ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަސްކަރިއްޔާގެ ނަމަށް ހުތުރު އަރުވާ މީހުންގެ މުދާތަށް އަތުލުމާއިމެދު ރަޝިއާއިން ވިސްނަނީ

ރަޝިއާގެ މަޖިލީހުގެ އިސް މެމްބަރެއްކަމަށްވާ ވޮލޮޑިން: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ރަޝިއާގެ އަސްކަރީ ހަރަކާތްތަކާއި ގުޅޭގޮތުން ދޮގު ވާކަަތައް ފަތުރާ އެ ގައުމުގެ ރައްޔިތުންގެ މުދާތައް އަތުލުމަށް މަޝްވަރާތައްކުރަމުންދާކަމަށް ބައިނަލްއަގުވާމީ މީޑިއާތަކުން ރިޕޯޓުކޮށްފިއެވެ.

މީޑިއާތަކުން ބުނާގޮތުން، ރަޝިއާގެ އަސްކަރިއްޔާގެ ނަން ހަޑިވެގެންދާ ގޮތަށް އެ މުއައްސަސާގެ މަސައްކަތްތަކާއި ގުޅޭގޮތުން ދޮގު ހަބަރު ފަތުރާ މީހުންގެ މުދަލާއި ފައިސާ އަތުލުމަށް ވިސްނަމުންދާކަން ހާމަކުރީ ރަޝިއާގެ ގާނޫނު ހަދާ މަޖިލީހުގެ އިސް މެމްބަރެކެވެ.

ރަޝިއާގެ މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވާ ފަރާތެއް އެ ގައުމުގެ މީޑިއާތަކާއި ހިއްސާކޮށްފައިވާގޮތުން، މިހާރު އެ ގައުމުން ވިސްނަމުންދަނީ ހަރުކަށި ފިކުރު ފެތުރުމާއި ރަޝިއާއާއި ދެކޮޅަށް މަސައްކަތްކުރާ މީހުންގެ އިތުރުން އަގު ވައްޓާލުމަށް މަސައްކަތްކުރަމުންދާ މީހުންގެ އަމަލުތައް ޖިނާއީ ކުށަކަށް ހެދުމަށެވެ. މީޑިއާތަކުން ބުނާގޮތުން އެ މަސައްކަތްތައް ކުރެވެމުންދަނީ ޔޫކްރެއިނަށް ސިފައިން ފޮނުވުމާއި ދެކޮޅަށް މަސައްކަތްކުރާ މީހުންގެ އަމަލުތައް ހުއްޓުވުމަށެވެ.

ރަޝިއާގެ މަޖިލިސް މެމްބަރު ވޮލޮޑިން ބުނެފައިވާގޮތުން ރަޝިއާ ސުންނާފަތިކޮށްލުމަށާއި ހިޔާނާތްތެރިވުމަށް މަސައްކަތްކުރާ މީހުން އެކަމުގެ ބަދަލު ދޭންޖެހޭނެއެވެ. އަދި އެކަން ކުރާނީ އެ މީހުންގެ މުދަލުން އަގު ދައްކައިގެންކަމަށާއި އެ ފަދަ މީހުންނަށް ދީފައިވާ ލަގަބުތައްވެސް އަތުލާނެކަމަށް ހިއްސާކުރިއެވެ. އޭނާ ބުނެފައިވާގޮތުން ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި އެކަން ރަޝިއާގެ މަޖިލީހަށް ހުށައަޅާނެކަމަށްވެސް ބުނެފައިވެއެވެ.

ވަރަށް ގަދަ
50%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 50%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: