ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރެހެންދި އެވޯޑް 9 ފަރާތަކަށް ދީފި

ޝެއާރކޮށްލާ ކަހަލަދޯ؟

އަންހެނުންގެ އަގު ވަޒަން ކުރުމުގެ ގޮތުން ސަރުކާރުން ދޭ “ރެހެންދި އެވޯޑު” ނުވަ މީހަކަށް ދީފިއެވެ.

މިއަހަރު ރެހެންދި އެވޯޑް ހާސިލުކުރި 9 ފަރާތާ އެވޯޑް ހަވާލުކޮށްދެއްވީ ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙެވެ. އަދި މި އެވޯޑް ހާސިލުކުރެއްވި ފަރާތްތަކަށް ބްރޫޗް ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދެވެ.

މި އަހަރު އެވޯޑު ލިބުނު ފަރާތްތައް:

1- އާންމު ފަރުދުންގެ ތެރެއިން އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ފިރިހެނުންނާއި އަންހެނުންގެެ އެވޯޑު ހުށަހެޅޭ ކުރިމަތިލެވޭ ދާއިރާ: ނަފީސާ އަލީ

2- ސިއްހީ ދާއިރާ: ޑރ. ފާތިމަތު މުފްލިހާ

3- ސިއްހީ ދާއިރާ: ލެފްޓިނެންޓް ފިރުޝާނާ ތައުފީގް

4- ފަންނުވެރިކަމާއި ސަގާފަތާއި ތަރިކައިގެ ދާއިރާ އިން: އިއްޒަތު އަހުމަދު ނިޒާރު

5- ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ދާއިރާ އިން: އައިޝަތު އިބްރާހިމް

6- އިޖުތިމާއީ ދާއިރާ: ދިމްނާ ފާކިރު

7- ހަބަރާއި މައުލޫމާތު ފެތުރުމުގެ ދާއިރާ: ޝިމްލާ އަހުމަދު

8- އަދާކުރާ ވަޒީފާގެ ގޮތުން އޮފީހަށް ނުވަތަ ދާއިރާއަށް ކޮށްފައިވާ ހިދުމަތުގެ ދާއިރާ: ފާތިމަތު ޖަބީން

9- ވަޒީފާދޭ ފަރާތްތައް/މުއައްސަސާތަކުގެ ދާއިރާ: އެމްޕީއެލް

މި ޖަލްސާގަގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވަނީ ޖެންޑަރ އީކުއަލިޓީ އެކްޝަން ޕްލޭން އިފްތިތާޙް ކޮށްދެއްވާފައެވެ.

ރެހެންދި އެވޯޑަކީ ޤައުމީ ޚިދުމަތުގައި އެކިއެކި ދާއިރާއިން އަންހެނުން ކުރާ މަސައްކަތްތަކާއި ރާއްޖޭގެ ޤައުމީ ތަރައްޤީއާ ލާބަޔާ މަންފާއަށް އަދި ދިވެހި މުޖުތަމަޢު ބިނާކުރުމަށް އަންހެނުން އަދާކުރާ ދައުރު ފާހަގަކޮށް އަގުވަޒަންކުރުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ދެއްވާ އެވޯޑެކެވެ. 2014 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ދެމުން އަންނަ މި އެވޯޑް، ފާއިތުވި 9 އަހަރުގެ ތެރޭގައި 55 ފަރާތަކުން ހާސިލުކޮށްފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: