ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސެނަގާލްގެ ރިޔާސީ އިންތިހާބު މުއްދަތެއް ނެތި ފަސްކޮށްފި

ސެނަގާލްގެ ރައީސް މެކީ ނޫސްވެރިންގެ ބައްދަލުވުމެއްގަައި: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ފެބްރުއަރީ 25 ވަނަ ދުވަހު ބޭއްވުމަށް ކަނޑައެޅިފައިވާ ސެނެގާލްގެ ރިޔާސީ އިންތިހާބު މުއްދަތެއްވެސް ނުދީ ފަސްކުރުމަށް އެ ގައުމުގެ ރައީސް މެކީ ސޯލް ނިންމަވައިފިއެވެ.

މީޑިއާތަކުން ބުނާގޮތުން ސެނެގާލްގެ ރައީސް މެކީގެ ނުފޫޒާއިއެކު އިންތިހާބު ފަސްކުރެވިފައިވާކަން ހާމަވެގެންދިޔައީ އޭނާ ގައުމީ ޓީވީގައި އެކަން އިއުލާނުކުރެއްވުމުންނެވެ. މެކީ ހާމަކުރެއްވިގޮތުން އިންތިހާބީ ބައެއް މައްސަލަތައް ކުރިމަތިވެފައިވުމާއިއެކު އޭނާވަނީ ގުޅުންހުރި ގާނޫނުތައް އުވާލާފައެވެ. އަދި އެ އިންތިހާބީ މައްސަލަތަކުގެ ސަބަބުން އާންމުންގެ ތެރޭގައި ބައިބައިވުންތައް އުފެދިގެންދިއުމުގެ ފުރުސަތު އޮތްކަމަށްވެސް ހިއްސާކޮށްފައިވެއެވެ.

މީޑިއާތަކުން ބުނާގޮތުން މެކީ މި ފިޔަވަޅު އަޅުއްވާފައިވަނީ އިންތިހާބު ބާއްވަން ތިން ހަފްތާއަށް ވެފައިވަނިކޮށްކަމަށާއި، މީގެ ކުރިން އެއްވެސް ފަރާތަކުން އިންތިހާބެއް ފަސްކޮށްފައިނުވާކަމަށްވެސް ބުނެފައިވެއެވެ. އަދި އިންތިހާބު ފަސްކޮށްފައިވަނީ ކޮން ތާރީހަކަށްކަންވެސް މެކީ ހާމަކުރައްވާފައިނުވާއިރު މިކަމުގެ ސަބަބުން ގާނޫނީ ބޮޑު މައްސަލައެއް ކުރިމަތިވެގެންދާކަމަށާއި މިއީ ސަރުކާރުން ބަގާވާތެއްކުރުން ފަދަ އަމަލެއްކަމަށް މެކީ އާއި އިދިކޮޅު ފަރާތްތަކުން ބުނާކަމަށްވެސް ރިޕޯޓުތަކުގައިވެއެވެ.

މި މައްސަލަ ކޯޓަށް ހުށައަޅާނެކަމަށް ބައެއް އިދިކޮޅު ފަރާތްތަކުން ވައުދުވެފައިވާއިރު، ދިގުދެމިގެންދާނެ ޝަރީއަތްތަކެއް ފެނިގެންދިއުމާއި ޑިމޮކްރެޓިކް ނިޒާމުގެ ތެރޭގައި ކިލަނބުކަމެއް އުފެދިގެންދިއުންފަދަ ކަންކަން ކުރިމަތިވެގެންދާނެކަމަށް މަސްރަހު ދިރާސާކުރާ ބައެއް ފަރާތްތަކުން ބުނަމުންދާކަން ފާހަަގަކުރެވެއެވެ. އަދި މި ނިންމުމަކީ އެ ގައުމުގެ އިންތިހާބުގައި ބައެއް މީހުންނަށް ވާދަނުކުރެވޭނެކަމަށް މަޖިލީހުން ނިންމި ނިންމުމަށްފަހު ފެންމަތިވެފައިވާ މިފަދަ މައްސަލަ ކަމަށްވެސް މީޑިއާތަކުން ފާހަގަކުރެއެވެ.

އެހެންނަމަވެސް މިހާރު މި ފެންމަތިވަމުންދާ މައްސަލަތަކުގެ ސަބަބުން އެ ގައުމުގެ އިންތިހާބުތަކުގެ ސައްހަކަމާއިމެދު ސުވާލު އުފެދި އިންތިހާބުގެ ކުރިންނާއި ފަހުންވެސް ބޮޑެތި ހަމަނުޖެހުންތައް އުފެދިގެންދިއުމުގެ ފުރުސަތު ފަހިވެގެންދާނެކަމަށްވެސް އަންދާޒާކޮށްފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: