ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަމިއްލަ މަންފާ ހާސިލް ކުރުމަށްފަހު، އެތައް މަޝްރޫއުއެއް ހުއްޓާލީ އެމްޑީޕީއިން: ރައީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު --- ފޮޓޯ: ޕީޕީއެމް/ޕީއެންސީ
ޝެއާރކޮށްލާ ކަހަލަދޯ؟

އަމިއްލަ މަންފާ ހާސިލް ކުރުމަށްފަހު، އެތައް މަޝްރޫއުއެއް ހުއްޓާލީ އެމްޑީޕީއިންކަމަށް ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ކުރީ ސަރުކާރުން ހިންގާފައިވާ މަޝްރޫއުތައް މި ސަރުކާރުން ހުއްޓާލާފައިވާކަމުގެ ވާހަކަތައް އިވޭކަމަށް ފާހަގަކޮށް އެއީ ކިހާވަރެއްގެ ހަގީގަތެއްތޯ އަހާ ރައްޔިތަކު ކުރި ސުވާލަށް ރައީސް މުއިއްޒު މި ޖަވާބު ދެއްވީ ރައީސް އޮފީހުގެ ފަރާތުން ގެނެސްދޭ ”ރައީސްގެ ޖަވާބު“ މި ޕްރޮގްރާމްގައެވެ.

ރައީސް މުއިއްޒު ވިދާޅުވީ މިއީ އެމަނިކުފާނަށް އަމާޒުކޮށް އިދިކޮޅުން ދައްކާ ދޮގު ވާހަކަތަކުގެ ތެރެއިން އެންމެ ބޮޑު ދޮގު ވާހަކަކަމަށެވެ. އެ ފާހަގަކުރާ މަޝްރޫއުތަކަކީ އޭރު އެމްޑީޕީގެ ވެރިކަމުގައިވެސް ހުއްޓިފައި ހުރި މަޝްރޫއުތައްކަމަށާއި، މިކަންކަމަށް އެ ރަށްތަކުގެ ރައްޔިތުން ހެކިވާނެކަމަށްވެސް ވިދާޅުވިއެވެ.

ކެމްޕެއިން ތެރޭގައި ރާއްޖޭގެ ގިނަ އަދަދެއްގެ ރަށްތަކަށް ޒިޔާރާތްކުރެވުނުކަން ފާހަގަކޮށް ރައީސް ވިދާޅުވީ އެއިން ކޮންމެ ރަށެއްގައިވެސް މަޝްރޫއުތައް ހުރީ ހުއްޓިފައިކަމަށެވެ.

މަދު މަޝްރޫއުއެއް ނޫނިއްޔާ، ގިނަ މަޝްރޫއުތައް ހުރީ ހަމަ އެކި ސަބަބުތަކަށްޓަކައި ހުއްޓިފައި، އަޅުގަނޑަށް ފެނުނު މިސާލަކަށް ރަށްރަށުގައި ފެނާއި ނަރުދަމާ މަޝްރޫއުގެ ހޮޅިތައް މަގުމަތީގައި، މަސައްކަތް ކުރާނެ މީހަކު ނެތް. މަގު ހަދަން ފަށާފަ މީހެއްގެ ހިލަމެއް ނެތް.

ރައީސް ވިދާޅުވިއެވެ.

ބަނދަރުތަކާއި، ސުކޫލުތަކާއި ފެނާއި ނަރުދަމާގެ މަސައްކަތްވެސް ހުއްޓިފައި ހުރިކަމަށް ރައީސް ވިދާޅުވިއެވެ.

ޕާޓީގެ މީހުންނަށް މަޝްރޫއުތައް ހަވާލުކޮށް، އެޑްވާންސް ދިނުމަށްފަހު، ކުރިއަށް ނުގޮސް ހުރި އެތައް މަޝްރޫތަކެއްވެސް އެބަހުރިކަމަށް ފާހަގަކޮށް ރައީސް ވިދާޅުވީ އެޑްވާންސް ޕޭމަންޓް ދިނުމަށްފަހު މަޝްރޫއު ކުރިއަށް ނުގެންދިއުމުން އަނެއްކާ އެހެން ފަރާތަކަށް ހަވާލުކޮށް، މިހެން އެންމެ މަޝްރޫއުއެއް 4 ވަރަކަށް މީހުންނަށް ދީފައި އެބަހުރިކަމަށެވެ. އެތައް މިލިއަން ރުފިޔާއެއް އަމިއްލަ ބޭނުމަށް ހަރަދު ކޮށްފައިވާކަމަށްވެސް އެމަނިކުފާނު ތުހުމަތު ކުރެއްވިއެވެ.

އިންތިހާބާއި ދިމާކޮށް ވޯޓު ހޯދުމަށް އެތައް ރަށެއްގައި ފަހު ވަގުތު މަޝްރޫއުތައް ފެއްޓެވިކަމަށް ފާހަގަކޮށް ރައީސް ވިދާޅުވީ، މި މަޝްރޫއުތައް ހަވާލުކުރި ކުންފުނިތަކަށް އެކަންކަމަށް މޮބިލައިޒް ނުކުރެވުމުގެ ސަބަބުންވެސް މަޝްރުއުތައް ކުރިއަށް ނުގޮސް ހުރިކަމަށެވެ.

މި ސަރުކާރުން ވެރިކަމަށް އައުމަށްފަހު މިހެން ހުރި އެތައް މަސައްކަތްތަކެއްގެ ރަށްތަކުގައި މިހާރު ފަށާފައިވާކަމަށް ރައީސް ވިދާޅުވިއެވެ. އެތައް ބަޔަކަށް ނުދީ ހުރި ފައިސާވެސް ހުރިކަމަށާއި، ކޭޝް ލޯން ނެތުމުގެ ސަބަބުން ނުހިނގާ ހުރި މަސައްކަތައްވެސް ހުރިކަމަށް ވިދާޅުވިއެވެ.

ޕީޕީއެމް/ޕީއެންސީއަކީ ތަރައްގީގެ ފިކުރުގެ މީހުންކަމަށާއި، މަސައްކަތް ކުރާނީ މުޅި ރާއްޖެ ތަރައްގީކުރުމަށްކަމަށް ފާހަގަކޮށް ރައީސް މުއިއްޒު ވަނީ އިދިކޮޅުން ދައްކަވާ ވާހަކަތަކަށް ސަމާލުވުމަށް އަންގަވާފައެވެ. މަޝްރޫއުތައް ހުއްޓާލީކަމަށް ބުނާ ވާހަކައަކީ، މި ސަރުކާރުގެ ވިސްނުމާއި ސިޔާސަތުތަކާއި ފިކުރާއި ދެކޮޅު ވާހަކައެއްކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: