ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަހިބަދޫ ދާއިރާގެ އެމްޑީޕީ ޓިކެޓު ޖާބިރުގެ ދަރިފުޅު މުއާޒްއަށް!

އަހުމަދު މުއާޒު އަބްދުﷲ ޖާބިރު
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލިސް – އެމްޑީޕީގެ ޕްރައިމެރީގައި އދ. މަހިބަދޫ ދާއިރާއަށް ވާދަކޮށް ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުގެ ދަރިފުޅު އަހުމަދު މުއާޒު އަބްދުﷲ ޖާބިރު ޓިކެޓު ކާމިޔާބުކޮށްފި އެވެ.

އެމްޑީޕީގެ ޕްރައިމެރީގައި ވާދަކޮށް، ޖާބިރު ވެސް ވަނީ ޓިކެޓު ކާމިޔާބުކޮށްފަ އެވެ.

މުއާޒު ވެސް ޓިކެޓު ކާމިޔާބުކޮށްފައި ވަނީ 100 އެއްހާ ވޯޓުގެ ބޮޑު ތަފާތަކުންނެވެ. އޭނާއަށް 234 ވޯޓު ލިބިވަޑައިގެންނެވި އިރު، އެންމެ ގާތުން ވާދަކުރި އަބްދުލް ޖަލީލަށް ލިބިފައި ވަނީ 132 ވޯޓެވެ. އަދި ބުންޔާމިން ހަސަންއަށް ލިބިފައި ވަނީ 96 ވޯޓެވެ.

މިއަދު އޮތް އިންތިހާބުގައި ޖާބިރު ޓިކެޓު ކާމިޔާބު ކުރީ 252 ވޯޓުންނެވެ. އޭނާއާއި އެންމެ ގާތުން ވާދަކުރި އަބްދުﷲ ރިފްއަތުއަށް ލިބުނީ 150 ވޯޓެވެ.

އެމްޑީޕީގެ ޓިކެޓުގައި ގިނަ ދާއިރާތަކަށް ޓިކެޓު ދީފައިވާތީ ޕްރައިމެރީ ބޭއްވީ 40 ދާއިރާއަކަށެވެ.

ޕްރައިމެރީގައި ވާދަކުރި 11 މަޖިލިސް މެމްބަރުންގެ ތެރެއިން، ދާއިރާގެ ޓިކެޓު އަށް ބޭފުޅަކު ދިފާއު ކުރިއިރު ތިން މެމްބަރަކަށް ވަނީ ނާކާމިޔާބުވެފަ އެއީ ކެޔޮދޫ ދާއިރާގެ މެމްބަރު ހުސެއިން ގާސިމާއި ފެދޫ އުތުރު ދާއިރާއަށް ވާދަކުރި މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމްގެ އިތުރުން ކެލާ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފެވެ.

ޕްރައިމެރީ ކާމިޔާބު ކުރި ފާހަގަކުރެވޭ ބައެއް އެހެން ކެންޑިޑޭޓުންނަކީ، ކުޅުދުއްފުށި އުތުރު ދާއިރާއަށް ކުރީގެ ޓޫރިޒަމް މިނިސްޓަރު އަދި އެމްޑީޕީގެ ޗެއާޕާސަންގެ މަގާމު ވެސް އަދާކުރި އަލީވަހީދާއި، ފުވައްމުލަކު ދެކުނު ދާއިރާއަށް ކުރީގެ މިނިސްޓަރު އަހުމަދު މަހުލޫފްގެ އަނބިކަބަލުން ނަޒްރާ ނަސީމް އަދި، މިދިޔަ ސަރުކާރު އެންމެ ބޮޑަށް ދިފާއުކޮށް މަސައްކަތް ކުރެއްވި އާރުޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު  މޫސާ އަލިމަނިކު (މޫކޭ) އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 40%ވަރަށް ގަޔާވޭ 60%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: