ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީ ޕްރައިމެރީއަކަށް ދިޔަ އަށް މެމްބަރަކަށް ކާމިޔާބު؛ ރޮޒެއިނާ ހިމެނޭހެން ތިން ކެންޑިޑޭޓަކަށް ނާކާމިޔާބު!

ގޮނޑި ދިފާއު ނުކުރެވުނީ ތިން މެމްބަރަކަށް، އަށް މެމްބަރަކަށް އެމްޑީޕީގެ ޓިކެޓު/ ފޮޓޯ: ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީ ތަމްސީލު ކުރައްވަމުން ގެންދަވާ ގިނަ މެމްބަރުން، އިތުރު ދައުރަކަށް ވާދަކުރުމަށް ޕާޓީގެ ޓިކެޓު ކަށަވަރުކޮށްފި އެވެ.

އަންނަ މަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް، އެމްޑީޕީން ވަނީ 93 ދައިރާއަކަށް ޕްރައިމެރީއަކާއި ނުލައި ޓިކެޓު ދީފަ އެވެ. އެ ޕާޓީން ބުނި ގޮތުގައި އެއީ އިތުރު ކެންޑިޑޭޓަކު ވާދަކުރުމަށް ފޯމު ހުށަހަޅާފައި ނުވާތި އެވެ. އޭގެ ތެރޭގައި މިހާރު ވެސް މަޖިލީހުގައި ތިބި ބައެއް މެމްބަރުންނާއި އެމްޑީޕީގެ ސަރުކާރުގެ ބައެއް މަގާމުތައް ފުރުއްވި ބޭފުޅުން ހިމެނެ އެވެ.

މިހާތަނަށް މަޖިލިސް ދާއިރާތަކުން ފަސް ދާއިރާއެއްގެ ކެންޑިޑޭޓުން އެމްޑީޕީން ހާމައެއް ނުކުރެ އެވެ. މީޑިއާތަކަށް ޕާޓީން ބުނެފައި ވަނީ ހުރިހާ ކެންޑިޑޭޓުންގެ ލިސްޓާއި އެކު އެ ދާއިރާތަކުގެ މައުލޫމާތު ވެސް ދޭނެކަމަށާއި އެކަމަކު އެއްވެސް ޕާޓީއަކަށް ގޮނޑިތައް ދޫކޮށްލުމުގެ އެއްބަސްވުމެއް ނެތްކަމަށެވެ.

އެމްޑީޕީ މަޖިލިސް ޕްރައިމެރީގައި ވާދަކޮށް މިއަދު ޓިކެޓު ކަށަވަރު ކުރީ ގއ. ވިލިނގިލި ދާއިރާއަށް ސައުދު ހުސެއިން، ބިލެތްދޫ ދާއިރާއަށް އަހުމަދު ހަލީމް (ދޮންބިލެތް)، ހަނިމާދޫ ދާއިރާއަށް އަބްދުލްޣަފޫރު މޫސާ (ގަޕޯ)، ވެލިދޫ ދާއިރާއަށް މުހައްމަދު އަބްދުﷲ ޝަފީގު، ކާށިދޫ ދާއިރާއަށް އަބްދުﷲ ޖާބިރު ހިމެނެ އެވެ.

ޓިކެޓު ކަށަވަރު ނުކުރެވުނު މެމްބަރުންނަކީ، ކެޔޮދޫ ދާއިރާގެ މެމްބަރު ހުސެއިން ގާސިމާއި ފެދޫ އުތުރު ދާއިރާއަށް ވާދަކުރި މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމްގެ އިތުރުން ކެލާ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފެވެ.

އެމްޑީޕީން އާންމު ކުރި ވަގުތީ ނަތީޖާތަކުގެ ލިސްޓު ދައްކާގޮތުން، ކެލާ ޝަރީފް ބަލިކޮށް ދާއިރާގެ ޓިކެޓު އަހުމަދު ގާލިބު ކާމިޔާބު ކުރީ 125 ވޯޓުންނެވެ. ޝަރީފަށް ލިބިފައި ވަނީ 122 ވޯޓެވެ.

ކެޔޮދޫ ދާއިރާއަށް ވާދަކޮށް ގާސިމަށް 106 ވޯޓު ލިބިވަޑައިގެންނެވި އިރު، ޓިކެޓު ކަށަވަރު ކުރި މުހައްމަދު ނިއުޝާދު ވަނީ 113 ވޯޓު ކާމިޔާބު ކުރައްވާފަ އެވެ.

ޕްރައިމެރީ ކާމިޔާބު ކުރި ފާހަގަކުރެވޭ ބައެއް އެހެން ކެންޑިޑޭޓުންނަކީ، ކުޅުދުއްފުށި އުތުރު ދާއިރާއަށް ކުރީގެ ޓޫރިޒަމް މިނިސްޓަރު އަދި އެމްޑީޕީގެ ޗެއާޕާސަންގެ މަގާމު ވެސް އަދާކުރި އަލީވަހީދާއި، ފުވައްމުލަކު މެދު ދާއިރާއަށް ކުރީގެ މިނިސްޓަރު އަހުމަދު މަހުލޫފްގެ އަނބިކަބަލުން ނަޒްރާ ނަސީމް އަދި، މިދިޔަ ސަރުކާރު އެންމެ ބޮޑަށް ދިފާއުކޮށް މަސައްކަތް ކުރެއްވި އާރުޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު  މޫސާ އަލިމަނިކު (މޫކޭ) އާއި، ތިނަދޫ ދެކުނު ދާއިރާއަށް ކުރީގެ ޑެޕިއުޓީ މިނިސްޓަރު ޒިފްލީނާ ހަސަން އަދި ހުޅުމާލެ މެދު ދާއިރާގެ ޓިކެޓު ކާމިޔާބު ކުރި ފޮރިން މިނިސްޓްރީގެ ކުރީގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރު ސަފާތު އަހުމަދު ޒާހިރެވެ.

ވޯޓުލުން ކުރިޔަށް ދިޔަ ސަރަހައްދުތަކަށް ވަޑައިގެން، އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ ކުރިޔަށް އޮތް މަޖިލިސް އިންތިހާބުގެ ބޮޑު އަޣުލަބިއްޔަތެއް އެމްޑީޕީއަށް ލިބޭނެކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށެވެ.

މީގެއިތުރުން

ޕްރައިމަރީއަކާނުލައި ހޮވުނު މެމްބަރުންނަކީ:
ހޯރަފުށި ދާއިރާގެ މެމްބަރު އަހުމަދު ސަލީމް
އިހަވަންދޫ ދާއިރާ އަށް މުހައްމަދު އާރިފް
ވައިކަރަދޫ ދާއިރާއަށް ހުސައިން ޒިޔާދު
މަކުނުދޫ ދާއިރާއަށް މުހައްމަދު ރާއީ
މިލަންދޫ ދާއިރާއަށް އަލީ ރިޒާ
ފުނަދޫ ދާއިރާއަށް މުހައްމަދު ޝާހިދު
ހޮޅުދޫ ދާއިރާ އަށް އަހުމަދު ފާތިހް
ދުވާފަރު ދާއިރާއަށް އިސްމާއިލް އަހުމަދު
ތުޅާދޫ ދާއިރާއަށް މުހައްމަދު ޝަފީގު
ހިންނަވަރު ދާއިރާއަށް ޖީހާން މަހްމޫދު
މާފުށި ދާއިރާއަށް މުހައްމަދު ލުތުފީ
ތުލުސްދޫ ދާއިރާއަށް އިބްރާހިމް އަމީރު
މާމިގިލި ދާއިރާ އަށް އަލީ އަމީޒް
ދިއްގަރު ދާއިރާއަށް އިކްރާމް ހަސަން
މީދޫ ދާއިރާ އަށް އިޔާސް އިސްމާއިލް ލަތީފް
ގުރައިދޫ ދާއިރާއަށް ހަސަން ޝިނާން
ފޮނަދޫ ދާއިރާއަށް ހުސައިން އަބޫބަކުރު
ދާންދޫ ދާއިރާއަށް ޔައުގޫބު އަބްދުﷲ
ގެމަނަފުށި ދާއިރާ އަށް އަހުމަދު ސައިދު
ކޮލަމާފުށި ދާއިރާއަށް ސައްޔާހް ހަލީލް
ތިނަދޫ އުތުރު ދާއިރާއަށް އަހުމަދު ގައިސް
ފަރެސްމާތޮޑާ ދާއިރާ އަށް އަހުމަދު ޒައީމް
ގައްދޫ ދާއިރާއަށް އަހުމަދު ސައީދު މުހައްމަދު
ފުވައްމުލަކު މެދު ދާއިރާއަށް ހުސައިން މުހައްމަދު ދީދީ
ހިތަދޫ އުތުރު ދާއިރާއަށް މުހައްމަދު އަަސްލަމް
ހިތަދޫ ދެކުނު ދާއިރާއަށް އިބްރާހިމް ނާޒިލް
މެދު ހެންވޭރު ދާއިރާއަށް އިބްރާހިމް އަލީ ޖަލީލް
ހެންވޭރު ދެކުނު ދާއިރާއަށް ހުސައިން ޝަމީމް
ގަލޮޅު އުތުރު ދާއިރާއަށް މުހައްމަދު އިބްރާހިމް
ގަލޮޅު ދެކުނު ދާއިރާއަށް މީކާއިލް އަހުމަދު ނަސީމް
މައްޗަންގޯޅި އުތުރު ދާއިރާއަށް ޟިރުޣާމް ވަހީދު
މައްޗަންގޯޅި ދެކުނު ދާއިރާ އަށް އަބްދުﷲ ސިނާން
މާފަންނު ހުޅަނގު ދާއިރާ އަށް މުހައްމަދު ފަލާހް
މާފަންނު މެދު ދާއިރާ އަށް އަހުމަދު އާމިރު
މާފަންނު ދެކުނު ދާއިރާއަށް ހަސަން އިއާދު ސަލީމް
މައްޗަންގޯޅި މެދު ދާއިރާއަށް އަކްރަމް ކަމާލުއްދީން
ކަނޑިތީމު ދާއިރާއަށް އަމީން ފައިސަލް
އިނގުރައިދޫ ދާއިރާއަށް ސަލީމް ހުސައިން
ހުރާ ދާއިރާއަށް ޝާތިރު އަބްދުއްރަހްމާން
ދަނގެތި ދާއިރާއަށް ރުގިއްޔާ މުހައްމަދު
މުލަކު ދާއިރާއަށް މޫސާ ޝީޔާމް އަބްދުއްރަހްމާން
 ގަމު ދާއިރާއަށް އަބްދުﷲ ޝަރީފު
ވަރަށް ގަދަ
67%ވަރަށް ގަދަ 17%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 17%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: