ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އުރީދޫގެ އިސްރަށްވެހިންނާއިއެކު ރޯދަވިއްލުން މިފަހަރު ކުޅުދުއްފުށި ސިޓީގައި!

އުރީދޫގެ އިސްރަށްވެހިންނާއިއެކު ރޯދަވިއްލުން މިފަހަރު ކުޅުދުއްފުށި ސިޓީގައި
ޝެއާރކޮށްލާ ކަހަލަދޯ؟

އުރީދޫ މޯލްޑިވްސްއިން މި ރަމަޟާން މަހު ބާއްވަމުންދާ އިސްރަށްވެހިންނާއިއެކު ރޯދަ ވިއްލުން، މި ސީރީޒް ގެ ދަށުން ހދ. ކުޅުދުއްފުށީގައި ރޯދަވިއްލުމެއް ބާއްވައިފި އެވެ.

މި ރޯދަ ވިއްލުމުގައި ރަށުގެ އިސްރަށްވެހިންނާއި، ޒުވާނުން އަދި އުރީދޫގެ ސްޓާފުން ވަނީ ބައިވެރި ވެފައެވެ. މި ރޯދަވީއްލުން ޝަރަފުވެރިކޮށް ދެއްވީ ކުޅުދުއްފުށި ސިޓީގެ މޭޔަރ މުހައްމަދު އާތިފް އެވެ.

އިސްރަށްވެހިންނާއިއެކު ބާއްވަމުންދާ ރޯދަވިއްލުން ތަކަކީ އިސްރަށްވެހިންގެ އަގު ވަޒަންކޮށް، ޒުވާނުންނާއި އިސްރަށްވެހިން އެއް މާހައުލަކުން ދިމާވެ ގުޅުން ބަދަހިކުރުމުގެ މަގުސަދުގައި ބާއްވަމުންދާ ރޯދަވިއްލުން ތަކެކެވެ.

މިއާއެކު މި ރޯދަމަހު އުރީދޫއިން ވަނީ މި އަހަރު ކުރިއަށް ގެންދިއުމަށް ހަމަ ޖެހިފައިވާ “އިސްރަށްވެހިންނާއިއެކު” ސީ.އެސް.އާރު ޕްރޮގްރާމެއްވެސް ލޯންޗުކޮށްފައެވެ.

މި ހަރަކާތުގެ މަގުސަދަކީ މުޖުތަމައުގައި ކުރިއަށްދާ އެކި ކަންކަމުގައި އިސްރަށްވެހިންގެ ބައިވެރިވުން އިތުރު ކުރުންކަމަށް އުރީދޫއިން ވަނީ ބުނެފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: