ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަމާޒުތައް ހާސިލްކުރުމަށް އޭއައިގެ ބޭނުުން ހިފޭ މާހައުލެއް ގާއިމް ކުރާނަން: ރައީސް

ވަރލްޑް ގަވަރމަންޓްސް ސަމިޓް 2024 ގައި ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު ބައިވެރިވެވަޑައިގެންނެވުން.
ޝެއާރކޮށްލާ ކަހަލަދޯ؟

އުފެންދުންތެރިކަން އިތުރުކުރުމަށް ޓެކްނޮލޮޖީއާއި އާޓިފިޝަލް އިންޓެލިޖެންސްގެ ބޭނުން ހިފާ އުފެންދުންތެރިކަން އިތުރުކުރުމަކީ އެމަނިކުފާނުގެ ތަސައްވުރެއްކަމަށް ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ވަރލްޑް ގަވަރމަންޓްސް ސަމިޓް 2024 ގައި ބައިވެރިވެވަޑައިގެން ދެއްވި ތަގުރީރުގައެވެ. މި މަހުގެ 12 އިން 14 އަށް ކުރިއަށްގެންދާ މި ސަމިޓް ކުރިއަށްދަނީ ދުބާއީގެ މަދީނަތު ޖުމެއިރާގައެވެ.

މި ސަމިޓުގައި ވާޙަކަދައްކަވަމުން ރައީސް ވިދާޅުވީ ވިޔަފާރީގެ ކުރިއެރުމަށް ފަހި އިންވެސްޓްމަންޓް ރަހުމަތްތެރި މާހައުލެއް ގާއިމު ކުރެއްވުމަކީ ސަރުކާރުގެ އަމާޒުކަމަށެވެ. އަދި ސްޓްރެޓެޖިކް ޖިއޮގްރަފިކް ޕޮޒިޝަނުން ހުޅުވިގެންދާ ތަނަވަސް ފުރުސަތުތަކުގެ ބޭނުން ހިފުުމަކީ މުހިންމު އަމާޒެއްކަމަށް ރައީސް ވިދާޅުވިއެވެ.

ދިވެހި އަންހެނުންނާއި، ޒުވާނުންނަށް އުފެންދުންތެރިކަން ކުރިއެރުވުމަށް އެއްބާރުލުން ދެއްވާނެކަމަށާއި، ބާރާއި ވިޔަފާރިއަށްވެސް އެއްބާރުލުން ދެއްވާނެކަމަށް އެމަނިކުފާނު ވިިދާޅުވިއެވެ.

ރާއްޖޭގެ އިގްތިސާދު ކުރިއެރުވުމަށް ސަރުކަރުން ދަނީ ވަރުގަދަ އެޖެންޑާއެއް ތަންފީޒު ކުރައްވަމުންކަމަށާއި، މިކަން ހާސިލް ކުރުމަށް ވަގުތުންނާއި ދިގު މުއްދަތުގެ ތަރައްގީއަށް ބޭނުންވާ ސްޓްރެޓެޖިކް އިންފްރާސްޓްރަކްޗަރ އެސެޓްތައް ގާއިމް ކުރަވަމުން ގެންދަވާނެކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން މި ސަރުކަރުން ފަތުރުވެރިކަން ކުރިއެރުވުމަށް ދެއްވާ ހާއްސަކަންވެސް އެމަނިކުފާނުގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ. އެގޮތުން އައު ޓުރިޒަމްގެ ދާއިރާތައް ތަރައްގީ ކުރައްވާނެކަމަށް ވިދާޅުވިއެވެ. އޭގެ ތެރޭގައި، ”ވިސިޓަރ އިކޮނޮމީ ކޮންސެޕްޓް“ ގެ ދަށުން އިކޯ ޓޫރިޒަމްއާއި، ސްޕޯޓްސް ޓޫރިޒަމްއާއި އެޑިއުކޭޝަން ޓޫރިޒަމް އަދި ވެލްނެސް ޓުއަރިޒަމް ތަޢާރަފްކުރުމަށް ރާވާފައިވާކަމަށް ވިދާޅުވިއެވެ.

މިކަން ކުރުމަށްޓަކައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މަޝްރޫއުތައްވެސް ރައީސް ހިއްސާ ކުރެއްވިއެވެ. ފްރީ ޒޯނެއް ހިމެނޭގޮތަށް ރާއްޖޭގެ ސެންޓްރަލް މެރިޓައިމް ބަނދަރު އަލުން ތަރައްގީ ކުރުން ހިމެނޭއިރު، މައި ބައިނަލްއަޤްވާމީ ވައިގެ ބަނދަރު އިތުރަށް ފުޅާކުރާނެކަމަށްވެސް ވިދާޅުވިއެވެ.

މީގެ އިތުރުން ޝިޕިންގ ރޫޓުގައި 8 ޑިގްރީ ގްލޯބަލް މެރިޓައިމް ހިމެނޭ ރާއްޖޭގެ އެންމެ އުތުރުގެ އަތޮޅުގައި އިންޓަގްރޭޓެޑް މެރިޓައިމް ޑިވެލޮޕްމަންޓް ގާއިމް ކުރުން ހިމެނޭކަމަށް ރައީސް ވިިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ވަނީ މާލެއަށް ބަރޮސާވާ މިންވަރރު ކުޑަ ކުރުމަށް ރާވާފައިވާ މަސައްކަތްތައްވެސް ހިއްސާ ކުރައްވާފައެވެ. އެގޮތުން އާބަން ސެންޓަރުތައް ގާއިމްކުރުން ހިމެނޭިއުރ، އަމިއްލަ އުފެންދުންތެރިކަން އިތުރުކުރުމަށް މަސައްކަތް ކުރައްވާނެކަމަށް ވިދާޅުވިއެވެ.

މިކަންކަން ކުރިއެރުވުމަށް އަރޓިފިޝަލް އިންޓެލިޖެންސްގެ ދައުރު މުހިންމުކަމަށް ފާހަގަކޮށް ރައީސް ވިދާޅުވީ މި އަމާޒުތައް ހާސިލްކުރުމަށް އަރޓިފިޝަލް އިންޓެލިޖެންސްގެ ބޭނުން ކުރައްވާނެކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: