ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕްރައިމަރީ ހެލްތު ކެއަރ އާލާކުރުމުގެ ގޮތުން ފުވައްމުލަކު ސިޓީގައި ޕްރޮގްރާމެއް ފަށައިފި

ޕްރައިމަރީ ހެލްތު ކެއަރ އާލާކުރުމުގެ ގޮތުން ފުވައްމުލަކު ސިޓީގައި ޕްރޮގްރާމެއް ފެށުން
ޝެއާރކޮށްލާ ކަހަލަދޯ؟

ޕްރައިމަރީ ހެލްތު ކެއަރ ނުވަތަ އިބްތިދާއީ ސިއްހީ ހިދުމަތުގެ ނިޒާމު ދިރުވާ އާލާކުރުމުގެ ގޮތުން ފުވައްމުލަކު ސިޓީގައި އެ ޕްރޮގްރާމްގެ އަމަލީ މަސައްކަތް ފަށައިފައިވާކަމަށް ހެލްތު މިނިސްޓްރީން ބުނެފިއެވެ.

ރައްޔިތުންނާއި ގާތުން އިތުބާރު ހުރި ފެންވަރު ރަނގަޅު ވަށާޖެހޭ ޚިދުމަތެއްގެ ތެރެއިން ސިއްހީ ހިދުމަތް ފޯރުކޮށްދިނުމަށް ސަރުކާރުން ފެށި މި ޕްރޮގްރާމް ފުވައްމުލަކު ސިޓީގައި މިއަދުން ފެށިގެންކުރިއަށް ގެންދާއިރު މިދިޔަ އަހަރު ތެރޭގައި ފ. އަތޮޅުގައި ޕައިލެޓް ޕްރޮގްރާމެއް ކާމިޔާބުކަމާއެކު ފަށައިގެން ކުރިއަށް ދާކަމަށް ހެލްތު މިނިސްޓްރީން ވަނީ ބުނެފައެވެ. މި އަހަރު ތެރޭގައި 10 އަތޮޅެއްގައި މި ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ނިންމާފައިވާކަމަށާއި، 2025 ވަނަ އަހަރު ރާއްޖޭގެ ހުރިހާ އަތޮޅަކަށް މިޕްރޮގްރާމް ފުޅާކުރުމަކީ ސަރުކާރުގެ އެއް އަމާޒުކަމަށް މިނިސްޓްރީން ބުންޏެވެ.

އިބްތިދާއީ ސިއްހީ ހިދުމަތުގެ ނިޒާމު އާލާކުރުމަށް ފެށި މި ޕްރޮގްރާމުގައި އާއްމު ބަލިތަކުގެ ހާލަތު ދެނެގަތުމަށްޓަކައި 18 އަހަރުން މަތީގެ ކޮންމެ ރައްޔިތެއްގެ ޕޭޝަންޓް ރިކޯޑެއް ނުވަތަ މެޑިކަލް ހިސްޓްރީ ނެގުމަށް ވަނީ ހަމަޖެހިފައެވެ.

މި މެޑިކަލް ހިސްޓްރީގައި މިހާތަނަށް ކުރެވުނު ބޭސްފަރުވާގެ މައުލޫމާތު ރިކޯޑް ކުރެވޭނެ ކަމަށް މައުލޫމާތު ދީފައިވެއެވެ. އަދި ސިއްހީ ހިދުމަތްތެރިން ގޭގެއަށް ޒިޔާރަތްކޮށް ސިއްހީ މައުލޫމާތު ފޯރުކޮށް، އެކި އެކި ބަލިބައްޔަށް ފަރުވާ ހޯދުމުންދާ ފަރާތްތަކަށް ލަފަޔާއި އިރުޝާދު ދިނުމަކީ ވެސް މި ޕްރޮގްރާމްގެ ތެރެއިން ކުރަމުން ކުރުމަށް ހަމަޖެހިފައިވާ ކަމެއް ކަމަށް ހެލްތު މިނިސްޓްރީން ވަނީ ބުނެފައެވެ.

ބަލިވުމަށްފަހު ބޭސްފަރުވާ ކުރާ ނިޒާމެކޭ އެއްފަދައިން ބަލިވުމުގެ ކުރިން ރައްކާތެރިވުމުގެ އާދަކާދަ އަށަގަންނަވާ، ބަލި އަވަހަށް ދެނެގަތުމަށް ފެށި މި އިބްތިދާއީ ސިއްހީ ނިޒާމަކީ ދުނިޔޭގެ އެކި ގައުމުތަކުގެ ތަޖުރިބާއަށް ބަލާއިރު އަދި ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން އިރުޝާދު ދެއްވާ ގޮތުގައި ރައްޔިތުންނާއި ގާތުން ހަމަހަމަކަމާއެކު ސިއްހީ ހިދުމަތް ދިނުމަށް އެންމެ އިތުބާރު ހުރި ނިޒާމު ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.

މި އިބްތިދާއީ ސިއްހީ ނިޒާމް ދިރުވާ އާލާކުރުމަށް އަތޮޅުތަކަށް ދަތުރު ކުރައްވާ ޓީމުގައި ސިއްހީ ދާއިރާގެ ފަންނީ އަދި ތަޖުރިބާ ލިބިފައިވާ ފަރާތްތައް ހިމެނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: