ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނެދަލެންޑްސްގެ ކުރީގެ ބޮޑުވަޒީރަކު ސަރުކާރުގެ އެހީ އާއިއެކު އަމިއްލައަށް މަރުވެއްޖެ!

ކުރީގެ ބޮޑުވަޒީރު ޑްރީސް: ފޮޓޯ/ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ނެދަލެންޑްސްގެ ކުރީގެ ބޮޑުވަޒީރެއްކަމަށްވާ ޑްރީސް ވާން އަދި އޭނާގެ އަންހެނުން އެ ގައުމުގެ ސަރުކާރުގެ ބެލުމުގެ ދަށުން އަމިއްލަ ފުރާނަ ނަގާލާފައިވާކަމަށް މީޑިއާތަކުން ރިޕޯޓުކޮށްފިއެވެ.

ރިޕޯޓުތަކުގައިވާގޮތުން ޑަޗު ބޮޑުވަޒީރުކަން ކުރައްވާފައިވާ މީހެއްކަމަށްވާ ޑްރީސް އޭނާގެ އަމިއްލަ ފުރާނަ ނަގާލާފައިވަނީ ޔޫތަނޭޝިއާގެ މަގުންނެވެ. އަދި އޭނާ އެކަން ކޮށްފައިވަނީ އަނބިމީހާއާއިވެސް އެކުގައިކަމަށާއި ދެ މީހުންވެސް ފުރާނަ ނަގާލައި ދުނިޔޭއާއި އަލްވަދާއުކިއުމަށް ނިންމީ އުމުރުން 93 އަހަރުގައިކަމަށް ބުނެފައިވެއެވެ.

މި އަމަލަކީ މިފަހުން މަގުބޫލުވަމުން އަންނަކަމެއް ކަމަށްވާއިރު، ހަރު އުމުރު ފުރައިގެ މީހުންގެ ތެރޭގައިވެސް އެކަން ފާހަގަކުރެވޭކަމަށާއި ދެ ލޯބިވެރިން އެކުގައި ސަރުކާރުގެ ހުއްދައާއިއެކު އިންސާނިއްޔާތުގެ މައްޗަށް ބިނާވާކަމަށް ބައިނަލްއަގުވާމީ މައިދާނުގައި ބަލައިގަންނަ އުސޫލުތަކެއްގެ މަތިން މި އަމަލު ހިންގުންވެސް ނެދަލޭންޑްސްގައި ވައިގަ ހިފަމުންދާކަމަށް ބުނެފައިވެއެވެ.

އެކުގައި މަރުވުމަށް ނިންމާ މީހުން އަދިވެސް މަދުކަމަށްވާއިރު، އެންމެ ފުރަތަމަ އެދުނު 26 މީހުންނާއި އެ މީޙުންގެ ލޯބިވެރިންނަށް ދިން ހުއްދައާއިއެކު މިހާރު އެ އަދަދުތައް ގިނަވެ 2022 ވަނަ އަހަރު 58 މީހުނާއި ލޯބިވެރިންނަށް އިތުރުވެފައިވާކަމަށް ބުނެފައިވެއެވެ.

ނެދަލެންޑްސްގެ މީޑިއާތަކުން ބުނާގޮތުން ޑްރީސް އަކީ އެ ގައުމުގައި 1977 އިން ފެށިގެން 1982 އަށް ބޮޑުވަޒީރުކަން ކުރެއްވި މީހެކެވެ. އަދި ދެމަފިރިން އެކުގައި މަރުވުމަށް ނިންމީ ދެ މީހުންވެސް ސިއްހީގޮތުން އެންމެ ރަނގަޅު ހާލަތުގައި ނެތުމުން އެކުގައި ނިމިގެންދިއުމަށް ބޭނުންވާތީކަމަށް ހިއްސާކޮޮށްފައިވެއެވެ.

ޔޫތަނޭޝިއާ އާއި އެސިސްޓެޑް ސުއިސައިޑް ނެދަލެންޑްސްގައި ހުއްދަ ކުރީ 2002 ވަނަ އަހަރުގައިކަމަށްވާއިރު، މިކަމަށް ސަރުކާރުން ހުއްދަ ހޯދުމަށްޓަކައި ނުވަތަ ޖާގަ ހޯދުމަށްޓަކައި ޝަރުތުތަކެއް ކަނޑައަޅާފައިވެއެވެ.

އެގޮތުން އެ މީހަކަށް ކެތް ނުވާ ވަރަށް ހިތާމަތައް ކުރިމަތިވެފައިވާނަމަ ނެތިދިއުމަށް އެހީވާއިރު، އެއްވެސް ވަރަކަށް އެ ހާލަތުން އަރައި ނުގަނެވި ދިގު މުއްދަތެއް ވެފައިވާނަމަވެސް ފުރާނަ ނަގާލުމަށް ސަރުކާރުން ހުއްދަ ދެއެވެ. އަދި އެކަނި މަރުވެގެންދާން ބޭނުންވާނަމަވެސް އެކަން ކޮށްދޭކަމަށް ބުނެފައިވެއެވެ. އެ ހާލަތުގައި ސްޕެޝަލިސްޓަކު އެކަން ކަށަވަރުކުރާކަމަށް ބުނެފައިވެއެވެ. އަދި ގިނަ މީހުންގެ ފުރާނަ ނަގާލުމުގައި އެހީތެރިވަނީ އާއިލާގެ ޑޮކްޓަރުކަމަށްވެސް ބުނެފައިވެއެވެ

މީޑިއާތަކުން ބުނާގޮތުން 2022 ވަނަ އަހަރާއި ހިސާބަށް އެ ގައުމުގައި އަށް ހާހަށްވުރެ ގިނަ މީހުން މި ގޮތުގެ މަތިން ދުނިޔެ ދޫކޮށްފައިވެއެވެ. އެހެންނަމަވެސް ދެ މީހަކު އެކުގައި މަރުވާ އަދަދުތައް މި ޖުމްލަ އަދަދުގެ ފަސް އިންސައްތައާއި ގާތްކުރާނެކަމަށް ބުނެފައިވެއެވެ

ވަރަށް ގަދަ
4%ވަރަށް ގަދަ 3%ވަރަށް ގަޔާވޭ 11%ބޮޑު ޖޯކެއް 3%ހައިރާންވެއްޖެ 14%ވަރަށް ދެރަ 65%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: