ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަގުބޫލު ފިލްުމު “ނޮވެމްބަރ” މާދަމާ ވީޑިއޯ ކްލަބުގައި އަޅުވާނެ!

މަގުބޫލު ފިލްމު "ނޮވެމްބަރ" މާދަމާ އަޅުވަނީ: ފޮޓޯ/ މީޑިއާނެޓު
ޝެއާރކޮށްލާ ކަހަލަދޯ؟

އޮލިމްޕަސް ސްކްރީނުގައި މިފަހުން އެޅުވި އެންމެ މަގްބޫލު ލޯބީގެ ފިލްމު “ނޮވެމްބަރ” މާދަމާ މީޑިއާނެޓުގެ ވީޑިއޯ ކްލަބްގައި ޕްރިމިއަރ ކުރާނެކަމަށް މީޑިއާނެޓުން ބުނެފިއެވެ.

މީޑިއާނެޓުން މައުލޫމާތު ދީފައިވާގޮތުން ޑާރކް ރެއިން އެންޓަޓެއިންމަންޓްގެ މަގުބޫލު ފިލްމު “ނޮވެމްބަރ” އެ ކުންފުނީގެ ވީޑިއޯ ކްލަބްއިން ޕްރިމިއަރ ކުރާނީ 14 ނޮވެމްބަރުގެ 12:00 ގައިކަަމަށާއި ވީޑިއޯކްލަބް ހިދުމަތް މެދުވެރިކޮށް ފޯނާއި ޓީވީ ސްކްރީންތަކުންވެސް ފިލްމު ބަލާލެވޭނެކަމަށެވެ. ޕްރިމިއަރ ކުރުމަށް ކަނޑައެޅިފައިވާ ފިލްމަކީ އަިލީ ޝިފާއު އަދި އައިޝަތު ފުާދު ތައުފީގް ޑައިރެކްޓް ކޮށްފައިވާ އަސަރުގަދަ ލޯބީގެ ފިލްމެއްކަމަށާއި މި ފިލްމުގެ ލީޑް ތަރިންގެ ގޮތުގައި ފެނިގެންދާނީ ވީޑިއޯ ކްލަބްގެ އެމް-އޮރިޖިނަލްސް ބެނާރގެ ދަށުން އުފެއްދި އެންމެ ފުރަތަމަ ފިލްމު “މަރިޔަމް” ގެ ބަތަލާގެ ރޯލުންވެސް ފެނިގެންދިޔަ މަރިޔަމް މަޖުދާ (މަޖޫ) އަދި ޖުމައްޔިލް ނިމާލްކަން ފާހަގަކޮށްފައިވެއެވެ.

އެ ދެ ތަރިންގެ އިތުރުން ޚާއްސަ ރޯލަކުން ދިވެހި ފިލްމީ ދާއިރާގެ އަބަދަށްފެހި ތަރި އިސްމާއިލް ވަޖީހުވެސް ފެނިގެންދާނެކަން ހިއްސާކޮށްފައިވާއިރު، މާލެ، ލ.އަތޮޅު އަދި ރާއްޖެއިން ބޭރުން ސިންގަޕޫރުގައި ނަގާފައިވާ ޝޮޓުތައްވެސް ފިލްމުގައި ހިމެނޭނެކަމަށާއި ރީތި ލަވަތަކެއްވެސް ހިމެނޭ މި ފިލްމަކީ ޑާކްރެއިން އިންޓަޓެންމަންޓްއިން މިހާތަނަށް އެންމެ ބޮޑު ބަޖެޓެއް ހަރަދުކޮށްގެން އުފެއްދެ ފިލްމުކަމަށްވެސް ބުނެފައިވެއެވެ. އަދި ފިލްމު އަލަށް އެޅުވުމަށް ކަނޑައެޅިފައިވާ ތާރީހަކީ ފެބްރުއަރީ 14 ކަމަށްވާއިރު، އެއީ ވޯޑިއޯ ކްލަބްގެ އަހަރީ ދުވަސްކަމަށް ފާހަގަކޮށްފައިވެއެވެ.

މީޑިއާ ނެޓުން ބުނެފައިވާގޮތުން އެމް އެސް ވީޑިއޯ ކްލަބުން އަންނަނީ ފާއިތުވި އަހަރުތަކުގައި ކުރިއެރުންތަކެއް ހޯދަމުންކަމަށެވެ. އެގޮތުން އެމް-އޮރިޖިނަލްސް ބެނާރގެ ދަށުން ދިވެހި އަމިއްލައަށް އުފައްދާ ފިލްމާއި ސީރީސް ޕްލެޓުފޯމު މެދުވެރިކޮށް ދިވެހި ބެލުންތެރިންނާއި ހިސާބަށް ގެނެސް ދެމުން އައިސްފައިވާކަމަށްވެސް ބުނެފައިވެއެވެ.

މީޑިއާނެޓުން ބުނެފައިވާގޮތުން އެ ކުންފުނީގެ އެމް އެސް ޓީވީ އަދި އެމް އެސް ލައިޓް ކަސްޓަމަރުންނަށް ޓީވީ މެދުވެރިކޮށް ވީޑިއޯ ކްލަބް ޚިދުމަތައް ސަބްސްކްރައިބް ކުރެވޭނެއެވެ. އަދި އެންޑްރޮއިޑް ސްމާރޓް ޓީވީ ގެންގުޅޭ ފަރާތްތަކުން ޑީކޯޑަރަކާ ނުލާ ސީދާ އެޕްލިކޭޝަން ޓީވީއަށް ޑައުންލޯޑް ކޮށްގެންވެސް ވީޑިއޯ ކްލަބްގެ ހިދުމަތް ލިބިގަނެވޭނެ މަގުފަހިވެފައިވާކަން ހިއްސާކޮށްފައިވާއިރު، ކޮންމެ ވަގުތަކު ކޮންމެ ތާކު ހުރެވެސް މޯބައިލް ޑިވައިސްތަކުން އެމް އެސް ޑިޖިޓަލް އެޕްލިކޭޝަން މެދުވެރިކޮށް ހިދުމަތް ލިބިގަނެވޭނެކަމަށް ބުނެފައިވެއެވެ.

އެ ކުންފުނިން ބުނެފައިވާޣޮތުން ވީޑިއޯ ކްލަބުން އަންނަނީ ދިވެހި ފިލްމާއި ސީރީޒްގެ އިތުރުން އެހެން ގައުމުތަކުގެ ފިލްމާއި ސީރީޒް ލައިބްރަރީގައި ހިމަނަމުންނެވެ. އެގޮތުން މިހާރު ޒީ އޮރިޖިނަލްސްގެ ސީރީޒްތަކާއި އެހެން ހިންދީ އިނގިރޭސީ އަދި ޓާކިޝް ސީރީޒްތަކުގެ އިތުރުން ކާޓޫންތައްވެސް ބަލާލެވޭނެކަން ފާހަގަކޮށްފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: