ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފަލަސްތީނުގެ ހަނގުރާމަ ފުޅާވެދާނެކަމުގެ އިންޒާރުތަކެއް!

އިސްރާއީލުގެ ބޮޑުވަޒީރު: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ފަލަސްތީނުގެ ރައްޔިތުންނަށް ދެމުންދާ ލާއިންސާނީ އަނިޔާތައް ހުއްޓާނުލާނެއިރު، އެހެނިހެން ސަރަހައްދުތަކަށް ހަނގުރާމަ ފުޅާ ކުރަން ޖެހިދާނެ ހާލަތަށްވެސް ތައްޔާރުވެފައިވާކަމަށް އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފަލަސްތީނަށް އިސްރާއީލުން ދެމުންދާ އަނިޔާތައް ހުއްޓާލުމަށް ގޮވާލަމުންދާ އަޑު ގަދަވަމުންދާއިރު، އިސްރާއީލުގެ ނަތަންޔާހޫވަނީ އެ ގައުމުގެ އަމަލުތައް ހުއްޓާނުލާނެކަން އަދި އިތުރަށް ގޯސްވެގެންދާނެކަމުގެ އިޝާރާތްތަކެއް ކުރައްވާފައެވެ. މިކަން އޭނާ ހާމަކުރެއްވީ އީރާނުގެ އަސްކަރިއްޔާގެ އިސްވެރިންތަކެއް އިސްރާއީލުން ހަމަލާ ދީ މަރާލާފައިވުމާއި ގުޅިގެން އީރާނުން އެ ގައުމަށް ވަރުގަދަ ހަމަލާތަކެއް ދޭނެކަމުގެ އިންޒާރު ދިނުމަށް ފަހު ތައްޔާރީތައް ވަމުންދިއުމާއި ގުޅިގެންނެވެ.

އޭނާ ވިދާޅުވީ، އިސްރާއީލަށް އަނިޔާކުރާ ބަޔަކަށް އަނބުރާ އަނިޔާކުރާނެކަމަށެވެ. އަދި އެ ގައުމުގެ ރައްކައުތެރިކަން ކަށަވަރުކުރުމުގެ ގތޮުން އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް އަޅާނެކަމަށްވެސް ބުނެފައިވެއެވެ. އެގޮތުން ސަލާމަތީ ފިޔަވަޅުތަކުގެ އިތުރުން ހަމަލާ ދިނުމަށްވެސް ތައްޔާރުކަން ހާމަކޮށްފައިވެއެވެ.

އިސްރާއީލުން އީރާނުގެ އެމްބަސީއަކަށް ދިން ވައިގެ ހަމަލާއެއްގައި އެ ގައުމުގެ އަސްކަރީ އޮފިޝަލުންތަކެއް މަރުވުމާއިއެކު އިސްރާއީލުން ތިބެނީ އީރާނުން ހަމަލާއެއް ދީފާނެކަމަށް ފާރަވެރިވެކަމަށްވެސް ރިޕޯޓުތަކުގައިވެއެވެ. އަދި އެ ހަމަލާއަށް އިސްރާއީލުން ފުރިހަމައަށް ޒިންމާވެސް ނަގާފައިނުވާކަމަށާއި އެހެންނަމަވެސް ްއެ ގައުމުގެ ސުޕްރީމް ލީޑަރ ހުމައިނީ ވަނީ އިސްރާއީލުގެ މައްޗަށް ބަދަލު ހިފަން ޖެހޭކަން އިއުލާނުކުރައްވާފައިކަމަށްވެސް ޝާއިއުކޮށްފައިވެއެވެ.

ނަތަންޔާހޫގެ ކޮމެންޓުތައް އައިސްފައިވަނީ ޣައްޒާގެ މަތިން އިސްރާއީލުން ވައިގެ އޮޕަރޭޝަނެއް ފަށާފައިވަނިކޮށްކަމަށާއި އެއީ ހަތިޔާރު އެޅި ފަލަސްތީނުގެ ޖަމާއަތްތައް އަމާޒުކުރާ އޮޕަރޭޝަނެއްކަމަށްވެސް ހިއްސާކޮށްފައިވެއެވެ. މީޑިއާތަކުން ބުނާގޮތުން ސުންނާފަތިވެފައިވާ ޣައްޒާއިން އިސްރާއީލުންވަނީ މައިގަނޑު ގޮތަކަށް އެ ގައުމުގެ އަސްކަރިއްޔާ ނެރިފައެވެ. އެހެންމަވެސް އެއީ ގާތުގައި އޮންނަ ރަފާއަށް ހަމަލާ ދިނުމުގެ ގޮތުންކަމަށްވެސް ފާހަގަކޮށްފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 17%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 83%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: