ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މި އަހަރުގެ ފުރަތަމަ ދެ ހަފްތާގެ ދައުލަތުގެ ހަރަދަކީ 836 މިލިއަން ރުފިޔާ!

ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުން.
ޝެއާރކޮށްލާ ކަހަލަދޯ؟

ދައުލަތުގެ ހަރަދުގެ ގޮތުގައި މިއަހަރުގެ ފުރަތަމަ ދެ ހަފްތާއަށް ހިނގީ 836 މިލިއަން ރުފިޔާކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

މިނިސްޓްރީން އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި، މިމަހު 11 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތުގެ ޚަރަދު ވަނީ 836 މިލިޔަނަށް އަރާފައެވެ. މީގެ 75 އިންސައްތައަކީ ރިކަރަންޓް ޚަރަދެވެ. އަނެއް 25 ޕަސެންޓަކީ ކެޕިޓަލް ޚަރަދެވެ.

މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާ ބަލާއިރު، މިއީ މަދު އަދެދެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި 993.4 މިލިއަން ރުފިޔާ ކުރީ ސަރުކާރުން ވަނީ ޚަރަދުކޮށްފައެވެ. މި މުއްދަތުގައި ދައުލަތަށް ލިބިފައިވަނީ 474.7 މިލިއަން ރުފިޔާއެވެ. މިއަހަރު ލިބިފައިވަނީ 390.3 މިލިއަން ރުފިޔާއެވެ.

މީގެ ތެރެއިން 61 އިންސައްތައަކީ ޓެކްސް ފައިސާއެވެ. ޓެކްސްގެ ގޮތުގައި އެންމެ ބޮޑު އާމްދަނީއެއް ލިބުނީ މުދަލާއި ޚިދުމަތުން ނަގާ ޖީއެސްޓީންނެވެ. އެއީ 114.4 މިލިއަން ރުފިޔާއެވެ.

ފެބުރުއަރީ 4 އަކުން ފެބުރުއަރީގެ 11 އާއި ހަމައަށް ދައުލަތުން ވަނީ ނު އަނބުރާ ދެއްކުމަށް 312.3 މިލިއަން ރުފިޔާ ޚަރަދުކޮށްފައެވެ. އަދި ޕެންޝަނަށް 4.3 މިލިއަން ރުފިޔާއަށް ޚަރަދުކޮށްފައިވެއެވެ. ތައުލީމީ ދާއިރާއަށް 39.4 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު، ސަލާމަތީ ޚިދުމަތްތަކަށް 22.5 މިލިއަން ޚަރަދުކޮށްފައިވެއެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: