން (ޕީބީއެމް) އިން މަކަރާއި ހީލަތް ހެދުން ހިމެނެ އެވެ.

ފާމަސޫޓިކަލް އިންޑަސްޓްރީގައި ސިއްހީ ފަރުވާގެ ނިޒާމަށް މަކަރާއި ހީލަތް ހެދުމަށް ތަފާތު އެތައް ސްކީމެއް ބޭނުންކުރެވެއެވެ. ފާމަސޫޓިކަލް އިންޑަސްޓްރީއަކީ ގަވާއިދުން ގިނަ ބާވަތްތަކެއްގެ މަކަރާއި ހީލަތް ހަދާ އިންޑަސްޓްރީއެއް ކަން ސާބިތުވާ އިރު، ކޮންމެ އަހަރަކު ވެސް ފާމަސޫޓިކަލް މަކަރާއި ހީލަތް ހަދާ މީހުންގެ އަދަދު އިތުރުވަމުން އަންނަކަން އެނގެން އެބައޮތެވެ.

ކޮންމެ އަހަރަކު ބޮޑެތި ފާމަސޫޓިކަލް ކުންފުނިތަކުން މަކަރާއި ހީލަތް ހެދުމާއި، ޑޭޓާގެ އޮޅުވާލުންތަކާއި، އެނޫން ވެސް އެފަދަ ކޮރަޕްޝަންގެ ތުހުމަތުތައް އަމާޒުވެ އެވެ. ފާއިތުވެދިޔަ އަހަރުތަކުގައި ދުނިޔޭގެ ފާމަސޫޓިކަލް ކުންފުނިތަކުން ޖިނާއީ ކުށުގައި 11 ބިލިއަން ޑޮލަރުގެ ޖޫރިމަނާ އެއް ދައްކާފައި ވެއެވެ.

ގްލަކްސޮސްމިތްކްލައިން ނުވަތަ ޖީއެސްކޭއަކީ ލަންޑަންގައި ގާއިމްކޮށްފައިވާ އިނގިރޭސި މަލްޓިނޭޝަނަލް ފާމަސޫޓިކަލް ކުންފުންޏެކެވެ. ކުންފުނީގެ ބައެއް ޕްރިސްކްރިޕްޝަން ޑްރަގްސް ގާނޫނާ ހިލާފަށް ޕްރޮމޯޓު ކުރުމާއި، ބައެއް ސޭފްޓީ ޑޭޓާ ރިޕޯޓް ނުކުރުމާއި، ދޮގު އަގުތައް ރިޕޯޓް ކުރުމުގެ އަމަލުތަކުގެ ސަބަބުން ތިން ބިލިއަން ޑޮލަރު ދައްކަން ޖެހުނީ 2012 ވަނަ އަހަރުގެ ތެރޭގަ އެވެ.

ޖީއެސްކޭގެ މައްޗަށް ސާބިތުވީ ޕެކްސިލް، ވެލްބުޓްރިން އަދި އަވަންޑިއާ ފަދަ ބައެއް ޕްރިސްކްރިޕްޝަން ޑްރަގްސް ގާނޫނާ ހިލާފަށް ޕްރޮމޯޓް ކުރުމުގެ ކުރެވެ. އެއީ ބައެއް ސޭފްޓީ ޑޭޓާތައް އެފްޑީއޭއަށް ރިޕޯޓް ނުކުރެވި، މެޑިކެއިޑް ޑްރަގް ރިބެޓް ޕްރޮގްރާމްގެ ދަށުން ލިބެންޖެހޭ ރިބެޓްތައް ދަށްކުރުމަށް ދޮގު ޑްރަގް އަގުތަކެއް ރިޕޯޓްކުރި މައްސަލައެވެ. ފައިޒަރ އާއި އެކުންފުނީގެ ސަބްސިޑަރީ ކުންފުންޏެއް ކަމަށްވާ ފާމަސިއާ އުޕްޖޯން ކުންފުނިން ވަނީ އެމީހުންގެ ފާމަސޫޓިކަލް އުފެއްދުންތައް ގަވާއިދާ ހިލާފަށް އިޝްތިހާރު ކުރުމުގެ ސަބަބުން ޖިނާއީ އަދި މަދަނީ ޒިންމާތައް އަދާކުރުމަށް 2.3 ބިލިއަން ޑޮލަރު ދައްކާފައެވެ. އެ ފައިސާގެ ތެރޭގައި 2009 ވަނަ އަހަރު އެ ކުންފުނީގެ މަކަރާއި ހީލަތް ހެދުމުގެ އަމަލުތައް ހިންގާ ހަ ވިސްލްބްލޯވަރުންނަށް މަދަނީ ސެޓްލްމަންޓެއްގައި 102 މިލިއަން ޑޮލަރަށް ވުރެ ބޮޑު އަދަދެއް ދެއްކުން ހިމެނެ އެވެ. މި ޖޫރިމަނާއަކީ ދާއިރާގައި ދެވަނައަށް އެންމެ ބޮޑު ޖޫރިމަނާއެވެ.

ފާމަސޫޓިކަލް ގެ އެންމެ ބޮޑު މައްސަލަތަކުގައި އެންމެ ބޮޑު ޖޫރިމަނާއެއް ދެއްކި 10 ކުންފުނި

  1. ޓަކޭޑާ ފާމަސޫޓިކަލް 2.4 ބިލިއަން
  2. ގްލާސޯސްމިތްކްލައިން 03 ބިލިއަން ޑޮލަރު
  3. ފައިޒަރ 2.3 ބިލިއަން ޑޮލަރު
  4. ޖޯންސަން ޖޯންސަން އަށް 2.2 ބިލިއަން ޑޮލަރު
  5. އެބޮޓް ލެބޯޓްރީސް 1.5 ބިލިއަން ޑޮލަރު
  6. އެލީ ލިލީ އާއި ކޮމްޕެނީ 1.4 ބިލިއަން ޑޮލަރު
  7. މާރކް 950 މިލިއަން ޑޮލަރު
  8. ޓެޕް ފާމަސޫޓިކަލް 875 މިލިއަން ޑޮލަރު
  9. ޓެޕް ފާމަސޫޓިކަލް 875 މިލިއަން ޑޮލަރު
  10. ޓެޕް ފާމަސޫޓިކަލް 875 މިލިއަން ޑޮލަރު

ބޭސް ބޭނުން ގޮތަކަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ނުވަތަ އެ ބޭސް ގައި އުނިކަމެއް ހުރެއްޖެ ނަމަ، އެއީ އާންމު ސިއްހަތަށް ހުރި ނުރައްކަލެކެވެ. ހުރިހާ ފާމަސޫޓިކަލް ކުންފުނިތަކުންވެސް މަސައްކަތް ކުރަންޖެހޭނީ، އެ މީހުން އެ އުފައްދާ ބޭހަކީ އެއީ ތަޣައްޔަރުވެފައިވާ ތަކެތިން ސަލާމަތްވެފައިވވާ ބޭހަކަށް ހެދުމަށެވެ.

ފާމަސޫޓިކަލް މެނުފެކްޗަރިންގ ގެ އެކި ހިސާބުތަކުގައި ބޭނުންކުރެވޭ ތަފާތު ގޮތްތަކާއި ޕްރެކްޓިސްތައް ހުރެއެވެ. މިހުރިހާ މެތަޑެއްވެސް ފެށެނީ ޓްރެއިނިންގ ދީގެންނެވެ. އޭގެ އެއް މިސާލަކީ މަސްތުވާތަކެތީގެ ސްޓެބިލިޓީ ޓެސްޓިން، އެއީ ބޭސްވެރިކަމުގެ އެކި ޕްރޮޕަޓީތައް އެކި ހާލަތްތަކަށް ހުށަހެޅޭއިރު ބަދަލުވާ ގޮތް މިންކުރާ ގޮތެވެ. މި ބާވަތުގެ ޓެސްޓުތައް ކުރިއަށް ގެންދާނެ ގޮތުގެ ކޮލިޓީ އެޝުއަރެންސް މުވައްޒަފުންނަށް ތަމްރީނު ދިނުމަކީ ކޮލިޓީ އެޝުއަރެންސް ޓީމަށް މި ޑްރަގް ރައްކާކުރަން ޖެހޭ ގޮތް ދެނެގަތުމަށް އެހީތެރިވެދޭނެ ކަމެކެވެ.

ރާއްޖޭގައި ބޭހުގެ ކޮލިޓީ ބެލުމާއި އެކު، ބޭހުގެ އެންމެ މަތީ އަގު ކަނޑައެޅުން

މި އުސޫލު ރާއްޖޭގައި ތަންފީޒު ކުރުމަށްޓަކައި ކުރި މަސައްކަތްތަކަށް ލިބުނު އެއްވެސް ކުރިއެރުމެއް ނެތެވެ. ތަފާތު އެކި ތާރީހުތަކެއް ދީ، އެ ތާރީހުތައް ފަސް ކުރަމުން ދިއުމަށް ފަހު އަނެއްކާވެސް މުއްދަތު މިވަނީ ފަސްކޮށްފަ އެވެ. ބޭސް ވިއްކޭނެ އެންމެ މަތީ އަގު ކަނޑައެޅުމަށްޓަކައި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން 2021 ވަނަ އަހަރު ގަވައިދެއް ނެރެ ބުނެފައި ވަނީ ޕްރައިސްގެ 100 އިންސައްތަ ފައިދާލުމަށް ފަހު އަސާސީ 357 ބޭހެއްގެ އަގު ކޮންޓްރޯލް ކުރުމުގެ ފުރަތަމަ ފިޔަވައްސަށް އަމަލު ކުރެވޭނެ ކަމަށެވެ. އެއަށް ފަހު ދެން 2022 ގައި ބޭސްތަކުގެ އަގު ކޮންޓްރޯލް ކުރާނެކަމަށް އިއުލާނުކޮށްފައި ވެއެވެ. އޭގައި ވަނީ އެއާއި ހިލާފަށް ބޭސް ވިއްކާނަމަ 100،000 ރުފިޔާއާއި ހަމައަށް ފާމަސީއެއް ޖުރިމަނާ ކުރުމުގެ ބާރު އެމްއެފްޑީއަށް ލިބިގެންވާ ކަމަށެވެ.

ރާއްޖޭގައި ޑޮކްޓަރީ ބޭސް ވިއްކުމުގައިމީގެ ކުރިން އަމިއްލަ އަގުތަކެއް ކަނޑައަޅައެވެ. އަދި އެކި ފާމަސީތަކުގައި އެކި ގޮތްގޮތަށް އަމަލު ކުރަމުން އަންނަ އައުމާއި މިއާއި އެކު ހައްލެއް ލިބިގެންދާނެ އެވެ. ހާއްސަކޮށް އާސަންދަ ނުލިބޭ ބޭސްތަކަށް އާންމު ފަރުދުންގެ ޖީނުން ކުރާ ހޭދަތައް ކުޑަވެ، އެއް ބްރޭންޑެއްގެ ބޭސްތައް އެކި އަގުގައި ވިއްކުން ކޮންޓްރޯލް ކުރެވޭނެ އެވެ. އަދި ފާމަސީތަކުން އެއްވެސް މިންގަނޑެއް ނެތި ކަޅު ބާޒާރުގައި ބޭސް ވިއްކައި ހިންގާ އަމަލުތަކަށް ފިޔަވަޅު އެޅޭނެ އެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: