ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް މުއިއްޒުގެ ސަރުކާރުގެ ވަޒީރުންނަށް ރުހުން ދިނުމުގެ ޖަލްސާ މިރޭ ބާއްވަން ނިންމައިފި

ޜައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓު ބައްދަލުވުން--- ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ވަޒީރުންނަށް ރުހުން ދިނުމުގެ ޖަލްސާ މިރޭ ކުރިއަށް ގެންދަން ނިންމައި މެމްބަރުންނަށް ޖަލްސާގެ ނޯޓިސް ފޮނުވައިފިއެވެ.

ވަޒީރުންނަށް ރުހުން ދިނުމުގެ އިތުރުން މަޖިލިސް އިންތިހާބުގެ ތާރީޙް ފަސް ކުރުމަށް ބިލް ހުށަހެޅުމަށް ކުރިއަށް ގެންދިޔަ ޖަލްސާގެ ވޯޓު ނެގުމުގެ ކަންކަން ކުރިއަށް ނުގެންދެވި ޖަލްސާ މެދު ކަނޑާލަން ޖެހުނީ ސަރުކާރަށް ނިސްބަތްވާ މެމްބަރުން މަޖިލީހުގެ ތަޅުމުގައި އަޑުގަދަ ކޮށް ޖަލްސާގެ ނިޒާމް ގެއްލުވާލުމުންނެވެ.

ވަޒީރުންނަށް ރުހުން ދިނުމުގެ ވޯޓަށް އެހުމުގެ މަސައްކަތަށް ސަރުކާރަށް ތާއިދުކުރާ މެމްބަރުން ހުރަސް އެޅީ ބައެއް ވަޒީރުންނަށް ރުހުން ނުދިނުމަށް އިދިކޮޅު އެމްޑީޕީއާއި ދަ ޑިމޮކްރެޓްސްއިން ނިންމުމާއި ގުޅިގެންނެވެ.

ރުހުން ނުދޭން ދެ ޑިމޮކްރެޓްސްއިން ނިންމި ވަޒީރުންނަކީ ފޮރިން މިނިސްޓަރު މޫސާ ޒަމީރާއި ބަންޑާރަ ނައިބު އަހުމަދު އުޝާމް އާއި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަދި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދަށެވެ.

އެމްޑީޕީން ނިންމީ ފޮރިން މިނިސްޓަރު ޒަމީރަށް ރުހުން ދިނުމަށެވެ. ނަމަވެސް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދަށް ރުހުން ނުދޭން އެމްޑީޕީން ވަނީ ނިންމާފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: