ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޣައްޒާގެ މުއާސަލާތީ ހިދުމަތްތައް އެއްކޮށް ކެނޑި ގިނަ ދުވަސްތަކެއް!

ޣައްޒާގައި ހަރަކާތްތެރިވާ ނޫސްވެރިންތަކެއް: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ޣައްޒާގައި މުއާސަލާތީ ހިދުމަތްތައް ކެނޑިފައި އޮތުން ދިގުދެމިގެންގޮސް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގައި ދަތިތައް ދިމާވަމުންދާކަމަށް މީޑިއާތަކުން ބުނެފިއެވެ.

ބައިނަލްއަގުވާމީ މީޑިއާތަކުން ރިޕޯޓުކުރާގޮތުން، ހަނގުރާމަ ފެށިގެން އައުމަށް ފަހު ޣައްޒާއިން މީގެ ކުރިންވެސް އެތައް ފަހަރެއްގެ މަތިން އިސްރާއީލުންވަނީ މުއަސަލާތީ ހިދުމަތްތައް ކަނޑަލާފައެވެ. އެހެންނަމަވެސް މިފަހަރު އެ ހިދުމަތަކަށް ބުރޫ އަރާފައި އޮތުން ދިގުދެމިގެންގޮސް ހަފްތާއަކަށްވުރެ ގިނަ ދުވަސް ވެފައިވާކަމަށާއި، އެ ހާލަތު އަރައިގަނެވޭ ހިސާބަށް ދާ މަންޒަރު ނުފެންނަކަމަށް ހިއްސާކޮށްފައިވާއިރު، އެކަމުގެ ސަބަބުން އެ ސަރަހައްދުގައި ހަރަކާތްތެރިވާ އިންސާނީ އެހީތެރިކަން ފޯރުވާ މީހުންނަށާއި ކުއްލި ހާލަތްތަކުގައި އެހީ ފޮރުވާ ފަރާތްތަކަށްވެސް ބޮޑެތި ދަތިތައް ކުރިމަތިވެފައިވާކަމަށް ބުނެފައިވެއެވެ.

މީޑިއާތަކުން ބުނާގޮތުން، މިއީ މިހާތަނަށް މިގޮތުގެ މަތިން މުއާސަލާތީ ހިދުމަތްތައް ކެނޑިގެންދިޔަ 9 ވަަަނަ ފަހަރެވެ. ކަމާއި ބެހޭ ފަރާތްތައްކުން މައުލޫމާތުދޭގޮތުން ހިދުމަތްތައް ކެނޑިފައިވުމުގެ ސަބަބުން ފިސިކަލްއާއި ވަޔަލެސް ޑާޓާ ކަނެކްޝަންތަކާއި މޯބައިލް ފޯނުގެ ހިދުމަތްތަކަށްވެސްވަނީ ބުރުއަރާފައެވެ.

އެ ސަރަހައްދުގައި ހަރަކާތްތެރިވާ އދގެ އޮފިޝަލުން ބުނާގޮތުން ކުރަމުންދާ މަސައްކަތްތައް ކުރުން ވަނީ އިންތިހާއަށް ދަތިކަަމަކަށްވެފައިކަމަށްވާއިރު، ހައްލުކުރުމަށް އަޅަންވީ ފިޔަވަަޅުތަކެއްވެސް ސާފުނުވާކަމަށް ހިއްސާކޮށްފައިވެއެވެ. އަދި އެ ސަރަހައްދުގެ ހާލަތަކީ މި ޒަމާނުގައި ފަހުމްކުރަންވެސް ދަތިވާނެފަދަ ހާލަތެއްކަމަށް ފާހަގަކުރިއެވެ.

ޣައްޒާގައި ހާލުގައި ޖެހިފައިވާ މީހުންނަށް އެހީ ފޯރުވުމުގެ ހިދުމަތްތައް ދޭ އޮފިޝަލަކު ހިއްސާކޮށްފައިވާގޮތުން މުއަސަލާތީ ހިދުމަތްތައް ކެނޑިފައިވުމުން ރޭގަނޑުގެ ވަގުތުތަކުގައި ބޮމުގެ ހަމަލާތައް ދިނުމުން އެމްބިއުލާންސްތަކަށް ނުގުޅޭނެކަމަށެވެ. އަދި އެއްވެސް ސިއްހީކަމެއް ދިމާވެއްޖެ ނަމަވެސް ހަރަކާތްތެރިނުވެވޭނެކަމަށްވެސް ބުނެފައިވެއެވެ.

މިވަގުތު އެ ސަރަހައްދުގެ މައުލޫމާތުތައް ގެނެސްދެމުންދާ ޖާނަލިސްޓުންނަށް މައުލޫމާތު ފޯރުކޮށްދެވެމުންދަނީ އިޖިޕްޓުގެ ބޯޑަރާއި ގާތުން ބައިނަލްއަގުވާމީ ސިމްތަކާއި އީ ސިމްތައް ބޭނުންކޮށްގެންކަަމަށްވާއިރު، ޣައްޒާގައި ތިބި މީޑިއާތަކަށް މައުލޫމާތު ހިއްސާކުރާ އާންމުންނާއި ގުޅުމުގައިވެސް ބޮޑެތި ދަތިތައް ކުރިމަތިވެފައިވާކަމަށާްވެސް ހިއްސާކޮށްފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: