ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އައު ޕެންޑެމިކެއް ކުރިމަތިވުމުގެ ބިރު ހީވެފައިވާކަމަށް ސައިންސްވެރިން ބުނެފި

ޕާމަ ފްރޮސްޓުގެ ތެރޭގައި މީގެ ތިރީސް ހާސް އަހަރުކުރިން ގަނޑުވެފައިވާ ވައިރަސްއެއް މައިކްރޮސްކޯޕުގެ އަލީގައި: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

އިންސާނީ ދަރިފަސްކޮޅަށް އައު ހައިރާންކުރުވަނިވި ނުރައްކަލެއް ކުރިމަތިވެފައިވާކަމުގެ އިންޒާރު ސައިންސްވެރިން ދީފިއެވެ.

މީޑިއާތަކުން ބުނާގޮތުން، އިންސާނުންނަށް ސިއްހީ ގޮތުން ބޮޑެތި ނުރައްކާތައް ކުރިމަތިވެފައިވާކަމުގެ އިންޒާރުތައް ދެމުންދަނީ މީގެ އެތައް ޒަމާންތަކެއް ކުރިން އާޓިކް ސަރަހައްދުގެ ދާއިމަށް ގަނޑުވެފައި އޮންނާނެކަމަށް ބުނަމުން އައިސްފައިވާ ސަރަހައްދުގެ ގަނޑުފެންގަނޑުގެ ތެރޭގައި އެކުލެވި ގަނޑުވެފައިވާ ވައިރަސްތަކެއް އަލުން ދުނިޔެ މައްޗަށް ދޫވުމުގެ ފުރުސަތު އޮތުމުންކަމަށެވެ.

އެ ފުރުސަތު ފަހިވެގެންދަނީ ދުނިޔެ ހޫނުވަމުންދިއުމުގެ ސަބަބުންކަމަށް ބުނާއިރު، އެކަމުގެ ސަބަބުން ދުނިޔެ މަތީގައި ބަލިތައް ފެތުރިގެންދިއުމުގެ ކާރިސާއެއް ކުރިމަތިވެގެންދިއުމުގެ ފުުރުސަތުވެސް އޮތްކަމަށްވެސް ބުނާކަމަށް ރިޕޯޓުތަކުގައިވެއެވެ.

މެތޫޒަލާ މައިކްރޯބްސް ނުވަތަ ޒޮމްބީ ވައިރަސްގެ ނަން ދެވިފައިވާ މި ވައިރަސްގެ ތަހުލީލުތައް މިހާރުވެސް ކުރެވެމުންދާއިރު، މަސައްކަތްތަކުގައި ޝާމިލުވި ބައެއް ފަރާތްތަކުންވަނީ އައު ބައިނަލްއަގުވާމީ ސިއްހީ ކާރިސާއެއް ކުރިމަތިވެގެންދިއުމުގެ ފުރުސަތު އިންތިހާ ފަހިކަމުގެ އިންޒާރުތައް ދީފައިކަމަށްވެސް މީޑިއާތަކުން ބުނެއެވެ.

ޖެނެޓިކްސްގެ ދާއިރާއަށް ހާއްސަ ސައިންސްވެރިއެއް މީޑިއާތަކަށް މައުލޫމާތު ހިއްސާކޮށްފައިވާގޮތުން، މިހާރު ޕެންޑެމިކްތަކާއި ގުޅޭގޮތުން އެއްކުރެވިފައިވާ މައުލޫމާތު ބިނާވަނީ ދުނިގޭ ދެކުނުން އުތުރަށް ފެތުރިގެންދާނެކަމަށް ބަލައިކަމަށްވާއިރު، އުތުރުން ދެކުނަށާް ފެތުރިގަތުމާއި ގުޅޭގޮތުން ދިރާސާތައް ކުރެވިފައިނުވާކަމަށާއި އެއީ ހެދިފައިވާ ގޯހެއްކަމަށްވެސް ފާހަގަކުރިއެވެ. އަދި އިންސާނުންގެ ތެރޭގައި އައު ބަލިތަކެއް ފެތުރިގެންދާ މިންވަރަށް ނުރައްކާތެރި ވައިރަސްތައް ހުންނާނެކަމަށް ގަބޫލުކުރާކަމަށްވެސ ބުނެފައިވެއެވެ.

މީޑިއާތަކާއި މައުލޫމާތު ހިއްސާކުރި ވައިރޯލޮޖިސްޓެއް ބުނެފައިވާގޮތުން، ދާއިމަށް ގަނޑުވެފައިވާ ސަރަހައްދުގައި ތިބީ ކޮން ބާވަތެއްގެ ވައިރަސްތަކެއް ކަމެއް އެއްކޮށް ސާފުނުވާކަމަށާއި އެހެންމަވަެސް އެތަނުގައި އިންސާނުންގެ ތެރޭގައި ސިއްހީ ކާރިސާއެއް ކުރިމަތިކުރުވާ މިންވަރަށް ނުރައްކާތެރި ވައިރަސްތައް ހުރުމުގެ ފުރުސަތު އިންތިހާ ފަހިކަމަށާއި މިސާލެއްގެ ގޮތުގައި ޕޯލިއޯ ފަދަ ބައްޔެއްގެ އެތައް ޒަމާނެއްގެ ކުރީގެ ވޭރިއަންޓެއް ފެނުން އެކަށީގެންވާކަމަށްަ ހިއްސާކުރިއެވެ.

އެހެންކަމުން މިހާރު ސައިންސްވެރިންދަނީ އެތައް ޒަމާންތަކެއް ކުރީގެ ބެކްޓީރިއާ ތަކެއްގެ ސަބަބުން ދިމާވެދާނެ މައްސަލަތައް ހުއްޓުވުމަށްޓަކައި ހަރަކާތްތެރިވަމުންކަމަށާއި އާޓިކް މޮނީޓަރިންގް ނެޓްވޯކެއް ބިނާކޮށް އެ ނެޓުވޯކުގެ ދަށުން ، އެފަދަ ހާލަތެއް މެދުވެރިވެއްޖެ ނަމަ ބަލިޖެހޭ މީހުން ކޮރެންޓީން ކުރުމާއި ސިއްހީ ލަފާ ދިނުމުގެ މަސއްކަތްތައްވެސް ކުރުމަށް ރާވަމުންދާކަމަށްވެސް ބުނެފައިވެއެެެވެ.
މާހިރުން ހިއްސާކުރާގޮތުން ޕާމަ ފްރޮސްޓު ނުވަތަ ދާއިމަށް ގަނޑުވެފައިވާކަމަށް ބުނާ ސަރަހައްދަކީ އަނދިރި އިންތިހާ ފިނި އޮކްސިޖެން މަދުތަނެއްކަމަށްވުމުން އެތަނަކީ ހަލާކުވެގެންދާ ނުވަތަ ގުދުރަތީ މާއްދާތައް އެކުލެވޭ ތަކެތި ރައްކައުކުރުމަށް އެންމެ އެކަށީގެންވާ ފަދަ މާހައުލެކެވެ. އެހެންކަމުން އެތަނުގައި ޔޯގަޓް ފަދަ ތަކެތި 50،000 ވަރަަކަށް އަހަރުވަންދެން ތާޒާކަންމަތީގައި ދެމެހެއްޓޭނެކަމަށް ފާހަަގަކޮށްފައިވެއެވެ
ވަރަށް ގަދަ
24%ވަރަށް ގަދަ 8%ވަރަށް ގަޔާވޭ 12%ބޮޑު ޖޯކެއް 8%ހައިރާންވެއްޖެ 40%ވަރަށް ދެރަ 8%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: