ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގިރާވަރު ފަޅުގެ ލޭންޑް ޔޫސް ޕްލޭން އެކުލަވާލުމަށް ގޯތި ލިބުން މީހުންގެ ހިޔާލު ހޯދަނީ

ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު/ ފޮޓޯ: ފައިލް
ޝެއާރކޮށްލާ ކަހަލަދޯ؟

ގިރާވަރު ފަޅުގެ ލޭންޑް ޔޫސް ޕްލޭން އެކުލަވާލުމަށް އެތަނުން ގޯތި ލިބުން ފަރާތްތަކުގެ ހިޔާލު ހޯދުމަށް ހައުސިން މިނިސްޓްރީން ނިންމައިފިއެވެ.

މިކަމަށްޓަކައި ހާއްސަ ބައްދަލުވުމެއް ބާއްވަން ނިންމާފައިވާއިރު، މި ބައްދަލުވުން އޮންނާނެކަމަށް މިނިސްޓްރީން ބުނީ އަންނަ ހަފްތާގެ ބުދަ ދުވަހުއެވެ.

އެތަނުން ގޯތި ލިބުނު މީހުންނަށް މި ބައްދަލުުމަށް ދައުވަތުދެއްވާފައިވާއިރު، ހިޔާލު ހުށައެޅުމަށް ބޭނުންވާ ފަރާތްތަކުން ރަޖިސްޓްރީ ވާން ޖެހެއެވެ. މިކަމަށް ކޮށްފައިވާ އިއުލާނާއިއެކު ފުރަން ޖެހޭ ފޯމު މިނިސްޓްރީއިން ވަނީ އާންމުކޮށްފައެވެ.

މިހާރުވެސް ލޭންޑް ޔޫސް ޕްލޭންއެއް އެކުލަވާލާފައިވާކަން ފާހަގަކުރެވެއެވެ.

މިކަމާއި ގުޅޭ މައުލޫމާތު ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައާ ބެހޭ ކޮމެޓީގައި ހައުސިން މިނިސްޓަރު އަލީ ހައިދަރު ވަނީ ހިއްސާ ކުރައްވާފައެވެ. ގިރާވަރުފަޅުގައި ގޯތިތައް ކުރިން ދީފައި ހުރީ އެއްވެސް ޕްލޭނެއްގެ ދަށުން ނޫންކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މި ސަރުކާރުން އެ ޕްލޭންތައް ހަދައި ފައިނަލްކޮށްފައިވާކަމަށްވެސް ވިދާޅުވިއެވެ. އެގޮތުން ތަނުގެ ލޭންޑް ޔޫސް ޕްލޭން ހަދައިފައިވާނީ މީހުންނަށް ދިރިއުޅެވޭނެ ގޮތަށްކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: