ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޓެލެގްރާމް ގުރޫޕްތަކުގެ މައްސަލަ: ހަށިވިއްކުމުގެ ވިޔަފާރިއަށް ބޭރުން މީހުން ގެނައި، ބޭނުން ކުރަމުން ދިޔައީ ވަކި ޓެކްސީއެއް!

ޝެއާރކޮށްލާ ކަހަލަދޯ؟

ޓެލެގްރާމްގައި އެކި ނަންތަކުގައި ދެ މީހެއް ޝާމިލުވެގެން ހިންގަމުން ދިޔަ ހަށިވިއްކުމާއި މަސްތުވާތަކެތީގެ ވިޔަފާރިއަށް މަގުފަހި ކުރުމުގެ ގޮތުން އެކަމަށް ހާއްސަކޮށް ވަކި ޓެކްސީއެއް ގެންގުޅުނުކަމަށް ފުލުހުން ބުނެފި އެވެ.

ބޮޑެތި ކުށްތަކަށް އަރައިގަނެ، ”ޖަޒީރާ އެޑްމިން”، ”ޖަޒީރާ ގާލްސް“ އަދި ”ޖަޒީރާ އެސްކޯޓް ގެލެރީ“ އާއި ”ޖަޒީރާ ސްކޭމް އެލާޓްވ ގެ އިތުރުން ”ޖަޒީރާ ލިންކް“ ގެ ނަމުގައި ޓެލެގްރާމްގައި ހިންގަމުން ދިޔަ ގުރޫޕުތަކެއް ފުލުހުން ހިފެހެއްޓީ މި މަހުގެ 06 ވަނަ ދުވަހު އެވެ.

އެ މައްސަލައިގެ މައުލޫމާތުތައް އާންމުކޮށް ފުލުހުން ބުނީ 2023 ވަނަ އަހަރުން ފެށިގެން ހިންގަމުން ދިޔަ ޓެލެގްރާމްގެ ފަސް ގުރޫޕެއް ތަހުގީގުކޮށް 28 އަހަރުގެ ފިރިހެނަކާއި، 39 އަންހެނެއް ހައްޔަރު ކުރިކަމަށެވެ. އަދި ބުނެފައި ވަނީ މާލެ ސަރަހައްދުގެ ހަތަރުތަނެއް ބަލާ ފާސްކުރުމަށް ފަހު ތަހުގީގުގެ ބޭނުމަށް ހެކީގެ ގޮތުގައި ބައެއް ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށެވެ.

މި ގްރޫޕްތަކަށް އެކްސެސް ނުކުރެވޭހެން، ސެއިޒްކޮށްފައިވާއިރު ހައްޔަރުގައި ތިބި ދެ މީހުން ވެސް އެ މީހުންގެ މަސައްކަތާއި ނުބައްދަލު މާލީ ބޮޑެތި މުއާމަލާތްތަކެއް ހިންގާފައިވާކަމަށެވެ.

ފުލުހުންގެ ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑުގެ ތަހުގީގުތަކުގެ މައުލޫމާތުތައް ދޭން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ސައިބަރ ޕޮލިސީން ސެންޓަރުގެ އިންވެސްޓިގޭޝަން އޮފިސަރު އިންސްޕެކްޓަރ އޮފް ޕޮލިސް އާމިނަތު މުހައްމަދު ވިދާޅުވީ މިދިޔަ އަހަރުން ފެށިގެން ހިންގަމުން އައި އެ ވިޔަފާރިއަށް ހަށިވިއްކުން މަގުފަހި ކުރުމުގެ ގޮތުން އެކަމަށް ވަކި ހާއްސަ ޓެކްސީއެއް ގެންގުޅުނުކަމަށެވެ.

ތަހުގީގަށް މިހާތަނަށް ހޯދުނު މައުލޫމާތުތަކުން އެނގޭ ގޮތުގައި، ހަށިވިއްކުމުގައި ބޭނުން ކުރަން ރާއްޖެއިން ބޭރުން ވެސް ބައެއް މީހުން ގެނެސްފައިވާކަމަށް އާމިނަތު ވިދާޅުވި އެވެ. އަދި ބައެއް ދިވެހިން ވެސް ހަށިވިއްކުމުގެ ވިޔަފާރީގައި ބޭނުންކޮށްފައިވާކަމަށް އޭނާ ވިދާޅުވި އެވެ.

ފައިސާގެ ބޮޑެތި މުއާމަލާތްތައް ވެސް ކުރިކަމުގެ ތުހުމަތު ކުރެވޭ މި މައްސަލައިގެ ތެރޭގައި ދެ މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައުރުވެފައިވާކަމަށް ވެސް އާމިނަތު ވަނީ ވިދާޅުވެފަ އެވެ. ގިނަ އަދަދެއްގެ ބަޔަކު ޓެލެގްރާމް ގުރޫޕަށް މެސެޖު ކުރާއިރު މަސްތުވާތަކެތި ހޯދުމަށާއި، ހަށިވިއްކުމަށް ވެސް ވާހަކަ ދެކެވިފައިވާކަމަށް އޭނާ ވިދާޅުވި އެވެ.

މިއީ ރާއްޖޭގައި މިހާ ފުޅާދާއިރާއެއްގައި މިފަދަ ބާވަތުގެ މައްސަލަ ހިންގި ފުރަތަމަ ޗެނަލްކަން ވެސް ފާހަގަކޮށްލަން. ތަހުޤީޤަށް ފާހަގަކުރެވުނީ މި ހިދުމަތްތައް ދިނުމަށް ރާއްޖެއިން ބޭރުން މީހުން ގެނެސްފައިވާކަން، ދިވެހިން ވެސް މީގެ ތެރޭގައި ހިމެނޭ. ހަށިވިއްކުމަށްޓަކައި ހާއްސަ ޓެކްސީއެއް ގެންގުޅުނުކަން ފާހަގަކުރެވުނު.

މައްސަލައިގައި ހައްޔަރު ކުރި މީހުންގެ މައްޗަށް ކުރަނީ މަނީ ލޯންޑްރިންއާއި ޑްރަގް ޓެރެފިކިން އަދި ހަށިއްވިއްކުމާއި ހަށިވިއްކުމަށް ހިތްވަރު ދިނުމާއި، އޮރިޔާން ކާޑު އުފެއްދުމާއި، އިރުޔާން ކާޑު ބެހުމުގެ ކުށުގެ ތުހުމަތެވެ.

ހައްޔަރުގައި ތިބި ދެ މީހޫންގެ ވެސް މާލީ މުއާމަލާތްތަކަށް ބަލާއިރު ފުލުހުން ބުނީ އެ މީހުން ކުރާ މަސައްކަތާއި ނުބައްދަލު ގިނަ އަދަދެއްގެ މާލީ މުއާމަލާތްތަކެއް ހިންގާފައިވާކަމަށެވެ. އެ މީހުންގެ ބަންދާއި މެދު ގޮތެއްގެ ނިންމަން ކޯޓަށް ހާޒިރު ކުރުމުން ފުރަތަމަ ފަސް ދުވަސް ދިނުމަށް ފަހު މިހާރު ވަނީ އިތުރު 30 ދުވަސް ބަންދަށް ޖަހާފަ އެވެ.

ވަރަށް ގަދަ
33%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 67%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: