ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނީލަން ފިހާރަ ހިންގަން ވަގުތީ ބިމެއް ހަމަޖެހިއްޖެ: ހައިދަރު

ޝެއާރކޮށްލާ ކަހަލަދޯ؟

ނީލަން ފިހާރަތައް ހުޅުމާލޭގައި ހިންގަން ވަގުތީ ބިމެއް ހަމަޖެހިފައިވާކަމަށް ހައުސިން މިނިސްޓަރ ޑރ. އަލީ ހައިދަރު ވިދާޅުވެއްޖެއެވެ.

ހަފްތާ 14 ގެ ދަށުން ހައުސިން މިނިސްޓްރީއާއި ހަވާލުކުރެވުނު މަސައްކަތް ހާސިލު ކުރެވުނު މިންވަރާއި ގުޅޭ މައުލޫމާތުތައް ދޭން އެ މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހައިދަރު ވިދާޅުވީ ނީލަން ފިހާރަތައް އަލުން ހުޅުވުމުގެ މަސައްކަތް ފެށުމަށްޓަކައި ހުޅުމާލެއިން ވަގުތީ ބިމެއް ހަމަޖެހިފައިވާ ކަމަށެވެ. އަދި ނީލަން ފިހާރަތައް އަލުން ފެށުމަށް ހަމަޖެހުނު ބިމަކީީ ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގެ އިންޑަސްޓްރިއަލް ޒޯނުން ހަމަޖެހިފައިވާ ބިމެއްކަމަށް މިނިސްޓަރ މައުލޫމާތު ދެއްވިއެވެ.

މިވަގުތު ކުރިއަށް ދަނީ މިބިމުގެ އިން ވަކި ކުރުމާއި ފުރިހަމަ ކުރަން ޖެހޭ އެހެން މަސައްކަތްތައް

ނީލަން ފިހާރަ މީގެ ކުރިން ހިންގާފައިވަނީ މާލޭގެ ކުރީގެ އެއް ނަންބަރު ކުނިކޮށި ސަރަހައްދުގައެވެ.

އެތަނުގައި ނީލަން ފިހާރަ ހިންގަމުން އައިއިރު، އެތައް ފަހަރު އަލިފާނުގެ ހާދިސާތައް ހިނގައި އެސަރަހައްދަށް ވަނީ ބޮޑު ގެއްލުންތަކެއް ވެފައެވެ.

އަލިފާނުގެ ހާދިސާ ހިނގި ދުވަހު “ސަންގު” އަށް ދެއްވި އިންޓަވިއުއެއްގައި ކުރީގެ މާލެސިޓީގެ މޭޔަރ އަދި މިހާރުގެ ރައީސް މުއިއްޒު ވިދާޅުވީ ސިނާއީ ސަރަހައްދުގައި އެކަމަށް ހާއްސަ ސަރަހައްދެއް ކަނޑައަޅައި ވަކިން ރައްކާތެރި ގޮތަކަށް ތަރައްގީ ކުރުމަށް ފަހު، އެ ތަން އެ މީހުންނާ ހަވާލު ކުރަން ރާވާފައިވާ ކަމަށާއި ނަމަވެސް އޭރުގެ ސަރުކާރުން އެ ބިން ދޫކޮށްފައި ނުވާ ކަމަށެވެ.

އެގޮތުން މާލޭގައި މީހުން ދިރިއުޅޭ ސަރަހައްދުތަކުގައި ކޮންމެހެން ހުންނަން ނުޖެހޭ ތަންތަނުގައި ހިތާމަވެރި ހާދިސާތައް ހިނގަމުންދާ އަދަދު ގިނަ ކަމަށާއި އެ ކަންކަން ހައްލު ކުރުމަށް އިންޑަސްޓްރިއަލް ސަރަހައްދު ބޭނުން ކުރުން މުހިންމުކަމަށް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: