ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ލޯބީގެ އަސަރުގަދަ ސީރީޒް “ޝަރުތު” މާރޗް 4ގައި ވީޑިއޯކްލަބުން

ޝެއާރކޮށްލާ ކަހަލަދޯ؟

ލޯބީގެ ތަފާތު، ފުން އަސަރުތަކެއް ހިމެނޭ ވާހަކައެއްގެ މައްޗަށް ބިނާކޮށް ތައްޔާރުކޮށްފައިވާ ސީރީޒް “ޝަރުތު”ގެ ފުރަތަމަ 06އެޕިސޯޑު މިހާރު މީޑިއާނެޓުގެ ވީޑިއޯކްލަބް މެދުވެރިކޮށް ޓީވީ އަދި މޯބައިލް ޑިވައިސްތައް މެދުވެރިކޮށް ބަލާލެވޭނެއެވެ. މިއީ އެމް އެސް އޮރިޖިނަލްސް ބެނާރގެ ދަށުން ތައްޔާރުކޮށްފައިވާ ސީރީޒްއެއްކަން ފާހަގަކޮށްލެވެއެވެ.

މި ސީރީޒްގައި ޖުމްލަ 15 އެޕިސޯޑު ހިމެނެއެވެ. މި ސީރީޒްގައި ފެނިގެންދާނީ މައި ކެރެކްޓަރ ދާނިސް އޭނާގެ ބައްޕަގެ އެދުމުގެ މަތިން ހިތާއި ދެކޮޅަށް އޭނަ ލޯބިވާ އަންހެން ކުއްޖާ ޒޯޔާގެ ބެސްޓްފްރެންޑް ތާރާ އާއި މަޖުބޫރުން ކައިވެނި ކުރުމަށްފަހު ދިމާވާ އެކިއެކި ހާދިސާތަކެވެ. ކައިވެންޏަށްފަހު ދާނިސް އާއި ގާތްވުމަށް ތާރާ ކުރާ މަސައްކަތާއި އެކަމުން ރެކެން ދާނިސްކުރާ މަސައްކަތް މި ސީރީޒްގައި ފެނިގެންދާނެއެވެ. އަދި ދާނިސް އާއި ޒޯޔާގެ ލޯބީގެ ގުޅުމަށް ކައިވެންޏާއި ހެދި ބުރޫއަރައި ދިމާވާ އެކި އެކި ކަންކަންވެސް މި ސީރީޒްއިން ފެނިގެންދާނެއެވެ.

މި ސީރީޒްގެ މައި ރޯލުތަކުން ފެނިގެންދާ ތަރިން ތެރޭގައި ތާރާގެ ރޯލުން ފެނިގެންދާ ދިވެހިންގެ ތެރޭގައި މަގްބޫލު ތަރި އައިޝަތު ލަހުފާ (ލާރކް) ފާހަގަކޮށްލެވެއެވެ. މީގެ އިތުރުން ފިލްމީ އިންޑަސްޓްރީގައި ހަރުފަތްތައް ގިރާކުރަމުން އަންނަ ތަރިން ކަމުގައިވާ ޝާފިއު މުޙައްމަދު (ޝާފީ) އަދި ޝަހީދާ މުޙައްމަދު (ޑޯރާ) މި ސީރީޒްގެ އިސް ރޯލުތަކުން ފެނިގެންދާނެއެވެ. މި ސީރީޒްގެ ޝޫޓިންގް ކުރިއަށް ގޮސްފައިވަނީ ޅ އަތޮޅުގެ ހިތްގައިމު ރަށެއް ކަމުގައިވާ ކުރެންދޫގައެވެ.

މި ސީރީޒް ޑައިރެކްޓް ކޮށްފައިވަނީ މީގެ ކުރިންވެސް މަގްބޫލު ސީރީޒްތަކެއް ދިވެހިންނާއި ހަމައަށް ގެނެސްދީފައިވާ ހުނަރުވެރި ފަރާތެއް ކަމުގައިވާ މުޙައްމަދު އަބޫބަކުރު (މާއެނބޫ) އެވެ. މާއެނބޫގެ ޑައިރެކްޝަނެއް ކަމުގައިވާ އެމް އޮރިޖިނަލްސް ބެނާރގެ ދަށުން ތައްޔާރުކުރި ސީރީޒް “ހިތް ކަލާޔަށް އެދޭތީ” އަކީ ވީޑިއޯ ކްލަބް ޚިދުމަތުގެ އެންމެ މަގްބޫލު އެންމެ ގިނަބަޔަކު ބެލި ސީރީޒްތަކުގެ ލިސްޓުގެ ގަދަ 5 ގައި ހިމެނޭ ސީރީޒްއެއްކަން ފާހަގަކޮށްލެވެއެވެ.

މިއަހަރުގެ ފެބްރުއަރީ 14ވަނަ ދުވަހު ވީޑިއޯ ކްލަބުންވަނީ އެ ޚިދުމަތުގެ 03ވަނަ އަހަރީ ދުވަސް ފާހަގަކޮށްފައެވެ. މިގޮތުން އަހަރީ ދުވަހާ ދިމާކޮށް ވީޑިއޯކްލަބުންވަނީ މިފަހުން ސިނަމާގައި ރިލީޒްކުރި އެންމެ މަގްބޫލު އެއް ފިލްމު ކަމުގައިވާ “ނޮވެމްބަރ” ބެލުންތެރިންނާއި ހަމައަށް ދޫކޮށްލާފައެވެ. ވީޑިއޯ ކްލަބުން އަންނަނީ އެމް އޮރިޖިނަލްސް ބެނާރގެ ދަށުން ދިވެހި އަމިއްލަ އުފެއްދުންތަކަށް ޙާއްސަ އިސްކަމެއް ދީގެން، ދިވެހިންނާއި ހަމައަށް ދިވެހިންގެ ރަހަތަކާއި ގުޅޭ، މުނިފީހިފިލުވަނިވި ފިލްމާއި ސީރީޒް ގެނެސްދެމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: