ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އުރީދޫއިން ކުރިއަށްގެންދާ ބައެއް ހަރަކާތްތަކުގެ ޕާޓްނަރެއްގެ ގޮތުގައި ޤިބްލަ ހައްޖު އަދި އުމްރާ ގުރޫޕާއެކު ސޮއިކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

އުރީދޫ މޯލްޑިވްސްއިން މި ރޯދަމަހު ކުރިއަށްގެންދާ ބައެއް ހަރަކާތްތަކުގެ ޕާޓްނަރެއްގެ ގޮތުގައި ޤިބްލަ ހައްޖު އަދި އުމްރާ ގުރޫޕާއެކު ސޮއިކުރެވުނުކަން އިއުލާނުކޮށްފިއެވެ.

މިއާއެކު އުރީދޫގެ ކަސްޓމަރުންނަށް 2 އުމްރާ ދަތުރު ހޯދުމުގެ ފުރުސަތު މިވަނީ ފަހިވެފައެވެ.

މި ރޯދަމަހު އުރީދޫގެ ސޯޝަލް މީޑިއާ މެދުވެރިކޮށް ކުރިއަށްގެންދާ އުރީދޫ ރޯދަ ކުއިޒަކީ ޕީސް ފައުންޑޭޝަން އަދި ޤިބްލަ ގުރޫޕާއެކު ކުރިއަށް ގެންދެވޭ ކުއިޒެކެވެ.

މި ކުއިޒުގައި ބައިވެރިވުމަށް އުރީދޫގެ ސޯޝަލް މީޑިއާގައި އާއްމުކުރެވޭ ސުވާލުތަކަށް ދީފައިވާ ސުންގަޑީގެ ކުރިން ޖަވާބު ކޮމެންޓު ކުރެވޭނެ އެވެ.

ދީނީ މައުލޫމާތު ކަސްޓަމަރުންގެ ތެރޭގައި އިތުރުކުރުމުގެ މަގްސަދުގައި ކުރިއަށްގެންދެވޭ މި ކުއިޒުގެ ބޮޑު އިނާމަކަށް ޤިބްލަ ހައްޖު އަދި އުމްރާ ގުރޫޕުގެ ފަރާތުން ހުށައަޅާފައިމިވަނީ އުމްރާ ދަތުރެކެވެ.

އުރީދޫއިން ބުނީ މި އިނާމު ލިބިވަޑައިންނަވާނީ އެންމެ ގިނަ ސުވާލުގެ ޖަވާބު ރަގަޅު ކުރާ ފަރާތަކެވެ. އެއްފަރާތަށް ވުރެ ގިނަ ފަރާތުން ރަގަޅު ޖަވާބުތައް ދިވާކުރައްވާފައިވާނަމަ, އިނާމު ލިބިވަޑައިންނަވާނީ ގުރުވަތުން ހޮވޭ ފަރާތަކަށް ކަމަށެވެ.

މީގެ އިތުރުން އުރީދޫގެ އަތޮޅު ދުވުން ގޭމުގެ މާރިޗު މަހުގެ ގިފްޓް ޕާޓްނަރ އަކީވެސް ޤިބްލަ ހައްޖު އަދި އުމްރާ ގުރޫޕެވެ. އަދި މާރިޗު މަހުގެ ލީޑަރބޯޑުގެ އެއްވަނައަށް ދާ ފަރާތަކަށް (31 މާރިޗު 2024, 11:59 ނިޔަލަށް) 2 މީހެއްގެ އުމްރާ ދަތުރު ވަނީ ހުށައަޅާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: