ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިރުފާން އަނެއްކާވެސް ޝަރީއަތް ނިމެން ދެން ބަންދަށް!

އައްޑޫ ހުޅުދޫ/ ދޭލިއާގެ، އިރުފާން ތަގިއްޔު
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެއަށް 72 ކިލޯގެ މަސްތުވާތަކެތި އެތެރެ ކުރިކަމުގެ މައްސަލައިގައި ދައުވާ އުފުލާފައިވާ އައްޑޫ ހުޅުދޫ/ ދޭލިއާގެ، އިރުފާން ތަގިއްޔު ބަންދުން ދޫކުރީ ގާނޫނާ ހިލާފަށްކަމަށް ނިންމައި އަލުން ގޮތެއް ނިންމުމަށް އަމުރު ކުރުމުން ދަށު ކޯޓުން އަނެއްކާވެސް އޭނާ ޝަރީއަތް ނިމެން ދެން ބަންދުކުރުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

އިރުފާން ބަންދުގައި ހުއްޓައި ކްރިމިނަލް ކޯޓުން އޭނާ ޝަރުތުތަކެއް ކުރުމަށް ފަހު ދޫކުރީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު އެވެ. އަދި އެ މައްސަލަ ދައުލަތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން، އެ ކޯޓުން ވަނީ އިރުފާން ދޫކޮށްލަން ކުރި ހުކުމަށް ތާއީދުކޮށްފަ އެވެ. އެހެންވެ ޕްރޮސެކިއުޓާރ ޖެނެރަލްގެ އޮފީހުން އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅީ އެވެ.

މި މައްސަލައިގައި އިރުފާންގެ މައްޗަށް އުފުލާފައި ވަނީ ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާ އެވެ.

ސުޕްރީމް ކޯޓުގެ އަމުރުގައި ވަނީ ހަތް ދުވަހުގެ ތެރޭގައި އިރުފާންގެ ބަންދާ މެދު ގޮތެއް ނިންމުމަށެވެ. އެހެންވެ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ކްރިމިނަލް ކޯޓުގައި އެދުނީ ޝަރީއަތް ނިމެން ދެން އިރުފާން އަލުން ބަންދު ކުރުމަށެވެ.

މި މައްސަލަ ސުޕްރީމް ކޯޓުން ބެލުމަށް ފަހު، ކޯޓުން ވަނީ ބަންދުގައި ތިބޭ މީހުންގެ ބަންދު މުރާޖައާ ކުރުމާ ބެހޭ އުސޫލު އިތުރަށް ހަރުކަށިކޮށް ވަރުގަދަ އުސޫލުތަކެއް ކަނޑައަޅާފަ އެވެ. އެގޮތުން ބަންދުން ދޫކުރާއިރު އަސްލު މައްސަލައިގެ ހެކިތަކާ ގުޅޭގޮތުން ދެކޭ ގޮތް ހާމަނުކުރެވޭނެކަމަށް ނިންމާފައި ވެއެވެ.

ހުކުމުގައި ބުނެފައި ވަނީ އެކަމަށް ރިއާޔަތް ކުރި މުއްތަހަމް ރިމާންޑު ބަންދުން ދޫކުރާ އަމުރުގައި އޭނާ ބަންދުން ދޫކޮށްލާ ސަބަބު ބަޔާން ކުރުމުގެ ތެރޭގައި ހިނގަމުން ދާ އަސްލު މައްސަލައިގެ ހެކިތަކާ މެދު ބަހުސްކޮށް ހެކިތަކުން ޝަރީއަތް ކުރާ ދޭހަވާ ގޮތާއި ހެކިތަކުގެ ބުރަދަން ހާމަކުރުމުން ޝަރީއަތުގައި ހިނގަމުން ދާ އަސްލު މައްސަލައިގައި ހުކުމުގެ މުއާމަލާތް ކެނޑި ޝަރީއަތުގެ މައްސަލައަށް އަސަރު ކުރާނެކަމަށް ހުކުމުގައި ވަނީ ބުނެފަ އެވެ.

ހުކުމުގައި ވަނީ އެ ނޫން ގޮތަށް ކަން ހިނގައިގެން ނުވާނެކަމަށާއި، ޝަރީއަތްކޮށް މައްސަލައިގެ ހުކުމް ކުރުމުގެ ކުރިން އެ ހެކިތަކާއި މެދު ފަނޑިޔާރަށް ފެންނަ ގޮތް ހާމަކޮށްގެން ނުވާނެ ކަމަށެވެ.

މައްސަލައިގެ ހުކުމުގައި އިތުރަށް ބުނެފައި ޝަރީއަތް ނިމެން ދެން ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވާ މީހާގެ ރިމާންޑު ބަންދު ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 60 ވަނަ މާއްދާގެ (ވ) ގައިވާގޮތުގެ މަތީން މުރާޖައާ ކުރުމުގައި ވެސް ފަނޑިޔާރުން ތަތުބީގު ކުރަން ވާނީ މީގެ ކުރިން ސުޕްރީމް ކޯޓުން ބެލި މައްސަލައިގައި ވެސް ބަޔާންކޮށްފައިވާ ހަމަތަކަށް ކަމަށެވެ.

އެއީ ރިމާންޑަށް ބަންދު ކުރުމުގައި ކުށުގެ ތުހުމަތު ކުރެވޭ މީހާގެ މައްޗަށް އެކަށީގެންވާ މިންވަރަށް ހެކި ހުރެފައި ގާނޫނުއަސާސީގެ 49 ވަނަ މާއްދާގައި ބުނެފައިވާ ހަތަރު ހާލަތުން ކުރެ ހާލަތެއް އޮތް ތޯ ނުވަތަ ނެތް ތޯ ބެލުމެވެ. އެ މާއްދާގައި ބަޔާން ކުރާ ހާލަތެއް އޮތްކަން ޕްރެކިއުޝަނުން ދައްކައިދޭން ވާނީ އެފަދަ ހާލަތެއް ވުޖޫދުގައި އޮތްކަމަށް ފަނޑިޔާރަށް ގަބޫލު ކުރެވޭ މިންވަތަށް ކަމަށް ވެސް ހުކުމުގައި ވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: