ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖޭގެ އިގްތިސާދު ކޮޅަށް ޖަހާ، އާމްދަނީ ލިބޭނެ ދޮރުތައް ހުޅުވައިދޭނަން: ރައީސް

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކުރިޔަށް ގެންދާ "އަހާ" ޕްރޮގްރާމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ އިގްތިސާދު ކޮޅަށް ޖަހާ، އާމްދަނީ ލިބޭނެ ދޮރުތައް ހުޅުވައި ދޭނެ ކަމަށް ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ށ ފުނަދޫއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާއި މުހާތަބު ކުރައްވާ ވާހަކަދައްކަވަމުން ރައީސް މުއިއްޒު ވަނީ އެ ރަށުން ދެންނެވި ހޫނު މަރުހަބާއަށް ޝުކުރު އަދާ ކުރައްވާފައެވެ. އަދި އެންމެ ގިނަ ރައްޔިތުން ނިކުތް ރަށަށް ފުނަދޫ ވާނެކަމަށް ރައީސް ވިދާޅުވިއެވެ. ކޮނެމް ކަމެއް ތަކުރާރުކޮށް ވިދާޅު ނުވެވުނު ނަމަވެސް، ފުނަދޫއަށްވީ ވައުދުތައް ފުއްދަވައިދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ.

ރަށުގެ މަގު ހެދުމުގެ މަސައްކަތާއި، އެއާޕޯޓު މަޝްރޫއުގެ އިތުރުން ހޮސްޕިޓަލް ތަރައްގީކުރުމުގެ މަސައްކަތް އެންމެ އިސްކަމެއް ދީގެން ކޮށްދެއްވާނެކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ. އިމާރާތާއި، ހިދުމަތުގެ ގޮތުންނާއި އަދި ބޭނުންވާ މިންވަރަށް މުވައްޒަފުންވެސް ހަމަޖަސަވައި ދެއްވާނެކަމަށާއި، ހުރިހާ މާނައެއްގައި ހޮސްޕިޓަލްގެ ފެންވަރު ރަނގަޅު ކޮށްދެއްވާނެކަމަށެވެ.

އެއާޕޯޓުގެ މަސައްކަތްތަކާއި ގުޅޭ ގޮތުން ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ އެއާޕޯޓުގެ ޖާގަ އިތުރުކޮށް، ހިދުމަތް ރަނގަޅުކޮށް، ފްލައިޓްތައް އިތުރުކުރުމުގެ މަސައްކަތްވެސް ކުރައްވާނެކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ. ރައްޔިތުން ބޭނުންވާ ގޮތަށް އެއާޕޯޓު ބޮޑުކޮށް ތަރައްގީކޮށްދެއްވާނެކަމަށްވެސް ވިދާޅުވިއެވެ.

މި ހުރިހާ ކަމަކަށް އިރާދަ ކުރެއްވީތީ ހަގީގީ ސިފަ ގެނެސްދޭނަމޭ، ކަންކަން ކޮށްދޭނަމޭ، ނަތީޖާ އަޅުގަނޑުމެން ނެރެދޭނަން.

ރައީސް މުއިއްޒު ވިދާޅުވިއެވެ.

ށ އަތޮޅުގައި ފަތުރުވެރިކަން ފުޅާ ކުރުމަށްޓަކައި، އިކޯ ޓޫރިޒަމްގެ މަޝްރޫއު ފައްޓަވާނެކަމަށާއި، އަދި އަތޮޅުގައި ހުރި ޓޫރިޒަމް ފުޅާ ކުރެވިދާނެ ރަށްތަށް އެކަމަށް ހާއްސަ ކުރައްވާނެކަމަށް ވިދާޅުވިއެވެ. އެ އަތޮޅުގައި ފަތުރުވެރިކަން ކުރުމަށް އެކަށީގެންވާ ރަނގަޅު ރަށްތަށް ހުރިކަމަށް ފާހަގަކޮށް އެ ރަށްތަކުގައި ފަތުރުވެރިކަން ފަށައިފިނަމަ، އާންމުކޮށް ހުރިހާ ރައްޔިތުންނަށް އާމްދަނީ އިތުރު ކުރެވޭނެ މަގެއް ފަހިވެގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން އެއާޕޯޓު ތަރައްގީކުރުމާއި، ފަތުރުވެރިކަމާއި ގުޅި ލާމެހޭނެކަމަށް ރައީސް ވިދާޅުވިއެވެ.

ދެ ކަންތައް އެކު އެކީގައި ކުރިއަށް ދިޔައމަީ ރައްޔިތުންނަށް އޭގެން ހެޔޮ ނަފާ ލިބޭނެ.

ރައީސް މުއިއްޒު ވިދާޅުވިއެވެ.

ފުނަދޫގައި ބިން އިތުރުކުރުމުގެ މަޝްރޫއުގައި ސޮއިކޮށްފައި އޮތް ނަމަވެސް އެ މަޝްރޫއު ކުރިއަށް ނުދިޔަ ނަމަވެސް މި ސަރުކާރުން ވައުދުވީ ގޮތަށް އެ މަޝްރޫއު ކުރިއަށް ގެންދަވާނެކަމަށް ވިދާޅުވިއެވެ މި މަގުން ގެދޮރުވެރިކަން ކަށަވަރުވެގެންދާނެކަމަށް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: