ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމެރިކާ އަދި އިނގިރޭސިވިލާތުގައިވެސް ބެލެނިވެރިންނަށް ސޯޝަލްމީޑިއާގެ މައްސަލައަށް ހައްލެއް ނުލިބިފައި!

އެމެރިކާގެ މަޖިލީހުގައި ކުރިއަށް ގެންދިޔަ ބައްދަލުވުމުގެ ތެރެއިން: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ސޯޝަލްމީޑިއާގެ ސަބަބުން ޒުވާނުންގެ ތެރޭގައި އުފެދިގެން އަންނަ މައްސަލަތައް ގިނަވެ ބޮޑުވެފައިވުމާއިމެދު ކަންބޮޑުވެ ކުޑަަކުދިންގެ ގޮތުގައި ކަނޑައެޅިފައިވާ އުމުރުފުރާއަށް ފޯނުތައް ފަދަ ވަސީލަތްތައް ބޭނުންކުރެވޭ އުސޫލުތަކެއް ކަނޑައެޅުމަށް ގޮވާލައި އެމެރިކާ އަދި އިނގިރޭސިވިލާތުގައި ބެލެނިވެރިން އަޑުއުފުލަމުންދާކަމަށް މީޑިއާތަކުން ބުނެފިއެވެ.

ބައިނަލްއަގުވާމީ މީޑިއާތަކުން ބުނާގޮތުން، ޑިޖިޓަލް ކަންކަމަށާއި ވަސީލަތްތަކަށް އެޑިކްޓުވެފައިވާ ކުޑަކުދިންގެ ބެލެނިވެރިންގެ ތެރެއިން ގިނަ އަދަދެއްގެ މީހުން މިހާރު އުފެދި ގިނަވެ ބޮޑުވަމުންދާ މައްސަލަތަކަށް ހައްލުތަކެއް ހޯދުމަށް އެދެމުންދާކަަމަށެވެ. އަދި ސޯޝަލްމީޑިއާގެ ނުރައްކާތަކުން ކުދިން ސަލާމަތްކުރުމަށް ގޮވާލައި އަޑުއުފުލަން ފަށާފައިވަނީ ޔޫކޭގައި ބަޔަކު މީހުން ވެގެން މަރާލި ކުއްޖެއްގެ މަންމަ ދައްކަން ފެށި ވާހަކަތަކަކާއި ގުޅިގެންނެވެ.

އެގޮތުން އޭނާވަނީ މޯބައިލް ފޯނުތަކުގެ ސަބަބުން ކުޑަކުދިންނަށް ބޮޑެތި ނުރައްކާތައް ކުރިމަތިވެގެންދިއުމުގެ ފުރުސަތު ފަހިވެފައިވާކަމުގެ މައްޗަށް އަލިއަޅުވައި ވާހަކަދައްކާފައިކަމަށްވާއިރު، އޭނާގެ ދަރީގެ ކޭސްގައި ބައެއް ހެކިތަކުންވެސް އެކަން ފެނިގެންދާކަމަށް މީޑިއާތަކުން ބުނެއެވެ.

އެސްތަރ ގޭ ކިޔާ އަންހެން މީހާވަނީ އުމުރުން 16 އަހަރުން ދަށުގެ ކުދިންނަށް ހާއްސަ މޯބައިލް ފޯންތަކެއް ތައާރަފްކުރުމަށް ބާރު އަޅާ ގާނޫނެއް އެކުލަވާލަން ބެލެނިވެރިން އެދޭކަން ބީބީސީއަށް ދިން އިންޓަރވިއުއެއްގައި ހިއްސާކޮށްފައެވެ. އޭނާ ބުނެފައިވާގޮތުން އެ ހިސާބުން އުމުރު ފުރާ ހަމަވުމުން ފުރާ އުމުރުގެ މީހުން ގެންގުޅޭ ފަދަ ފޯނުތައް ބޭނުންކުރެވޭނެކަމަށެވެ. އެހެންނަމަވެސް އޭގެ ކުރިން ބޭނުންކުރެވޭނީ ބައެއް ސޯޝަލްމީޑިއާ އެޕުތައް އެކަނި ހުންނަ ފޯނުތަކެއްކަމަށް ބުނެފައިވެއެވެ.

ޒަމާނީ ވަސީލަތްތައް ބިނާކުރާ ކުންފުނިތަކުގެ މަސައްކަތައް އުސޫލެއްގެ ތެރެއަށް ފެއްތުމަށް ގޮވާލައި އެސްތަރ ވަނީ އެފަދަ ގޮތަކަށް ކުދިން ނިޔާވެގެންދިއުމުގައި މައިންބަފައިންގެ އިހުމާލުތަކެއްވެސް ވާކަމަށް ސިފަކޮށްފައެވެ. އޭނާ މީޑިއާތަކާއި މައުލޫމާތު ހިއްސާކޮށްފައިވަނީ ކުޑަކުދިންނަށް ޖިންސީ ފުރައްސާރަތައް ކުރިމަތިވާ މައްސަލައާއި މަސްތުވާތަކެތީގެ މައްސަލައިގައި މެޓަގެ ފައުންޑަރ މާކް ޒަކަބާގާއި އެމެރިކާގެ މަޖިލީހުން ސުވާލުކޮށްފައިވާއިރުކަމަށްވާއިރު، ޒަކަބާގްވަނީ ކުޑަކުދިންނަށް މެޓަގެ އެޕުތައް މެދުވެރިކޮށް ދިމާވެފައިވާ ހާދިސާތަކާއިމެދު ހަމްދަރުދީވާކަމަށް ބުނެފައެވެ.

މީޑީއާތަކުން ބުނާގޮތުން ބައެއް ގާނޫނު ހަދާ މީހުން މަސައްކަތްކުރަމުންދަނީ އެފަދަ ކުންފުނިތަކުން ކުރަމުންދާ މަސައްކަތްތައް ރެގިއުލޭޓުކުރުމަށްކަމަށެވެ. އެހެންނަމަވެސް ފްލޮރިޑާ ފަދަ ސަރަހައްދުތަކުން މަސައްކަތްތައް ކުރަމުންދަނީ އެއްކޮށް ސޯޝަލްމީޑިއާ ބޭންކުރުމަށް ކަމަށްވެސް ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: