ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީގެ ތަރުޖަމާނު އަނަސްއަށް ވެސް ޕްރައިމެރީގައި ނާކާމިޔާބު!

އެމްޑީޕީގެ ތަރުޖަމާނު އަނަސް އަބްދުއްސައްތާރު/ ފޮޓޯ: ސަން
ޝެއާރކޮށްލާ ކަހަލަދޯ؟

މިއަދު އޮތް އެމްޑީޕީގެ މަޖިލިސް ޕްރައިމެރީގައި ވާދަކުކޮށް، އެމްޑީޕީގެ ތަރުޖަމާނު އަނަސް އަބްދުއްސައްތާރަށް ނާކާމިޔާބުވެއްޖެ އެވެ.

ވިލިމާލެ ދާއިރާގެ ގޮނޑިއަށް ވާދަކޮށް އަނަސްގެ މައްޗަށް ކުރި ހޯދާފައި ވަނީ އަބްދުލް މަޖީދު މުއްޝަރަފެވެ. އޭނާއަށް 147 ވޯޓާއި އެކު ވޯޓުލީ މީހުންގެ 73 އިންސައްތަ ކާމިޔާބު ކުރެވުނެވެ. އަނަސްއަށް ލިބިފައި ވަނީ 53 ވޯޓެވެ.

މިއަދުގެ ޕްރައިމެރީގެ ނަތީޖާތަކަށް ބަލާއިރު، ބައެއް ބޭފުޅުން ބައްޔާއި ކުރިމަތިލާން ޖެހުނީ މަދު ވޯޓެއްގެ ފަރަގަކުންނެވެ.

ލާމަރުކަޒީ ގާނޫނަށް ގެނެވުނު އައު ބަދަލާއެކު 2021 ގައި ބޭއްވި ފުރަތަމަ ލޯކަލް ކައުންސިލް އިންތިހާބުގައި މާލޭގެ މޭޔަރުކަމަށް ވެސް އެމްޑީޕީގެ ޓިކެޓުގައި އަނަސް ވާދަކުރި އެވެ. އިންތިހާބުގެ ނާކާމިޔާބަށް ފަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަނަސް އައްޔަނު ކުރީ ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމަށެވެ.

ޓިކެޓު ގެއްލުނު ބައެއް މަޖިލިސް މެމްބަރުންގެ ތެރޭގައި ފޭދޫ އުތުރު ދާއިރާއަށް ވާދަލުކޮށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާއަށް ވަނީ ނާކާމިޔާބުވެފަ އެވެ.

މަޖިލިސް އިންތިހާބަށް އެމްޑީޕީން ވަނީ 40 ދާއިރާއަކުން ޕްރައިމެރީ ބާއްވާފަ އެވެ. އަދި ޕާޓީން ވަނީ މިހާރުގެ ގިނަ މަޖިލިސް މެމްބަރުންނަށާއި، މިދިޔަ ސަރުކާރުގެ ބައެއް އިސް މަގާމުތައް އަދާކުރި ފަރާތްތަކަށް ޓިކެޓު ދީފަ އެވެ.

އެމްޑީޕީގެ މަޖިލިސް ޕްރައިމެރީގައި، އިންތިހާބަށް ނިކުންނަން ޖެހުނީ 11 ކެންޑިޑޭޓުންނެވެ. އޭގެ ތެރެއިން އަށް ކެންޑިޑޭޓަކު ދާއިރާގެ ގޮނޑިއަށް ވާދަކުރަން ޓިކެޓު ކަށަވަރު ކުރިއިރު ނާކާމިޔާބުވީ ރޮޒެއިނާއާއި އެކު ކެލާ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފާއި، ކެޔޮދޫ ދާއިރާއަށް ވާދަކުކޮށް ހުސެއިން ގާސިމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: