ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުޑަކުދިންގެ އޮރިޔާން ފޮޓޯ ގެންގުޅުނު މީހާއަށް ދައުވާއެއް ނުކުރޭ، ހެދީ ނަސޭހަތުގެ އެއްބަސްވުމެއް!

ޖިންސީ ގޯނާއާއި ދެކޮޅަށް ވީއޯސީއިން އިންތިޒާމުކޮށްގެން ކުރިޔަށް ގެންދާ ހަރަކާތްތަކުގެ ތެރެއިން/ ފޮޓޯ: ސަން
ޝެއާރކޮށްލާ ކަހަލަދޯ؟

ކުޑަކުދިންގެ ބަރަހަނާ ފޮޓޯތަކެއް ޑައުންލޯޑު ކުރިކަމުގެ ތުހުމަތުގައި ދައުވާކޮށްދޭން އެދި ޕްރޮސެކިއުޓާރ ޖެނެރަލްފެ އޮފީހަށް ފޮނުވި މައްސަލައެއްގައި އޭނާއަށް ދައުވާ ނުކޮށް ނަސޭހަތުގެ އެއްބަސްވުމެއް އެކުލަވާލައިފި އެވެ.

މީގެ ދުވަސްތަކެއް ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފުލުހުންގެ އެކްޓިން ހެޑް އޮފް ކްރައިމް އެގެއިންސްޓް ޗިލްޑްރަން، ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް އަހުމަދު ސަފްއަތު ރައޫފް ވަނީ ކުޑަކުދިންގެ ބަރަހަނާ ފޮޓޯއާއި ވީޑިއޯތައް ޑައުންލޯޑު ކުރުމުގެ މައްސަލަ ވަރަށް ބޮޑުވަމުން ކަމަށެވެ. އަދި އެފަދަ ކަންކަން މޮނީޓާރ ކުރުމުގެ މަސައްކަތް ފުލުހުން ކުރަމުން ދާއިރު، އެ ދުވަހުގެ ބައްދަލުވުމުގައި ސަފްއަތު ވަނީ އެ ފަދަ ފުރަތަމަ މައްސަލަ ތަހުގީގުކުރުމަށް ފަހު، 32 އަހަރުގެ ދިވެހި ފިރިހެނެއްގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ފޮނުވާފައިވާކަމަށް ވިދާޅުވެފަ އެވެ.

ސަފްއަތު ވިދާޅުވީ ފިރިހެން މީހާގެ މައްޗަށް ދައުވާކޮށް ދޭން އެދި ފޮނުވީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ކަމަށެވެ. އެހެން ނަމަވެސް މިއަދު މީޑިއާތަކުގައި ވަނީ ޕީޖީގެ މީޑިއާ އޮފިޝަލާ ހަވާލާ ދީ ފިރިހެން މީހާގެ މައްޗަށް ދައުވާ ނުކޮށް ހެދީ ނަސޭހަތުގެ އެއްބަސްވުމެއްކަން ރިޕޯޓުކޮށްފަ އެވެ. ޕީޖީ އޮފީހުން ބުނެފައި ވަނީ ކުޑަކުދިންގެ އޮރިޔާން ކާޑު ގެންގުޅުން ގާނޫނުގައި ވަކި ކުށެއްގެ ގޮތުގައި ނޯންނަ ކަމަށާއި ހަމަ އެކަނި އޮންނަނީ އޮރިޔާން ކާޑު ގެންގުޅުމުގެ ކުށް ކަމަށެވެ.

މިއީ އަސާސީ އަދަބަކަށް 1 މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް އޮންނަ ކުށެކެވެ.

ފިރިހެން މީހާއާއި އެކު ނަސޭހަތުގެ އެއްބަސްވުމެއް ހެދީ މިދިޔަ ނޮވެމްބަރު މަހު އެވެ. އިއުތިރާފުގެ އެއްބަސްވުމެއް ހެދީ ޕީޖީ އޮފީހުން ބުނިގޮތުގައި ތުހުމަތު ކުރެވޭ މީހާ ކުށުގައި ބައިވެރިވީ މިންވަރަށް ރިއާޔަތް ކުރުމަށް ފަހު އެވެ. އަދި އޭނާ ކުށަށް އިއުތިރާފުވެ، ކުރެވުނު ކުށަށް ދެރަވާކަން ހާމަކޮށްފައި ވާތީ އެއް އަހަރުގެ މުއްދަތަކަށް ނަސޭހަތުގެ އެއްބަސްވުމެއް ހެދީކަމަށް އޮފިޝަލް ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 50%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 50%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: