ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސްވިޒަލޭންޑުގައި ޓްރެކްޓަރު ބޭނުންކޮށްގެން މުޒާހަރާކޮށްފި!

ސްވިޒަލޭންޑުގައި ކުރި މުޒާހަރާގެ މަންޒަރެއް: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ތަކެތި އުފެއްދުމުގެ ހަރަދުތައް ބޮޑުވެގެންދާއިރު، އުފެއްދުންތަކުގެ އަގުތައް ކުޑަވުމުން ނުރުހުން ފާޅުކޮށް ސްވިޒަލޭންޑްގެ ދަނޑުވެރިން އެ ގައުމުގެ ދެވަނަ އަށް އެންމެ ބައިބޯ ސަރަހައްދުކަމަށްވާ ޖެނީވާގައި މުޒާހަރާކޮށްފިއެވެ.

މީޑިއާތަކުން ބުނާގޮތުން ތަކެތީގެ އަގުތައް ބޮޑުވުމުގެ މައްސަލައާއި އުފެއްދުންތަކަށް އެކަށީގެންވާ އަގެއް ނުލިބޭ މައްސަަލައިގައި ދަނޑުވެރިން ދަނީ މުޅި ޔޫރަޕުގައިވެސް މުޒާހަރާތައް ކުރަމުންނެވެ. އަދި ސްވިސް ދަނޑުވެރިންތަކެއް ޓްރެކްޓަަރުތަކެއް ބޭނުންކޮށްގެން ކުރިއަށް ގެންދިޔަ މި މުޒާހަރާއަކީ އެ ހަރަކާތާއި ގުޅިފައިވާ މަސައްކަތްތަކެއްކަމަށްވެސް ފާހަގަކޮށްފައިވެއެވެ.

މި މުޒާހަރާއިގައި 30 ވަރަކަށް ޓްރެކްޓަރު ބޭނުންކޮށްފައިވާއިރު، ޖެނީވާއަށް އެއްވެފައިވަނީ ސްވިޒަލެންޑުގެ އެކި ސަރަހައްދުތަކަށް ނިސްބަތްވާ ދަނޑުވެރިންނެވެ. އަދި އެ މީހުން ތިބީ “ދަނޑުވެރިކަމުގެ ދާއިރާ ނެތިއްޖެ ހާލަތެއްގައި ތިމީހުން ބަނޑަށް ޖެހޭނެ” ފަދަ ޝިޔާރުތައް ލިޔެފައިވާ ބޯޑުތައްވެސް ހިފައިގެންކަމަށް ބުނެފައިވެއެވެ. މީޑިއާތަކަށް މައުލޫމާތު ދިން މުޒާހަރާގެ ބައިވެރިއެއް ހިއްސާކުރިގޮތުން މިހާރު ފެންމަތިވެފައިވާ މައްސަލަތަކުގެ ސަބަބުން އުފެދިފައިވާ އެންމެ ބޮޑު ކަންބޮޑުވުމަކީ ސްވިޒަލޭންޑްގައި ދަނޑުވެރިކަން ކުރުން އެއްކޮށް ހުއްޓާލަންޖެހުމެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: