ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

50 ރަށެއްގެ ރަށު ކައުންސިލް އޮފީސް ގާއިމު ކުރުމުގެ މަޝްރޫއެއް ފަށަނީ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

މިއަހަރު ތެރޭގައި 50 ރަށެއްގެ ރަށު ކައުންސިލް އޮފީސް ގާއިމު ކޮށްދެއްވުމަށްޓަކައި ބޮޑު މަޝްރޫޢެއް ފެށުމަށް މަސައްކަތް ކުރައްވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ހދ. މަކުނުދޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ އިންވެސްޓަރ ފައިނޭންސް މޮޑެލްގެ ތެރެއިން ފައިސާ ހޯދައިގެން ފުރަތަމަ ފިޔަވަހީގައި 50 ރަށެއްގެ ކައުންސިލް އިދާރާގެ އިމާރާތް ތަރައްގީ ކޮށްދެއްވާނެކަމުގައި ވިދާޅުވިއެވެ. އަދި މި 50 ރަށް ހިޔާރުކުރާއިރު އެންމެ ބޮޑަށް ހަލާކުވެފައިވާ، އެންމެ ޖާގަ ކުޑަ، އެންމެ ގިނަ ދުވަސްވީ ރަށްތަކަށް އިސްކަން ދެއްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މި އަހަރު ތެރޭގައި މި މަޝްރޫޢު ފައްޓަވައިދެއްވާނީ 50 ރަށުގައި އެއްފަހަރާކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ހަޤީޤީ މާނާގައި ލާމަރުކަޒީ ނިޒާމު ފުރިހަމަ ގޮތުގައި ހިންގުމުގެ ފުރުސަތު ދޭން އަޅުގަނޑު ބޭނުންވަނީ. ރައްޔިތުންނާ ގާތުން ޚިދުމަތްކުރުމަކީ އަޅުގަނޑު ހަމަ ބޭނުންވާ ގޮތް

މި ބައްދަލުވުމުގައި ރައީސް ވިދާޅުވީ މަކުނުދޫގައި ތަރައްގީ ކުރާ އެއާޕޯޓުގެ ރަންވޭ 1800 މީޓަރު ދިގު ރަންވޭއެއްގެ ގޮތުގައި ހައްދަވާނެ ކަމަށެވެ. އަދި ބިން ހިއްކުމުގެ މަޝްރޫއުގެ ސަބަބުން މުޅި ރަށަށް ތަރައްގީ ލިބިގެންދާގޮތަށް ކުރިއަށް ގެންދަވާނެކަމަށާއި، މަކުނުދޫގެ މަގު ހެދުމަކީ ރަށުގެ ތަރައްޤީއަށް ނުހަނު މުހިންމުކަމެއް ކަމުގައި ފާހަގަކުރައްވައި، އެކަން ވަޢުދު ވެވަޑައިގެންނެވި ގޮތަށް ކޮށްދެއްވާނެކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ހއ. އާއި ހދ. އަދި ށ. އާއި ނ. އަތޮޅުގެ ބައެއް ރަށްރަށަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވާ މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ސަރުކާރުގެ މަތީފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: