ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިމްރާން ހާންގެ ކައިވެނި ސައްހަ ނޫންކަމަށް ބުނެ އިތުރު ޖަލު ހުކުމެއް!

އިމްރާން ޚާން އަދި އަނބިމީހާ ބުޝްރާ: ފޮޓޯ/ަ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ގާނޫނާއި ހިލާފަށް އިނދެގެން އުޅުންކަމަށް ބުނެ ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާންއާއި އޭނާގެ އަނބިމީހާ ބުޝްރާ ޚާންގެ މައްޗަށް ހަތް އަހަރުގެ ޖަލު ހުކުމެއް ކޮށްފިއެވެ.

ބައިނަލްއަގުވާމީ މީޑިއާތަކުން ބުނާގޮތުން ގިނަ ގާނޫނީ ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ އިމްރާން ޚާންއަށް މި ފަހުން ކުރިމަތިވެފައިވާ އެންމެ ބޮޑު އައު ގޮންޖެހުމަކީ އެ ގައުމުގެ ސަރުކާރުން އޭނާގެ ކައިވެނީގެ ސައްހަކަމާއިމެދު ސުވާލު އުފެއްދުމެވެ. އެގޮތުން އެ ގައުމުގެ ކޯޓަކުންވަނީ އޭނާ އަދި އޭނާގެ އަނބިމީހާ ބުޝްރާ 2018 ވަނަ އަހަރު ކޮށްފައިވާ ކައިވެނި ސައްހަ ނޫންކަމަށް ކަނޑައަޅައި ޖޫރިމަނާކުރުމުގެ އިތުރުން ޖަލަށް ލުމަށް ވެސް ހުކުމް ކޮށްފައެވެ.

އިމްރާން ނިސްބަތްވެވަޑައިގަންނަވާ ޕާޓީއިން މީޑިއާތަކާއި ހިއްސާކުރިގޮތުން މިއީ މި ފަހުން އޭނާގެ މައްޗަށް ކުރި ތިން ވަނަ ހުކުމެވެ. އަދި ހުކުމްތައް ކުރަމުންދަނީ އިންތިހާބީ ދުވަސްވަރާއި ގާތުންކަމަށްވުމުން މިހާރު ބައިވެރިވުމުން ފުރުސަތު ގެއްލިފައިވާކަމަށް ބުނެައިވެއެވެ. އިމްރާންގެ މައްޗަށް ކޮށްފައިވާ ހުކުމްތަކަށް ބަލާއިރު ގައުމީ ސިއްރުތަކެއް ހާމަކުރި މައްސަލައިގައި 10 އަހަރުގެ ހުކުމެއް ކޮށްފައިވާއިރު ދައުލަތަށް ލިބިފައިވާ ބައެއް ހަދިޔާތައް ވިއްކާލި މައްސަލައިގައި އޭނާ އަދި އަނބިމީހާގެ މައްޗަށް 14 އަހަރުގެ ހުކުމެއް ކޮށްފައިވެއެވެ. އިމްރާންގެ ވަކީލުންވަނީ އެ ތިން މައްސަލަވެސް އިސްތިއުނާފުކުރާނެކަން މީޑިއާތަކަށް ކަށަވަރުކޮށްދީފައެވެ.

އިމްރާންގެ ޕާޓީ ” ޕާކިސްތާން ތާރީހޭ އިންސާފު” ނުވަތަ ޕީޓީއައި އިންބުނެފައިވާގޮތުން އިމްރާންގެ މައްޗަށް ކޮށްފައިވާ ހުކުމްތައް ތަންފީޒުކުރެވިގެންދާނީ އެއްކޮށްކަމެއް ސާފުނުވާއިރު އޭނާގެ އަނބިމީހާ ހުކުމް ތަންފީޒުކުރަމުންދާނީ އިސްލާމް އާބާދުގައި ހުންނަ ހިލް ޓޮޕް މެންޝަންއެއްގައިކަމަށާއި މިހާރުވެސް އިމްރާން އެއްވެސް އާންމު މަގާމެއް ފުރުއްވުމުން 10 އަހަރަށް ޑިސްކޮލިފައި ކުރެވިފައިވާއިރު އައު މައްސަލަތަކުގެ ޝަރީއަތްތައްވެސް ކުރެވިގެންދަނީ އަވަސް އަރުވާލައި އެއްވެސް ހަމައެއް ނެތް ގޮތެއްގެ މަތިންކަމަށްވެސް ބުނެފައިވެއެވެ

ވަރަށް ގަދަ
0%ވަރަށް ގަދަ 50%ވަރަށް ގަޔާވޭ 50%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: