ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނިލަންދޫ އެއާޕޯޓްގެ މަސައްކަތް މިހާރު ފެށި ހަޤީގަތަކަށް ހަދައިދެވިއްޖެ: ރައީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ޝެއާރކޮށްލާ ކަހަލަދޯ؟

ފ. ނިލަންދޫ އެއާޕޯޓްގެ މަސައްކަތް ފެށިއްޖެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ނިލަންދޫ އެއާޕޯޓްގެ މަޝްރޫއަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދުފުޅަކަށްވާއިރު، ފ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި ނިލަންދޫ ރައްޔިތުންނާއި ބައްދަލުކުރައްވައި ވިދާޅުވީ، އެއާޕޯޓްގެ މަސައްކަތް މިހާރު ފެށި ހަޤީގަތަކަށް ހަދައިދީފައިވާކަމަށެވެ. އަދި 1800 މީޓަރުގެ ދިގު ޖެޓު ޖެއްސޭވަރުގެ ރަންވޭއެއް އެޅިގެންދާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، އެމަނިކުފާނުގެ ކޮންމެ ވައުދަކީ ފުއްދަވާނެ ވައުދެއްކަމަށާއި، އެހެން ސަރުކާރުތަކުގައކަންތައްތައް ކުރައްވާގޮތަށް ނުކުރަށްވާނެ ކަމަށެވެ. ސަރަހަށްދީ ތަރައްގީގެ ވިސްނުމާއެކު ކުޑަރަށެއް ބޮޑުރަށެއް ބެލުމެއްނެތި ތަރައްގީގެ މަސައްކަތް އެއް ހަމައަކަށް ކުރިއަށް ގެންދަވާނެ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވިއެވެ.

ވައުދެއްވެއްޖާ އެވައުދެއް ފުއްދާނަށް އިރާދަކުރެއްވިއްޔާ…. އެހެން ބައެއް މީހުން ކަންތައްކުރާ ގޮތަށް ކަންތައް ކުރާނެ މީހެއްނޫން…

ރާއްޖޭގެ ރަށްތަކަށް ތަރައްގީ ގެނައުމަށް، ސަރަހައްދުތަކަކަށް ބަހާލައިގެން، ދެމެހެއްޓެނިވި ގޮތެއްގައި މާލެއާއި އެއްހަމައެއްގައި ހިދުމަތް ދެވޭނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އުތުރުގެ ހަތަރު އަތޮޅު ހއ، ހދ، ށ އަދި ނ ހިމެނޭގޮތަށް އިންޓަރ ގުރޭޓަރ ނޯދެން ޑިވެލޮޕްމެންޓް ޒޯނެއް ތަރައްޤީކޮށް، މީގެ އިތުރުން ދެންހުރި ސަރަހައްދުތަށް، 7 ސަރަހައްދަކަށް ބަހާލައިގެން އާރބަން ސެންޓަރެއްގެ ގޮތުގައި ހަދާނެކަމަށް މެނިފެސްޓޯގައި ހިމަނާފައިވާނެ ކަމަށް ވިދާޅުވިއެވެ. ވިހި އަހަރުގެ މާސްޓަރ ޕްލޭން އަކާއެކު އަމަލީ މަސައްކަތް މިހާރު ފެށިވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން ފ. ނިލަންދޫގެ ނަރުދަމާގެ މަސައްކަތް ނިމުމަށްފަހު، މަގުތަކުގައި ފެންބޮޑުވުމުގެ މައްސަލައަށް ހައްލެއް ހޯއްދަވައިދޭނެކަމަށް ވި ވައުދު ވެސް ފުއްދަވާދެއްވާނެ ކަމަށް އެމަނިކުފާނު ރައްޔިތުންނާއި މުހާތަބުކުރަމުން ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: