ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކެންޑިޑޭޓުންނަށް ރައީސް ސޯލިހުގެ މަރުހަބާ، ވިދާޅުވީ ހުރިހާ މެމްބަރުން ގުޅި މަޖިލިސް ކާމިޔާބުކޮށްދޭން!

އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ސޯލިހް
ޝެއާރކޮށްލާ ކަހަލަދޯ؟

ދެން ކުރިޔަށް އޮތީ އެމްޑީޕީގެ ހުރިހާ މެމްބަރުން ވެސް ގުޅިގެން އެކުގައި މަސައްކަތްކޮށް މަޖިލިސް އިންތިހާބުގެ ބޮޑު މެޖޯރިޓީއެއް އެމްޑީޕީއަށް ކާމިޔާބު ކުރުންކަމަށް ޕާޓީގެ ރައީސް، އަދި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

މިއަދު އޮތް އެމްޑީޕީގެ މަޖިލިސް ޕްރައިމެރީގައި 40 ދާއިރާއަކުން ކެންޑިޑޭޓުން ވާދަކުރިއިރު ޕާޓީން ވަނީ ވަގުތީ ނަތީޖާތައް އިއުލާނުކޮށްފަ އެވެ. ފާހަގަކުރެވޭ ގިނަ ބޭފުޅުންތައް މަޖިލިސް ޕްރައިމެރީ ކާމިޔާބު ކުރިއިރު އންތިހާބަކަށް ނިކުންނަން ޖެހުނު މަޖިލީހުގެ 11 މެމްބަރުންގެ ތެރެއިން އަށް މެމްބަރަކު ޓިކެޓު ދިފާއު ކުރި އެވެ. އަދި އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމަށް ވަނީ ފޭދޫ އުތުރަށް ވާދަކުކޮށް ނާކާމިޔާބުވެފަ އެވެ.

ދެން ނާކާމިޔާބުވި ދެ ކެންޑިޑޭޓުންނަކީ ކެލާ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފާއު، ކެޔޮދޫ ދާއިރާގެ މެމްބަރު ގާސިމެވެ.

އިންތިހާބުގެ ނަތީޖާތަކާއި އެކު ޓިކެޓު ކަށަވަރު ކުރެވުނު ބޭފުޅުން އުފާފާޅު ކުރުމުގެ ހަރަކާތްތައް ގެންދާއިރު ރައީސް ސޯލިހު ވިދާޅުވީ އިންތިހާބު ދިޔައީ އެއްވެސް މައްސަލައެއް ނުޖެހި ވަރަށް އަމާންކަމާއި އެކުކަމަށާއި އެ އިންތިޒާމުތައް ހަމަޖެއްސި ޕާޓީގެ ބޭފުޅުންނަށް ޝުކުރު އަދާކުރާކަމަށެވެ.

ރައީސް ސޯލިހު ވިދާޅުވީ އަންނަ މަހު ބޭއްވުމަށް ހަމަޖެހިފައިވާ މަޖިލިސް އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރާނެ ކެންޑިޑޭޓުން ކަނޑައެޅުމަށް ބޭއްވި ޕްރައިމެރީ ދިޔައީ އިންސާފުވެރިކަމާއި އެކުކަމަށެވެ. އަދި އެ ހުރިހާ ކެންޑިޑޭޓުންނަށް ވެސް މަރުހަބާ ކިޔުއްވައި ރައީސް ސޯލިހު ވިދާޅުވީ މަޖިލިސް އިންތިހާބު ޕާޓީއަށް ކާމިޔާބު ކުރުމަށް ޕްރައިމެރީގައި ވާދަކުރި ހުރިހާ ކެންޑިޑޭޓުން ވެސް އެކުގައި މަސައްކަތް ކުރާނެކަމުގެ އުންމީދު ކުރާކަމަށެވެ.

މާޗު 17 ގައި ބާއްވާ އެމްޑީޕީން ޕްރައިމެރީއަކާއި ނުލައި ޓިކެޓު ދީފައި ވަނީ 46 ދާއިރާއަކަށެވެ. އިދާރީ ދާއިރާތަކަށް އައި ބަދަލާއި އެކު 20 ވަނަ މަޖިލީހަށް އިންތިހާބު ކުރާނީ 93 މެމްބަރުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 100%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: