ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބޭންކް އޮފް މޯލްޑިވްސް އިން އައު ޗެއަރޕާސަނެއް އައްޔަންކޮށްފި

އަލްފާޟިލް ޙަސަން ޒަރީރު
ޝެއާރކޮށްލާ ކަހަލަދޯ؟

ބޭންކް އޮފް މޯލްޑިވްސްގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއަރޕާސަންގެ މަގާމަށް އަލްފާޟިލް ޙަސަން ޒަރީރު، ހުޅުމާލެ. ފްލެޓް ނަންބަރު C1-3-B އައްޔަންކޮށްފިއެވެ. މި މަގާމަށްޙަސަން ޒަރީރު އައްޔަންކޮށްފައިވަނީ މިރޭ ބޭއްވި ބޭންކުގެ ހާއްސަގޮތުން ކުރާ އާންމު ޖަލްސާ (އީޖީއެމް) އަށް ފަހު ބޭއްވުނު ބޭންކުގެ ޑިރެކްޓަރުންގެ ބޯޑުގެ ބައްދަލުވުމުގައެވެ.

ބޭންކުގެ ބޯޑު ޑިރެކްޓަރުގެ މަގާމަށް އަލްފާޟިލް ޢަލީ ފާރިސް މުޙައްމަދު، ގ. ސިނަމާލެ 3 35-04 ވަނީ އީޖީއެމްގައި އައްޔަންކޮށްފައެވެ. އަލަށް އައްޔަންކުރި ދެ ޑިރެކްޓަރުންނާއެކު، ބޭންކުގެ ބޯޑު ޑިރެކްޓަރުންނަކީ:

1.  މރ. ކާރލް ސްޓުމްކަ (ޗީފް އެގްޒެކެޓިވް އޮފިސަރ އަދި މެނޭޖިންގ ޑިރެކްޓަރ)
2. އަލްފާޟިލާ ޢާއިޝަތު ނޫރައްދީން، މ. ތާނގީދޮށުގެ
3. އަލްފާޟިލް ޙަސަން ޒަރީރު، ހުޅުމާލެ. ފްލެޓް ނަންބަރު C1-3-B
4. އަލްފާޟިލާ ޖުވައިރިޔާ ސަޢީދު، މއ. ކޮށީގެ
5. އަލްފާޟިލް ޢަބްދުﷲ ޙަސަން، ނަސީމާ މަންޒިލް، ރ. އަލިފުށި
6. އަލްފާޟިލާ ޢާއިޝަތު ސަޖްނީ، ތަރިވިދާގެ، ސ. ހިތަދޫ
7. އަލްފާޟިލް ޢަލީ ފާރިސް މުޙައްމަދު، ގ. ސިނަމާލެ 3 35-04
8. އަލްފާޟިލް އިބްރާހީމް މުޙައްމަދު، ނެލުމް، ނ. ހޮޅުދޫ
9. އަލްފާޟިލް އަޙްމަދު މުޙައްމަދު، ގ. އުފާ
10. އަލްފާޟިލް އަބްދުالله ނަސީމް، ކަރަންކާ ވިލާ، ހއ. ފިއްލަދޫ
ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: