ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

1.8 މިލިއަންގެ ސްކޭމް މައްސަލައިގައި 16 އަހަރުގެ ކުއްޖާ ހިމެނޭހެން، ތިން މީހަކަށް ދައުވާ ކުރަނީ!

ފުލުހުންގެ ސެންޓްރަލް އިންވެސްޓިގޭޝަން ކޮމާންޑުގެ ވެރިޔާ ޗީފް ސުޕްރިންޑެންޓް އޮފް ޕޮލިސް އަޙްމަދު ނާފިޒު
ޝެއާރކޮށްލާ ކަހަލަދޯ؟

އާއިލާ މެމްބަރެއް މެދުވެރިކޮށް، އުމުރުން ދުވަސްވީ މީހެއްގެ ފޯނުގެ އިންޓަނެޓް ބޭންކިން ޕާސްވޯޑު ހޯދައި އެކު ފަހަރު މަތިން ފައިސާ ޖަމާކޮށް 1.8 މިލިއަން ރުފިޔާ ފޭރުނު މައްސަލައިގައި ތިން މީހެއްގެ މައްޗަށް ދައުވާކޮށްދޭން އެދި ފޮނުވާފައިވާކަމަށް ފުލުހުން ހާމަކޮށްފި އެވެ.

ސްކޭމްތަކުން ފައިސާ ފޭރޭ މައްސަލަތައް ގިނެވެފައި ވަނިކޮށް، މީގެ ދުވަސްތަކެއް ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފުލުހުން ވަނީ މަކަރާއި ހީލަތުން މީހެއްގެ އެކައުންޓުން ފައިސާ ޖަމާކޮށް އެ ފައިސާ ބޭނުން ކުރި މައްސަލައެއްގެ ތަފްސީލުތައް ހާމަކޮށްފަ އެވެ.

މިއީ ފެބްރުއަރީ މަހުގެ 13 ގައި އެކި ފަހަރު މަތިން މީހެއްގެ އެކައުންޓުން ޖުމްލަ 1.8 މިލިއަން ރުފިޔާ ޖަމާކުރި މައްސަލައެކެވެ. އެ މައްސަލަ ފުލުހަށް ރިޕޯޓު ކުރިތާ 48 ގަޑިއިރުގެ ތެރޭގައި ފައިސާގެ 98 އިންސައްތަ ފުލުހުން ހޯދިއިރު ފައިސާ ބޭނުން ކުރި ގޮތުގެ ތަފްސީލުތަކާއި ސްކޭމްގައި ބައިވެރިވި މީހުންކަމަށް ތުހުމަތު ކުރެވޭ މީހުންގެ ދިރިއުޅޭތަން ބަލައި ފާސްކޮށް ވެސް ބައެއް ފައިސާ ހޯދި އެވެ.

މި މައްސަލައިގައި 16 އަހަރުގެ ކުއްޖެއް ހިމެނޭހެން ތުހުމަތު ކުރެވެނީ ޖުމްލަ ތިން މީހެއްގެ މައްޗަށެވެ. ކުޑަކުދިންގެ އަދުލުގެ ގާނޫނުގެ ދަށުން 18 އަހަރު ނުފުރޭ ކުއްޖާ ބަންދަށް ނުގެނެވޭތީ ފުލުހުން ހައްޔަރު ކުރީ 23 އަހަރުގެ އަންހެނަކާއި، 24 އަހަރުގެ ފިރިހެނެކެވެ.

ސްކޭމްގައި ޝާމިލުވާ ކުޑަކުއްޖާއަކީ، ހާދިސާގައި ފައިސާގެ ގެއްލުން ލިބުނު މީހާގެ އާއިލީ ގުޅުން އޮންނަ ކުއްޖެއްކަމަށް ބައެއް މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފަ އެވެ. އަދި ފައިސާތައް ޖަމާކުރި ޓައިމްލައިނަށް ބަލާއިރު އެ ވަގުތުތައް ދިމާވަނީ ފިރިހެންމީހާ ނަމާދަށް މިސްކިތަށް ދާ ވަގުތާ އެވެ.

ފުލުހުންގެ ކްރައިމް ޑިޕާޓްމަންޓުގެ ބައެއް ތަހުގީގުތަކުގެ މައުލޫމާތުތައް ހިއްސާ ކުރުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލިހުން ބުނީ މި މައްސަލައިގައި ކުޑަކުއްޖާ ހިމެނޭހެން ތިން މީހަކަށް ދައުވާ ކުރަން ފޮނުވާފައިވާ ކަމަށެވެ. ފުލުހުން ބުނީ ތިން މީހުންގެ މައްޗަށް ދައުވާކޮށްދޭން އެދި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވީ މިއަދު ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: