ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެއާޕޯޓުތަކަށް ވައުދު ވަނީ ރައްޔިތުން ހިތްހަމަޖައްސާކަށް ނޫން: ރައީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު/ ފޮޓޯ- ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

އެއާޕޯޓުތައް އެޅުމުގެ މަޝްރޫއު ކުރިޔަށް ގެންދިއުމަށް ވައުދު ވަނީ، ރައްޔިތުންގެ ހިތްހަމަޖެހުމަށް ނޫންކަމަށާއި އެކަމަށް ވައުދު ވަނީ ތަރައްގީގެ ގޮތުން ބަލާއިރު ކޮންމެހެން ބޭނުންތެރި ކަމަކަށް ވާތީކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ މިއަދު ހެނދުނު ހއ. ދިއްދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރަށްތަކަށް ވަޑައިގެން އެއާޕޯޓުތައް އެޅުމަށް ވައުދުވެވަޑައިގަންނަވާތީ، އެކަމަށް އަމާޒުވާ ފާޑުކިއުންތަކަށް ރައްދު ދެއްވައި ރައީސް ވިދާޅުވީ މިހާރު ރާއްޖޭގެ ޖިއޯގްރެފިކަލް ޑިސްޓްރިބިއުޝަން އޮތް ގޮތުން ތަރައްގީ ގެނައުމުގައި އެއާޕޯޓުތައް މުހިންމު ކަމަށެވެ. އަދި ރައްޔިތުން ރާއްޖެއަށް ކުރިއެރުން އަންނަން ބޭނުން ވަނީ ތަފާތު ގޮތަކަށްކަމަށާއި، ކުރިން އޮންނަ އުސޫލުން ކަންކަން ކުރިޔަށް ދާން އެ ރައްޔިތުން ބޭނުން ނުވާކަމަށް ރައީސް ވިދާޅުވި އެވެ.

އެކަން ފާހަގަކޮށް ރައީސް ވިދާޅުވީ އެއާޕޯޓުތަކުގެ މަޝްރޫއުތައް އިއުލާނުކޮށް، އެއާޕޯޓުތައް އަޅަނީ ރާއްޖޭގެ ރަށްތަކަށް ގުދުރަތީ ގޮތުން އެތުރިފައި ހުރި ގޮތަށް ބަލައި ދަތުރު ކުރުމަށް ފަސޭހަ ނިޒާމަކުން ހުރިހާ ރަށްތަކެއް ގުޅުވާލެވޭނެ ގޮތަށް ބަލައި ކަމަށެވެ.

އެހެންކަމުން ބައެއް ސަރަހައްދުތަކަށް، އިންޓަނޭޝަނަލް އެއާޕޯޓުތައް ބޭނުންވާއިރު އަނެއް ރަށްތަކަށް ބޭނުން ވާނީ ޑޮމެސްޓިކް އެއާޕޯޓުތައްކަމަށް ރައީސް ވިދާޅުވި އެވެ.

ދެން އަޅުގަނޑަށް އެކި ކަހަލަ ކްރިޓިސިޒަމް ކުރިމަތި ކުރާ ބޭފުޅުންނަށް، ހަމަ ދަންނަވާލަން އޮތީ އެއާޕޯޓުގެ ވާހަކަ އެބޭފުޅުން.. އިދިކޮޅު ފަރާތްތަކަށް… އަޅުގަނޑު މި ދައްކާ ވާހަކައަކީ ކޮންމެ ދަތުރެއްގައި ވެސް އެއާޕޯޓު އަޅާ ވާހަކަ ދައްކަނީ އޭ… މި ރާއްޖޭގެ ޑިސްޓްރިބިއުޝަނަލް ލޮކޭޝަން، ޑިސްޓްރިބިއުޝަން އޮތް ގޮތުން ރާއްޖެ ތަރައްގީ ކުރާއިރުގަ ކުރީގަ އޮންނަ ގޮތަކަށް ނޫން ރާއްޖެ އޮންނަން ބޭނުން ވަނީ ރާއްޖެ ތަރައްގީ ކުރާއިރުގަ.. ކޮންމެހެން ވެސް ބޭނުންވާ ކަމެއް އެއާޕޯޓު އެޅުމަކީ… ބައެއް ތަންތާގަ އިންޓަނޭޝަނަލް އެއާޕޯޓު، ބައެއް ތަންތާގަ ޑޮމެސްޓިކް އެއާޕޯޓު..

ރައީސް ވިދާޅުވީ އެއާޕޯޓުގެ މަޝްރޫއުތައް ކުރިޔަށް ގެންދިއުމަށް ވައުދުވަނީ، ހަމައެކަނި ރައްޔިތުންގެ ހިތްހަމަޖެހުމަށް ނޫން ކަމަށެވެ. އެއީ ކޮންމެހެން ވެސް އެ ރަށަކަށް ބޭނުންވާ ތަރައްގީއަކަށް ވާތީ، ދިރާސާތައް ހެދުމަށް ފަހު ކުރިޔަށް ގެންދާނެ މަޝްރޫއުއެއްކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ ދިއްދޫ އެއަރޕޯޓުގެ މަސައްކަތް ވަޢުދުވެޑައިގެންފައިވާ ގޮތަށް ކުރިއަށްދާނެ ކަމަށާއި އަދި އެމަސައްކަތް ކުރިއަށްދާނީ ބިން ހިއްކުމުގެ އިތުރު މަޝްރޫއުއަކާ އެކުކަމަށެވެ. ހަމައެހެންމެ، އެރަށުގެ މުސްތަގުބަލަށް ގެދޮރުވެރިކަން ގެންދާނެކަމަށް ވިދާޅުވި އެވެ. އަދި އެ މަޝްރޫއުއަކީ އެންމެ އިސްކަންދޭނެ އެއް ޕްރޮޖެކްޓުކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ރަށުގެ ތަރައްގީއަށް ކުރަންހުރި ހުރިހާކަމަކަށް އިސްކަން ދެއްވާނެކަމުގައި ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: