ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޒުވާނުންގެ ތެރޭގައި ބޯޓޮކްސްއާއި ފިލާޒް އާންމުވަމުންދާކަމުގެ ކަންބޮޑުވުން!

ކޮސްމެޓިކް ހިދުމަތެއް ލިބިގަތުމުގެ ތެރެއިން: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

މޫނުގެ ހަންގަނޑު އޮމާންކުރުން ފަދަ ކަންކަމަށް ބޭނުންކުރާ ކޮސްމެޓިކް ބޭހެއްކަމަށްވާ ބޯޓޮކްސް ބޭނުންކުރުން ޒުވާނުންގެ ތެރޭގައި އިތުރުވަމުން އަންނަކަމަށް ކަމާއިބެހޭ މާހިރުން ބުނެފިއެވެ.

މީޑިއާތަކުން ރިޕޯޓުކުރާގޮތުން ކޮސްމެޓިކް ބޭސްވެރިކަމުގެ މާހިރުންވަނީ ބާރުގަދަ ބޭހެއްކަމަށްވާ ބޯޓޮކްސް އުމުރުން 20 އަހަރާއި ގާތުގެ ޒުވާނުންގެ ތެރޭގައި ބޭނުންކުރުން ކޮވިޑް19ގެ ދުވަސްވަރު އިތުރުވެގެން އައިސްފައިވާކަމުގެ އިންޒާރުތައް ދީފައެވެ. އެގޮތުން ޒޫމް މީޓިންގްތައް ގިނަވުމުންނާއި ޕެންޑެމިކްގެ ތެރޭގައި މޭކްއަޕް ބޭނުންކުރާ މިންގަނޑުތައް މަދުވެ އަސްލު ސޫރަ ފެންނަ މިންގަނޑުތައް ގިނަވުމުން ނަފްސުގެ އައިބުތައް ހުރިކަން ފުރަތަމަ ފަހަރަށް ފާހަގަކުރެވިގެންދިޔަކަމަށް ގިނަ ބަޔަކު ހާމަކުރިކަމަށާއި، އެކަންކަމަށް ހައްލު ހޯދުމުގެ ގޮތުން ބޯޓޮކް އަދި ފިލާސް ބޭނުންކުރަން ފެށިގެންދިޔަކަމަށް ބުނެފައިވެއެވެ.

މީޑިއާތަކާއި މައުލޫމާތު ހިއްސާކުރެއްވި ޑރއަކު ބުނެފައިވާގޮތުން އަހަރަކުން އަހަރަކަށް ބޯޓޮކްސްޖެހުން ފަދަ ހިދުމަތްތައް ލިބިގަންނަމުންދާ މީހުންގެ އުމުރު ފުރާ އަންނަނީ ދަށްވަމުންނެވެ. އަދި މިވަގުތު އުމުރުން 20 އަހަރާއި ގާތުގެ މީހުން ގިނަ އިރު، ކުރިއަށް އޮތްތާނގައި އެއަށްވުރެވެސް ދަށްވުން އެކަށީގެންވާކަމަށް ބައެއް ފަރާތްތަކުން އަންދާޒާކޮށްފައިވެއެވެ

ކޮސްމެޓިކް ހިދުމަތްތައް ދިނުމުގައި ފުންނާބު އުސް ކުންފުންޏެއްގެ ސީއީއޯ މީޑިއާތަކާއި ހިއްސާކުރިގޮތުން، ޒޫމް މީޓިންގްތައް ގިނަވެގެންދިއުމާއިއެކު ކޮސްމެޓިކް ދާއިރާއަށް އާންމުންގެ ތެރޭގައި އޮތް ޝައުގުވެރިކަމާއި އެފަދަ ހިދުމަތްތައް ލިބިގަންނަމުންދިޔަ މިންވަރުތައް ޔަގީނުންވެސް ގިނަވެގެންދިޔައެވެ. އަދި މިހާރު ވީޑިއޯ ކޯލްކުރުމަކީ ސޯޝަލްމީޑިއާ އެޕްތައް ބޭނުންކުރާ ގިނަ އަދަދެއްގެ މީހުން ކުރާ ކަމެއް ކަމަށްވުމުންވެސް އެ ޝައުގުވެރިކަން ކުރިއަށްވުރެވެސް އިތުރުވުމަށް ދިމާވެފައިވާކަމަށް މިފަދަ ކަންކަން ދިރާސާ ކުރާ ބައެއް ފަރާތްތަކުން ފާހަގަކުރެއެވެ.

ސިއްހީ މާހިރަކު ހިއްސާކޮށްފައިވާގޮތުން ބޯޓޮކްސް ޖެހުން އިތުރުވެގެންދިއުމުގެ މައްސަލަކައަކީ ޕެންޑެމިކްގެ ކުރިންވެސް އުފެދި މަޑުމަޑުން ބޮޑުވަމުން އައިސްފައިވާ މައްސަލައެކެވެ. އަދި އޭނާ ހިދުމަތް ދޭ ކްލިނިކަށް ޒިޔާތްކުރާ މީހުންގެ އުމުރު ކުޑަވަމުންދާތާ އޭރުވެސް ހަތަރު އަހަރުވެފައިވާކަމަށާއި އެއީ ސޯޝަލްމީޑިއާގެ ސަބަބުން އުފެދިގެންދިޔަ މައްސަލައެއްކަމަށް ބުނެފައިވާއިރު ސިފަ ބަދަލުވެގެންދާ ފަދަ ފިލްޓަރުތައް ބޭނުންކުރުން އެކަމުގައި ބޮޑު ރޯލެއް އަދާކުރާކަމަށް ބުނެފައިވެއެވެ.

އޭނާ ހިއްސާކުރިގޮތުން، އިންސްޓަގްރާމް ފިލްޓަރު ލައިގެން ހަދާފައިވާ ފޮޓޯތައް ޕްރިންޓުކޮށްގެން ގިނަ އަދަދެއްގެ މީހުން ހިދުމަތް ލިބިގަތުމަށް ޒިޔާތްކުރެއެވެ. އަދި ފޮޓޯއިން ފެނިގެންދާ ގޮތަށް ފިލަރާއި ބޯޓޮކްސް ބޭނުންކޮށް މޫނު ފަރުމާކުރުމަށް އެދޭކަމަށްވެސް ހިއްސާކޮށްފައިވާއިރު، ލިބިގަންނަ ހިދުމަތްތަކުގެ ތެރޭގައި ތުންފަތް އޮމާންކުރުމާއި ކޯބޮޑުކުރުން އަދި ޖޯލައިންގެ ޝޭޕަށް ބަދަލުތައް ގެނައުންވެސް ހިމެނޭކަމަށް ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: