ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތިނަދޫ ދެކުނު ދާއިރާގެ އެމްޑީޕީ ޓިކެޓު ޒިފްލީންއަށް!

މިދިޔަ ސަރުކާރުގެ ޖެންޑަރ މިނިސްޓްރީގެ ސްޓޭޓް ޒިފްލީން ހަސަން
ޝެއާރކޮށްލާ ކަހަލަދޯ؟

މިއަދު އޮތް އެމްޑީޕީގެ މަޖިލިސް ޕްރައިމެރީގައި ގދ. ތިނަދޫ ދެކުނު ދާއިރާއަށް ވާދަކޮށް މިދިޔަ ސަރުކާރުގެ ޖެންޑަރ މިނިސްޓްރީގެ ސްޓޭޓް ޒިފްލީން ހަސަން ޓިކެޓު ކާމިޔާބު ކުރައްވައިފި އެވެ.

މަޖިލިސް ޕްރައިމެރީގައި ޒިފްލީން ވާދަކުރީ، ގދ. ތިނަދޫ ދެކުނު ދާއިރާއަށެވެ. ބޮޑު އަޣުލަބިއްޔަތަކާއި އެކު ޒިފްލީނަށް ވަނީ 56 އިންސައްތަ ވޯޓު ލިބިވަޑައިގެންފަ އެވެ.

މިއަދުގެ އިންތިހާބުގައި ދެން ޓިކެޓު ކާމިޔާބު ކުރި ބައެއް ފާހަގަކުރެވޭ ބޭފުޅުންގެ ތެރޭގައި ހުޅުމާލެ ދެކުނު ދާއިރާއަށް، އާރުޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލި މަނިކު އަދި ކުރީގެ ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފްގެ އަނބިކަބަލުން ނަޒްރާ ނަސީމް އަދި ކުޅުދުއްފުށި އުތުރު ދާއިރާއަށް ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވަނީ ޓިކެޓު ކަށަވަރު ކުރައްވާފަ އެވެ.

މީގެއިތުރުން މިހާރު ވެސް މަޖިލިސް ތަމްސީލު ކުރައްވަމުން ގެންދަވާ ބައެއް މެމްބަރުންނަށް ނާކާމިޔާބީއާއި ކުރިމަތިލާން ޖެހުނުއިރު އޭގެ ތެރޭގައި ފޭދޫ އުތުރު ދާއިރާއަށް ވާދަކުރި އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ހިމެނެ އެވެ.

ވަރަށް ގަދަ
50%ވަރަށް ގަދަ 50%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: