ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އައްޑޫއަކީ ފަތުރުވެރިކަމުގެ ފާހަގަކުރެވޭ މަންޒިލެއް، ކުރިއެރުންތަައް ހޯދޭނެ: އެމްއެމްޕީއާރުސީ

"ދެކުނު މަހާސިންތާ 2024" ބައްދަލުވުންގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

އައްޑޫ ސިޓީއަކ،ީ މުޅި ރާއްޖޭގައި ވެސް ފާހަގަކޮށްލެވޭ މަންޒިލެއްކަމަށާއ،ި ފަތުރުވެރިކަމުގެ ދާއިރާއިން ކުރިއެރުމުގެ ފުރުސަތު ވަރަށް ބޮޑުކަމަށް އެމްއެމްޕީއާރުސީގެ ސީއީއޯ ފާތުމަތު ތައުފީގު ވިދާޅުވެއްޖެއެވެ.

“ދެކުނު މަހާސިންތާ 2024” އަށް އައްޑޫގެ ސައުތު ޕާމް މޯލްޑިވްސް ރިސޯޓުގައި އިއްޔެ ބޭއްވި އިބްތިދާއީ ބައްދަލުވުންތަކުގެ ފެށުމުގެ ރަސްމިއްޔާތުގައި ފާތިމަތު ވަނީ ދެކުނުގެ ފަތުރުވެރިކަން ކުރިއެރުވުމާ ގުޅޭގޮތުން ވާހަކަ ދައްކަވާފަ އެވެ. އަންނަ މޭއި މަހު ބޭއްވުމަށް ހަމަޖެހިފައިވާ ސައުތު ރީޖަން މަހާސިންތާއަށް ވާންޖެހޭ ތައްޔާރީތައް ފެށުމުގެ ގޮތުން އެމްއެމްޕީއާރުސީ އާއި މިނިސްޓްރީ އޮފް ޓޫރިޒަމް އަދި އައްޑޫ ސިޓީގެ ސްޓޭކްހޯލްޑަރުންގެ މެދުގައި ބައްދަލުވުންތައް ވަނީ ކުރިޔަށް ގެންގޮސްފަ އެވެ.

މި ބައްދަލުވުންތަކާ ގުޅޭގޮތުން އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު ވިދާޅުވ،ީ މި ހަރަކާތަކީ ރާއްޖޭގެ ދެކުނުގައި ދެމެހެއްޓެނިވި ގޮތެއްގައި ފަތުރުވެރިން ތަރައްގީ ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިސްނެންގެވުމާއި އެއްގޮތްވާގިތުގެ މަތިން ކުރިއަށް ގެންދާ ހަރަކާތެއް ކަމަށެވެ. އަދި މި ބައްދަލުވުންތަކަކ،ީ އައްޑޫއާއި މި ސަރަޙައްދުގެ ފަތުރުވެރިކަމުގެ ސިނާއަތް ދިގު މުއްދަތަކަށް ކުރިއެރުވުމަށް ކޮންމެހެން ބޭނުންތެރި ބައްދަލުވުންތަކެއްކަމަށް ވިދާޅުވި އެވެ.

މި ބައްދަލުވުންތަކުގެ ސަބަބުން ދެކުނުގެ ފަތުރުވެރިކަމާބެހޭ ފަރާތްތަކުގެ މެދުގައިއުފެއްދުންތެރި ގުޅުމެއް ޤާއިމުކުރުމަށް މި ބައްދަލުވުންތަކުގެ ސަބަބުން މަގުފަހިވެގެން ދާނެކަމަށް ފާތިމަތު ވިދާޅުވި އެވެ. އަދި ވިދާޅުވީ
ކުރިއަށް އޮތްތަނުގައި ގަން އިންޓަނޭޝަނަލް އެއާޕޯޓް ވެގެންދާނީ އައްޑޫ އާއި ކައިރި އަތޮޅުތަކަށް ގިނަ އަދަދެއްގެ ފަތުރުވެރިންނަށް ޒިޔާރަތްކުރެވޭނެ ޑޮމެސްޓިކް ހަބަކަށް ކަމަށެވެ.

ފާތިމަތު ވިދާޅުވީ މިއީ ސަރުކާރުން ފަތުރުވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ކުރަމުން އަންނަ ބުރަ މަސައްކަތްތައް ރަމްޒުކޮށްދޭނެކަމެއް މަޝްރޫއެއް ކަމަށެވެ.

މީގެއިތުރުން އޭނާ ވިދާޅުވީ  އެމްއެމްޕީއާރުސީއިން ބޭނުން ވަނީ ލޯކަލް ޓުއަރިޒަމް އިޝްތިހާރުކޮށް، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއިން އައްޑޫ ސިޓީގެ ރައްޔިތުންނަށް ފަހިގޮތްތައް ހޯދައިދޭން ކަމަށެވެ. އެގޮތުން އެމްއެމްޕީއާރްސީން ސިމްޕޯޒިއަމްގެ މަޝްވަރާތަކަށް ރިއާޔަތްކޮށް ދެކުނުގެ އަތޮޅު ތަކުގެ ޓުއަރިޒަމް ދެމެހެއްޓެނިވި ގޮތެއްގައި ޕްރޮމޯޓްކުރުމަށް މަސައްކަތްކުރާނެ ކަމަށާއ،ި އައްޑޫގެ އިތުރުން، ގއ، ގދ، އަދި
ފުވައްމުލަކުގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ބޭފުޅުން ބައިވެރިވާނެ ކަމަށް ވެސް ވަނީ ވިދާޅުވެފަ އެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: