ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކައުންސިލް އިދާރާތަކުގެ އުމްރާނީ ތަރައްގީއަށް ހާއްސަ މަސައްކަތްތަކެއް ކުރެވޭ: ރައީސް

ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

އިންވެސްޓަރ ފައިނޭންސްގެ އުސޫލުން ކައުންސިލް އިދާރާތަކުގެ އުމްރާނީ ތަރައްޤީއަށް ޚާއްޞަ މަސައްކަތްތަކެއް ކުރުމަށް ގަސްދުކުރައްވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖޭގެ ލާމަރުކަޒީ ދުވަހުގެ މުނާސަބަތުގައި ދެއްވި ހިތާބުގައި ރައީސް ވިދާޅުވީ ވޭތުވެދިޔަ 13 އަހަރު ކައުންސިލްތަކުގެ އުމްރާނީ ތަރައްޤީއަށް ސަމާލުކަން ދެވިފައި ނުވާކަމަށާއި ސަރުކާރުން މިހާރު މިފަށާ މަސައްކަތުގެ އަމާޒަކީ ކައުންސިލްތަކަށް ޤާނޫނީ ވާޖިބު އަދާކުރެވޭނެ، އަދި ރައްޔިތުންނާއެކު މަޝްވަރާކޮށް، ގުޅިގެން މަސައްކަތް ކުރެވޭނެ މާހައުލެއް އުފައްދައިދިނުންކަމަށެވެ.

ލާމަރުކަޒީ ނިޒާމު އިތުރަށް ހަރުދަނާކުރުމަށް ވަކި މިނިސްޓްރީއެއް އުފެއްދެވުމުން އޭގެ ނަތީޖާ ފެންނަމުންދާކަމަށާއި، އަދި ކަންކަމުގައި އީޖާބީ ގޮތެއްގައި ސަރުކާރާއި ކައުންސިލްތަކާއެކު ކުރެވޭ މަސައްކަތް އިތުރުވެ ހިންގުމުގެ ސްޕީޑް ހަލުވިވަމުން އަންނަކަން ރައީސްގެހިތާބުގައި ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ލާމަރުކަޒީ ނިޒާމުގެ ހެޔޮބަދަލުގެ މަންފާ ރައްޔިތުންނަށް ލިބިދިނުމަށްޓަކައި ކައުންސިލްތަކުގެ އިހްތިސާސުގައި ހިމެނިފައިނުވާ ފަޅުރަށްތައް ކައުންސިލްތަކާ ޙަވާލުކުރެވޭނެ ސިޔާސަތެއް އެކަށައަޅައި، އެސިޔާސަތު މިހާރު ތަންފީޒު ކުރަމުން އަންނަކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރާއްޖޭގައި ރަސްމީ ސިފައެއްގައި ޤާނޫނީ އޮނިގަނޑެއްގެ ތެރެއިން އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގަން ފަށާފައިވަނީ 2011 ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ 26 ވަނަ ދުވަހުގައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: