ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބައެއް ވަޒީރުންނަށް ރުހުން ނުދޭން ނިންމުމުން ސަރުކާރަށް ތާއިދު ކުރާ މެމްބަރުން ތަޅުމުގެ ނިޒާމުގެ ގެއްލުވައިލައިފި

ރައްޔިތުންގެ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ބައެއް ވަޒީރުންނަށް ރުހުން ނުދޭން ސަރުކާރާއި އިދިކޮޅު އެމްޑީޕީއާއި ދެ ޑިމޮކްރެޓްސްއިން ނިމުމާއި ގުޅިގެން ސަރުކާރަށް ތާއިދު ކުރާ މެމްބަރުން މަޖިލީހުގެ ތަޅުމުގެ ނިޒާމު ގެއްލުވައިލައިފިއެވެ.

ސަރުކާރަށް ދެ މަހެއްހާ ދުވަސް ވެގެން ދިޔައިރުވެސް، އަދި މިހާތަނަށް ވަޒީރުންނަށް ރުހުން ދީފައެއް ނުވެއެވެ. ކޮމިޓީގެ ނިންމުމަށްފަހު، މި މައްސަލަ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާ ކުރި ނަމަވެސް، ވުޒާރާތަކުގެ މެންޑޭޓު ރައީސް އޮފީހުން މަޖިލީހަށް ނުފޮނުވާ އޮތުމުން މައްސަލަަ ކުރިއަށް ނުގެންދެވުނެވެ.

އެއަށްފަހު މިއަދު ދައުރުން ބޭރުން ބޭއްވި ޖަލްސާއަށް މި މައްސަލަ އެޖެންޑާކޮށްފައިވާއިރު، ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއިން ވަނީ ވަޒީރުންނަށް ރުހުން ދޭން ފެންނަކަމަށް ނިންމާފައެވެ.

މި މައްސަލައިގައި ޑިމޮކްރެޓްސްއިން ބަޔާނެއް ނެރެ ބުނީ ޑިމޮކްރެޓްސް ބިނާވެގެންވާ އަސާސްތަކުގެ މައްޗަށް ބަލާއިރު އެ ޕާޓީން އިންތިހާއަށް ކަންބޮޑުވާ ސިޔާސަތުތަކެއް ރައީސް ޑރ މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ގެންގުޅުއްވައިކަމަށެވެ. އަދި އެގޮތަށް އަމަލު ކުރައްވަމުން ގެންދަވާކަން ފާހަގަކުރެވޭއިރު، މި ސަރުކާރުގެ ކެބިނެޓްގެ ބައެއް ވަޒީރުންނަށް ރުހުން ނުދިނުމަށް ދަ ޑިމޮކްރެޓްސްގެ ޕާލަމެންޓްރީ ގްރޫޕުގެ ބައްދަލުވުމުގެ މަޝްވަރާއަށް ފަހު އިއްތިފާގުން ވަނީ ނިންމާފައިކަމަށެވެ.

ރުހުން ނުދޭން ނިންމި ކަމަށް އަޑު ފެތުރިފައިވާ ވަޒީރުންނަކީ އެޓާނީ ޖެނެރަލް އަޝާމްއާއި ފޮރިން މިނިސްޓަރ މޫސާ ޒަމީރުއާއި އިސްލާމިކް މިނިސްޓަރ ޑރ މުހައްމަދު ޝަހީމް އަލީ ސައީދުގެ އިތުރުން ހައުސިން މިނިސްޓަރ ޑރ ހައިދަރުއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: