ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބާރުތައް ވަކިވުމުގެ ހަގީގީ މަފްހޫމް ގެއްލި އެއް ބާރުން އަނެއްބާރަށް ނުފޫޒު ފޯރުވަނީތަ؟

ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހި ދައުލަތުގެ ބާރުތަކަކީ ތިން ބަޔަކަށް ބެހި ވަކި ކުރެވިފައިވާ ނިޒާމެކެވެ. ގާނޫނު ހެދުމުގެ ބާރާއި ވެރިކަން ހިންގުމުގެ ބާރާއި އަދި އަދުލު އިންސާފު ގާއިމްކުރުމުގެ ބާރަކީވެސް އެ ކަނޑައެޅިފައިވާ އިހުތިސާސްތަކުގެ ހުދޫހު ފަހަނައަޅައި ނުދެވޭނެ ބާރުތަކެވެ. އެހެންކަމުން ބާރުތައް ވަކިވުމުގެ ހަގީގީ މަފްހޫމަކީ އެއް ބާރުން އަނެއް ބާރުގެ މައްޗަށް ނުފޫޒު ނުފޯރުވޭފަދަ ގޮތަކަށް ބާރުތަކުގެ މެދުގައި އެއްބާރުލުމާއި ފާރަވެރިވުން ކަން 2010 ވަނަ އަހަރު ސުޕްރީމް ކޯޓުން ނެރުނު ހުކުމް ވެސް ސާފުވެގެން ދެއެވެ.

މި ދައުލަތުގެ އެންމެ އަސާސީ ސިފައަކީ އަދި ގާނޫނުއަސާސީވެސް ތަސައްވުރު ކޮށްދެނީ ދިވެހި ދައުލަތުގެ ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިންކަމެވެ. އަދި އެބާރުތައް ރައްޔިތުންގެ ފަރާތުން މަތިކުރެވިފައިވަނީ ގާނޫނުއަސާސީއިން އެކަށައަޅާފައިވާ ތިން ބާރުގެ މައްޗަށެވެ. މީގެއިތުރުން ގާނޫނުއަސާސީން އުފައްދާފައިވާ މުއްސަސާތަކަކީވެސް އެ މުއައްސަސާތަކުގެ މިނިވަންކަމާއި މުސްތަގިއްލުކަން ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ ތަންތަނެވެ. މި ބާރުތަކާއި މުއައްސަސާތައް ތަރުތީބުވެފައިވަނީވެސް އެއްބާރުން އަނެއް ބާރަށް އަދި މިނިވަން މުސްތަގިއްލު މުއައްސަސާތަކަށްވެސް އެއްވެސް ނުފޫޒެއް ނުފޯރުވޭނެ ގޮތުގެ މަތިންނެވެ.

ގާނޫނުއަސާސީ ތަބާވަނީ ރިޔާސީ ނިޒާމާއި ބަރުލަމާނީ ނިޒާމުގެ ސިފަތަކާ މަސްހުނިވެފައިވާ ހައިބްރިޑް ނިޒާމަކަށެވެ. ދިވެހި ދައުލަތުގެ ހިންގުމުގެ ނިޒާމަށް ބުރޫއަރާފާނެ ހުރިހާ ކަންކަމުން ދުރުވުމަށްޓަކައި ދައުލަތުގެ އެންމެހާ ބާރުތަކާއި، ހުރިހާ މުއައްސަސާތަކުން ގާނޫނުއަސާސީއަށާއި ގާނޫނުގެ ހަމަތަކަށް އިހުތިރާމްކުރުމަކީ މުހިންްމު ކަމެކެވެ.

މިއީ ގާނޫނުއަސާސީއާއި ބާރުތައް ވަކިވުމުގެ މަފްހޫމެވެ. އަދި ބާރުތައް ވަކި ކުރެވިފައިވަނީ މުހިންމު އަސާސްތަކެއްގެ މައްޗަށް ބިނާކޮށްކަމެވެ. އެހެންނަމަވެސް ގާނޫނުއަސާސީގައި ވަކިގޮތަކަށް އަމަލުނުކުރުމަށް އޮތްއިރު ފެނިގެންދަނީ އެއްބާރުން އަނެއްބާރުގެ މައްޗަށް ނުފޫޒާ ގަދަބާރު ދައްކަން އުޅޭ މަންޒަރެވެ. މިއަދު ދައްކުވައިދޭން އުޅޭ މަންޒަރަކީ ބާރުތައް ވަކިކުރެވިފައި ވަނީ ހަމައެކަނި ގާނޫނުއަސާސިގައި ކަމެވެ. ނުފޫޒުގެ ވިހަ އެންމެ ބޮޑަށް އެތަނަކަށް ވަދެފައިވަނީ ވަކި ކުރެވިފައިވާ ބާރުތަކަަށްނޫނެވެ. ގާނޫނު އަސާސީގައި މިއަދު މިނިވަންކަމަށް ބުނެ ދެލިކުރެވިފައިވާ މުސަތަގިއްލު މުވައްސަސާތަކަކީވެސް ހާގީގީ މާނައިގައި މިނިވަން ތަންތަން ތޯ މީއީ އުފެދޭ ސުވާލެކެވެ.

ކޮމިޝަންތަކާއި މަގާމްތަކުގެ ތެރެއިން މުސްތަގިއްލު ކަމަށް 6 ކޮމިޝަނެއް ގާނޫނުއަސާސީގެ ހަތްވަނަ ބާބުގައި ބަޔާންކޮށްފައިވެއެވެ. އެއީ ޖުޑިޝަލް ސާވިސް ކޮމިޝަނާއި، އިލެކްޝަންސް ކޮމިޝަނާއި، ސިވިލް ސާވިސްކޮމިޝަނާއި، ހިއުމަން ރައިޓްސް ކޮމިޝަނާއި، އެންޓި-ކޮރަޕްޝަން ކޮމިޝަނާއި އަދި އޮޑިޓަރ ޖެނެރަލް އެވެ. މީގެތެރެއިން ނުފޫޒު ނުވަންނަ ކޮމިޝަނަކީ ނުވަތަ މަގާމަކީ ކޮބާކަން ބުނުން ވެސް ވާނީ އުނދަގޫ ކަމަކަށެވެ.

މިއަދު ޖޭއެސްސީއަށް ބެލިޔަސް ހަގީގީ މާނައިގައި މިނިވަންކަން ނުވަތަ ނުފޫޒުން އެއްކިބާވެފައިވާ ތަނެއްކަން ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާވެސް ގަބޫލުނުކުރައްވައެވެ. އަދި މިވީއެއްވެސް އަހަރެއްގައި އެއީ ނުފޫޒުން ވަކިކުރެވިފައިވާ ތަނެއް ކަމަށް އެއްވެސް ވެރިއަކު ގަބޫލު ނުކުރައްވާ ކަމުގެ ހެއްކަކީ ކޮންމެ ވެރިއަކުވެސް ޖޭއެސްސީ އިސްލާހުކޮށް ނުފޫޒުން އެއްކިބާ ކުރައްވާނެ ކަމަށް ވައުދުވެވަޑައިގެންނެވުމެވެ.

ދެން ދައްކަން އޮތީ ވަކި ކުރެވިފައިވާ ބާރުތަކުގެ ވާހަކައެވެ. ގާނޫނުއަސާސީގައި ބާޔަންވެފައިވާ ގޮތުގެމަތިން ގާނޫނު ހެދުމުގެ އެންމެހައި ބާރުތައް ލިބިގެންވަނީ ރައްޔިތުންގެ މަޖިލީހަށެވެ. ވެރިކަން ހިންގުމުގެ ބާރު ލިބިގެންވަނީ ރައީސުލްޖުމްހޫރިއްޔާއަށެވެ. އަދި އަދުލު އިންސާފު ގާއިމްކުރުމުގެ ބާރު ލިބިގެންވަނީ ދިވެހިރާއްޖޭގެ ކޯޓުތަކަށެވެ.

އެހެންނަމަވެސް އެންމެފަހުންވެސް ފެނިގެންދިޔައީ ގާނޫނު ހެދުމުގެ އެއްމެހާބާރުތަށް ލިބިގެންވާ މަޖިލީހުން ގާނޫނަށް ތަބާނުވި މަންޒަރެވެ. މަޖިލީހުގެ ނިޒާމު ގެއްލުވާލައި މަޖިލީހުގެ ހަތަރުފާރުގެ ތެރޭގައި މިއަދު ދުންމާރީގެ އަޑު ގަދަވެ ރައްޔިތުންގެ ހައްގުގައި ވަކާލާތުކޮށްލާނެ މެންބަރުންގެ އަޑު ފަނޑުވެގެން ގޮސްފައިމަންޒަރު ފެނިއްޖެއެވެ. ދައުލަތުގެ ވަކި ކުރެވިފައިވާ ތިން ބާރުގެ ތެރެއިން ގާނޫނު ހެދުމުގެ ބާރުގެ އަޑު އިވެނީ ދުންމާރިންނެވެ. މިއީ މިއަދު މުޅިދައުލަތްވެސް ލަދުގަންނަން ޖެހޭފަދަ ކަމެވެ. މިއަދު ދައުލަތުގެ ބާރުތައް ވަކިކުރެވިފައިވާއިރު އެއްބާރުން އަނެއްބާރަށް ކޯޅުމަކަށް ދާން މަސައްކަތް ކުރަނީ އެކަމުގައި ކޮން މޮޅެއް އޮވެގެންތޯ މިއީ ވެސް އުފެދޭ ސުވާލެކެވެ.

މަޖިލީހަށް ލިބިފައިވާ ބާރުގެ ތެރޭގައި ކަމެއް ނިންމުމުން އެހެން ބާރުތަކުން އެކަަމަށް އިހުތިރާމް ކުރުމަކީ ގާނޫނުއަސާސީ ދަންނަގޮތެވެ. އެހެންނަމަވެސް ދައުލަތުގެ އެއްބާރުތަކުގެ މެދުގައި ކަނޑައެޅިފައވާ އިމުގެތެރެއަށް ވަދެ ނުފޫޒު ފޯރުވާ ބާރުކަނޑުވާލަން މަސައްކަތް ކުރުމަކީ ރައްޔިތުންގެ ބާރަށް އެކަމުން އެންމެ ނޭދެވޭ އަސަރު ކުރާނެ ކަމެވެ.

އެބަޔަކަށް ކަނޑައަޅައިފައިވާ އިމުގެތެރޭގައި މަސައްކަތްކަތް ކުރުމަކީ މިއަދު ދިވެހި ދައުލަތުގެ ބާރުތަކުންވެސް ނުފެނުނު މަންޒަރެކެވެ. ނުފޫޒާއި ގަދަބާރު ދައްކައިގެން މަސައްކަތްކުރުމަކީ އެންމެ ހަޑި އަމަލުކަމުގައި ވީނަމަވެސް ފެންނަ މަންޒަރަކީވެސް އެއީއެވެ. ދިވެހި ދައުލަތާއި ދިވެހިން ހިމާޔަތްކުރުމުގައި ފެއިލް ވީ މިއަދު ހަދާފައިވާ ގާނޫނެއް ނޫނެވެ. ގާނޫނު ތަންފީޒު ކުރަން ތިއްބެވި މީހުން މާބޮޑަށްވެސް ފެއިލްވީއެވެ. ފެއިލްވެފައިވާ ބަޔަކު ކުރަން އުޅޭ މަސައްކަތުން ރައްޔިތުން އެކަމުގެ އަގު އަންނަނީ މިއަދާ ހަމަށްވެސް އަދާކުރަމުންްނެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: