ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސިޔާސީ ގޮތުން ބާރުވެރިވުމަށް އެހީތެރިވީ އެއްވެސް މީހަކަށް މުއިއްޒު އިހުލާސްތެރިވެފައެއް ނެތް: މޫކޭ

އެމްޑީޕީގެ ގައުމީ މަޖިލިސް މެންބަރު، މޫސާ އަލި މަނިކު (މޫކޭ).
ޝެއާރކޮށްލާ ކަހަލަދޯ؟

ސިޔާސީ ގޮތުން ބާރުވެރިވުމަށް ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒަށް އެހީތެރިވީ އެއްވެސް މީހަކަށް އެމަނިކުފާނު އިހުލާތެރިވެފައި ނެތްކަމަށް އާރުޑީސީގެ ކުރީގެ މެނޭޖިންގ ޑައިރެކްޓަރ އަދި އެމްޑީޕީގެ ގައުމީ މަޖިލީޙުގެ މެމްބަރު މޫސާ އަލީ މަނިކު (މޫކޭ) ވިދާޅުވެއްޖެއެވެ.

އެމްޑީޕީއިން ގެންދަނީ ސިލްސިލާ ގޮތެއްގައި ހަރުގެ ޖަލްސާތަކެއް ބާއްވަމުންނެވެ. އެގޮތުން ރޭ ބޭއްވި ޖަލްސާގައި ވާހަަކަދައްކަވަމުން މޫސާ އަލީ މަނިކު ވިދާޅުވީ ރައީސް މުއިއްޒުގެ ސިޔާސީ ހަޔާތް ފެށީގެން މިހާ ހިސާބަށް އެ އައިރަށް ބަލައިފިނަމަ، އެމަނިކުފާނަކީ އިހުލާސްތެރިކަމުގެ ޒައްރެއްގެ މިންވަރުވެސް ހުރި މީހެއް ނޫންކަން އެނގިގެންދާނެކަމަށެވެ.

އަދާލަތު ޕާޓީގައި ހުންނަވާ ލިބިވަޑައިގެންނެވި މަގާމު ދިފާއު ކުރައްވަން އެމްޑީއޭއާއި ގުޅިވަޑައިގެންނެވިކަމަށާއި، ދެން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަން ނިމުމުން ޖުމްހޫރީ ޕާޓީއަށް ވަޑައިގެންނެވިކަމަށާއި، ޖުމްހޫރީ ޕާޓީގައި ހުންނަވަނިކޮށް މާލޭގެ މޭޔަރުކަމަށް އިއުލާން ކުރެއްވުމުން ޕީޕީއެމްއާއި ގުޅިވަޑައިގެންނެވީކަމަށް މޫސާ އަލީ މަނިކު ވިދާޅުވިއެވެ.

ރައީސް މުއިއްޒު އަމިއްލައަށް ޖެއްސެވި ހިސާބަކުން ރައީސް ޔާމީންއަށް އިންތިހާބުގައި ވާދަ ނުކުރެވޭނެކަން އެނގުމުން، ޕީއެންސީއަށް ޕާޓީ ބަދަލު ކުރެއްވީކަމަށް މޫސާ އަލީ މަނިކު ވިދާޅުވިއެވެ.

އަޅުގަނޑަށް އިނގޭ ޑރ މުއިއްޒު، ޑރ މުއިއްޒާއި އެންމެ ވައްތަރީ އެމަނިކުފާނު މާލެ ވަށާ އެ އެޅުއްވި ރިންގް ރޯޑާ. ދުވާ ޓްރެކާ، އެކި ފަހަރު އޮންނާނީ އެކި ގޮތަށް.

މޫސާ އަލީ މަނިކު ވިދާޅުވިއެވެ.

ރައީސް މުއިއްޒު ސިޔާސީ ގޮތުން ބާރުވެރިވާން އެހީތެރިވެދިން އެއްވެސް ފަރާތަކަށް، ޕާޓީއަކަށްވިއަސް އިހުލާސްތެރިވެފައި ނެތްކަމަށް ވިދާޅުވެ، މޫސާ އަލީ މަނިކު ފާހަގަކުރެއްވީ ރައީސް ޔާމީން މިނިވަން ކުރުމުގެ ވާހަކައެވެ. ކެމްޕެއިން ދުވަސްވަރު އެންމެ ބޮޑަށް ވިއްކި ސިޔާސަތަކީ އެއީ ނަމަވެސް މިހާރު ރާވަމުން ދަނީ ރައީސް ޔާމީން މިނިވަން ނުވާނެ ހުރިހާ ގޮތެއްކަމަށް މޫސާ އަލީ މަނިކު ވިދާޅުވިއެވެ.

ސަރުކާރުގެ އެއްވެސް ކަހަލަ ރޭވުންތެރިކަމެއް، ހަރުދަނާކަމެއް ނެތްކަމަށް ފާހަގަކުރެއްވިއެވެ.

އެމްޑީޕީގެ މި ޖަލްސާގައި އެންމެ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒު ކުރެއްވީ ކަނޑުއަޑީގެ ޓަނަލްއާއި ގުޅުވައެވެ. މާލެ އާއި ރަސްމާލެ ގުޅުވައިލައްވާނީ ކަނޑު އަޑިން އަޅާ ޓަނަލަކުން ކަމަށް ރައީސް މުއިއްޒު ވިދާޅުވީ މިދިޔަ ހޯމަ ދުވަހުއެވެ.

ރައީސް މުއިއްޒުގެ ސަބަބުން ދުނިޔޭން ބޭރުގައި ރާއްޖެ ލަދުގަންނަވާލައިފިކަމަށާއި، ދައުކަތުގެހައިބަތު ނުހިފަހައްޓާކަމަށް މޫސާ އަލީ މަނިކު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: