ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރެހެންދި އެވޯޑަށް ކުރިމަތިލުމަށް ހުޅުވާލައިފި

ރެހެންދި އެވޯޑަށް ކުރިމަތިލުމަށް ހުޅުވާލުން.
ޝެއާރކޮށްލާ ކަހަލަދޯ؟

ރެހެންދި އެވޯޑަށް ކުރިމަތިލުމަށް ހުޅުވާލައިފިއެވެ.

ރެހެންދި އެވޯޑަކީ، ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަހާ ގުޅުވައިގެން 2014 ވަނަ އަހަރުން ފެށިގެން، އަހަރަކު އެއްފަހަރު، ޤައުމީ ޚިދުމަތުގައި އެކިއެކި ދާއިރާއިން އަންހެނުން ކުރާ މަސައްކަތްތަކާއި، ދިވެހިރާއްޖޭގެ ޤައުމީ ތަރައްޤީއަށާއި މުޖުތަމަޢު ބިނާކުރުމަށް އަންހެނުން އަދާކުރާ ދައުރުގެ އަގު ޤައުމީ ފެންވަރެއްގައި ވަޒަންކޮށް، އަންހެނުން ބާރުވެރިކުރުވުމުގެ ގޮތުން މިވުޒާރާއިން ދޭ ޚާއްޞަ އެވޯޑެކެވެ.

މި އެވޯޑު ލިބޭ ފަރާތްތައް ކަނޑައަޅާނީ، މިވުޒާރާއިން މިކަމަށް އެކުލަވާލާފައިވާ “ރެހެންދި އެވޯޑު އިވެލުއޭޝަން ކޮމިޓީ” އިންނެވެ. ރެހެންދި އެވޯޑުގެ ގޮތުގައި ދޭނީ ޝީލްޑަކާއި، ޤައުމީ އެކިއެކި މުނާސަބަތުގައި ބޭނުންކުރެވޭގޮތަށް ފަރުމާ ކޮށްފައިވާ ހެދުމުގައިޖަހާ ރަމްޒީ “ބުރޫޗް” އެކެވެ.

ރެހެންދި އެވޯޑުގެ މަޤްޞަދަކީ ދިވެހިރާއްޖޭގެ ތަރައްޤީއާއި ކުރިއެރުމަށް ކުރާ މަސައްކަތްތަކުގައި އަންހެނުންގެ ބައިވެރިވުން އިތުރުކޮށް، ޤައުމީ ޚިދުމަތަށް އިތުރު އަންހެނުން ނިކުތުމަށް ހިތްވަރުދިނުމެވެ. ހަމަމިއާއެކު، އަންހެނުން ކުރާ އަގުހުރި މަސައްކަތްތަކާއި އަންހެނުން ޙާޞިލުކޮށްފައިވާ ކާމިޔާބީތައް ފާހަގަކޮށް އަގުވަޒަންކުރުމެވެ. މީގެއިތުރުން، އަންހެނުންގެ ބައިވެރިވުން މަދު ދާއިރާތަކަށާއި މުޖުތަމަޢަށް އަލަށް ތަޢާރުފުވާ ދާއިރާތަކުގައި އަންހެނުންގެ ހިއްސާ އިތުރުކުރުންވެސް މި އެވޯޑުގެ މައިގަނޑު މަޤްޞަދުތަކުގެ ތެރޭގައި ހިމެނެއެވެ.

މި އެވޯޑު ދެވޭނީ މިއެވޯޑަށް ހުށަހެޅުމަށް ތައްޔާރުކުރެވިފައިވާ ފޯމު ފުރިހަމަކުރުމަށްފަހު އެ ދާއިރާއަކާ ގުޅުންހުރި ލިޔެކިޔުންތައް ހުށަހަޅާ ފަރާތްތަކުގެ ތެރެއިން މިއެވޯޑަށް ޝަރުތު ހަމަވާ ފަރާތްތަކަށެވެ. މިގޮތުން މި އެވޯޑަށް ހުށަހެޅޭ މައިގަނޑު ދެ ކެޓެގަރީއެއްވެއެވެ. އެއީ ވަކިވަކި އަންހެނުންނަށާއި ޖަމުޢިއްޔާ ޖަމާޢަތްތަކަށް އެވޯޑަށް ހުށަހެޅޭ ކެޓަގަރީއާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުން އެވޯޑަށް ހުށަހެޅޭ ކެޓަގަރީއެވެ. ވަކިވަކި އަންހެނުންނަށާއި ޖަމުޢިއްޔާ ޖަމާޢަތްތަކަށް އެވޯޑަށް ހުށަހެޅޭ ކެޓަގަރީގައި 4 ދާއިރާއެއްގެ ދަށުން ހުށަހެޅުމުގެ ފުރުޞަތުވަނީ ހުޅުވާލެވިފައެވެ. އެއީ ލީޑަރޝިޕް އަދި ގަވަރނަންސް، އިޤްތިޞާދީގޮތުން ބާރުވެރިކުރުވުން، އިޖުތިމާޢީ ގޮތުން ބާރުވެރިކުރުވުން އަދި އަންހެނުން ޢާންމުކޮށް ކޮށްނޫޅޭ މަސައްކަތްތައް ނުވަތަ ” ނޮން- ޓްރެޑިޝަނަލް ރޯލްސް” ގެ ދާއިރާއެވެ. އެވޯޑަށްއެދި ހުށަހަޅާ ފަރާތްތަކަށް މިއިން ކޮންމެވެސް އެއް ދާއިރާއަކަށް ހުށަހެޅިދާނެއެވެ.

ފޯމު ފުރިހަމަކުރުމަށްފަހު، އެޕްލިކޭޝަނަށް ބޭނުންވާ އެންމެހައި ލިޔެކިޔުންތަކާއެކު ހުށަހަޅާނީ، އީމެއިލް މެދުވެރިކޮށެވެ. އަދި ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 ން މެންދުރުފަހު 2:00 ޖަހަންދެން އުމަރު ޒާހިރު އޮފީސް އިމާރާތުގެ ކައުންޓަރުންވެސް ފޯމު ބަލައިގަންނާނެއެވެ. އެވޯޑަށް އެދި ހުށަހަޅާ ކޮންމެ ލިޔުމަކީ އެވޯޑަށް އެދި ހުށަހަޅާ ދާއިރާއިން ކޮށްފައިވާ މަސައްކަތްތަކާއި ހާސިލުކޮށްފައިވާ ނަތީޖާތައް ދައްކުވައިދޭ ލިޔުންތަކެއްކަން ކަށަވަރުކުރަންވާނެއެވެ. އަދި އެވޯޑަށް ނަން ހުށަހެޅުމުގެ ސުންގަޑިއަކީ 2024 އޭޕްރިލް 18 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 2:00 އެކެވެ. އުންމީދަކީ ވީހާވެސް ގިނަ އަންހެނުން ރެހެންދި އެވޯޑަށް ކުރިމަތިލުމެވެ. ރެހެންދި އެވޯޑުގެ 2024ގެ އުސޫލާއި ފޯމު މިވުޒާރާގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: