ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރުން ހަދިޔާކުރާ ހަނޑޫ، ހަކުރު، ފުށް ދޭން ދޫކުރާނީ އެސްޓީއޯ ކާޑު ގުދަންތަކުން!

ރަމަޟާން މަހަށް ކޮންމެ ގޭބީސީއަކަށް ސަރުކާރުން ހަދިޔާކުރާ ކާޑުގެ ބާވަތްތައް/ ފޮޓޯ: މި ނޫސް
ޝެއާރކޮށްލާ ކަހަލަދޯ؟

މި އަހަރުގެ ރޯދަ މަހު ރާއްޖޭގެ ހުރިހާ ގޭބިސީތަކަށް ސަރުކާރުން ބަހާ ހަނޑުލާއި، ފުށް ދެން ދޫކުރާނީ އެސްޓީއޯގެ ކާޑު ގުދަންތަކުންކަމަށް އެ ކުންފުނިން ބުނެފި އެވެ.

މީޑިއާތަކަށް މައުލޫމާތު ދެމުން އެސްޓީއޯއިން ބުނީ ރޯދައަށް ހާއްސަކޮށްގެން ސަރުކާރުގެ ފަރާތުން ކޮންމެ ގޭބިސީއަކަށް ހަދިޔާ ކުރާ 10 ކިލޯ ބާސްމަތީ ހަނޑޫ އަދި 10 ކިލޯ ފުށް ނުގެންދެވި ހުރި ފަރާތްތަކަށް މާދަމާއިން ފެށިގެން މާލޭގެ ކާޑު ގުދަންތަކުން ދޫކުރަމުން ގެންދާނެ ކަމަށެވެ،

އެސްޓީއޯއިން ބުނީ އޭޕްރިލް 9 ގެ ނިޔަލަށް ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން މެނދުރުގެ 13:00 އާއި ހަމައަށް ކާޑު ދޫކުރާނެ ކަމަށެވެ.

ކާޑު ދޫކުރަން ހަމަޖެހިފައި ވަނީ ޑޮމެސްޓިކް ކަރަންޓް މީޓަރުގެ ނަންބަރަށް ބެލުމަށް ފަހު، ކާޑުގެ ބާވަތްތައް ބަލައި އަންނަ މީހެއްގެ ދިވެހިރައްޔިތެއްކަން އަންގައިދޭ އައިޑީ ކާޑަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: