ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކްލިކް ޤުރްއާން މުބާރާތް، މާފަންނު މަދުރަސާ އާއިއެކު ކުރިއަށް!

ޝެއާރކޮށްލާ ކަހަލަދޯ؟

މާފަންނު މަދަރުސާ އާއި ގުޅިގެން ކްލިކް ކޮމްޕިއުޓަރސްއިން “ކްލިކް ޤުރްއާން މުބާރާތް 1445” ބާއްވައިފިއެވެ.

“ކްލިކް ޤުރްއާން މުބާރާތް 1445” ބާއްވާފައިވަނީ މާފަންނު މަދަރުސާގައި ދެ ދުވަހުގެ މުއްދަތަށް ކަމަށް ކްލިކް އިން ވަނީ ބުނެފައެވެ. އެހެންކަމުން މި ޤުރުއާން މުބާރާތަކީ މިމަހުގެ 20 އިން 21 ގެ ނިޔަލަށް ކުރިއަށް ގެންދާ މުބާރާތެކެވެ.

ކްލިކް ޤުރްއާން މުބާރާތުގެ ނަތީޖާ ފާޅުކުރުން އޮންނާނީ އަންނަ މަހުގެ ފަހުކޮޅު ކަމަށް ކްލިކް އިން ވަނީ މައުލޫމާތު ދީފައެވެ.

މިފަހަރުގެ ކްލިކް ޤުރްއާން މުބާރާތް ހަމައެކަނި މާފަންނު މަދުރުސާ އާއި އެކު ބޭއްވި ނަމަވެސް ކްލިކްގެ އަމާޒަކީ މި މުބާރާތް އިތުރަށް ފުޅާކޮށް އަންނަ އަހަރުގެ ރޯދަ މަހު ހުރިހާ ޕްރީ-ސްކޫލެއް އެއްކޮށްލައިގެން މުބާރަތް ބޭއްވުން ކަމަށް ކްލިކް ވަނީ ބުނެފައެވެ. އަދި އެ މުބާރާތް ބޭއްވުމަށް މިހާރުވެސް ކްލިކް އިން ގިނަ މަަސައްކަތްތަކެއް ކުރަމުންދާކަމަށް ވަނީ މައުލޫމާތު ދީފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: